Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮޑުވަޒިރު ނަތަންޔާހޫ

‎‏ޣައްޒާގައި ފަލަސްތީނުގެ އޮތޯރިޓީ އުފައްދަން އިސްރާއީލުގެ ރައްޔިތުން ދެކޮޅު ކަމަށް ނަތަންޔާހޫ ބުނެފި‏

11 މާރިޗު 2024 | ހޯމަ 06:23

‎‏މިއީ ފަލަސްތީނު އޮތޯރިޓީއަށް ޣައްޒާހިންގުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ނަތަންޔާހޫ ދެކޮޅު ހެދި ފުރަތަމަ ފަހަރެއް ނޫނެވެ‏‎.‎

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 މާރިޗު 2024 | ހޯމަ 06:23
‏އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ‏

‏އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ‏

ޣައްޒާގައި އިސްރާއީލުން ކުރަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމަ ނިމުމުން ފަލަސްތީނުގެ އޮތޯރިޓީއެއް އުފައްދައި އެއޮތޯރިޓީގެ ބެލުމުގެ ދަށަށް ގެނައުމަށް އިސްރާއީލުގެ ބޮޑު އަޣުލަބިއްޔަތެއް ދެކޮޅު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ޕޮލިޓިކޯ ނިއުސް ވެބްސައިޓަށް ދިން އިންޓަވިއުއެއްގަ ނަތަންޔާހޫ ބުނީ އިސްރާއީލްގެ ގިނަ ރައްޔިތުން އޭނާގެ ސިޔާސަތުތަކަށް ތާއީދުކުރާ ކަމަށާއި، ހަމާސް ނައްތާލުމަށްފަހު ވެސް ޣައްޒާގެ ހިންގުން ފަލަސްތީނުގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ ‎‎އެގައުމުގެ ކުޑަކުދިން ޓެރަރިޒަމަށް އަހުލުވެރިކޮށް ޓެރަރިޒަމަށް ފައިނޭންސް ކުރާ އޮތޯރިޓީއަކަށް އެ އޮތޯރިޓީ ވާނެ ކަމަށެވެ.‎

‎ނަތަންޔާހޫ އިތުރަށް ބުނީ ފަލަސްތީނުގެ ދައުލަތެއްގެ އުފައްދަން ކުރާ މަސައްކަތަށް އިސްރާއީލުން ތާއީދު ނުކުރާ ކަމަށެވެ.‎

‎އިސްރާއީލުގެ ގިނަ މީހުންނަށް ވިސްނެނީ އެކަން ކޮށްފިނަމަ އިސްރާއީލަށް އޮންނާނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހިނގި ‎‎ހަމަނުޖެހުން ތަކުރާރުވުން ކަމަށާއި އެއީ އިސްރާއީލަށާއި ފަލަސްތީނަށާއި އަދި މެދުއިރުމަތީގެ ސުލްހައިގެ މުސްތަގުބަލަށް ވެސް ‎‎އޮތް ވަރަށްބޮޑު ގޯސް ކަމެއް ކަމަށް ނަތަންޔާހޫ ބުންޏެވެ.

‎މިއީ ފަލަސްތީނު އޮތޯރިޓީއަށް ޣައްޒާ ހިންގުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ނަތަންޔާހޫ ދެކޮޅު ހެދި ފުރަތަމަ ފަހަރެއް ނޫނެވެ.‎

‎ނަތަންޔާހޫ އިތުރަށް ބުނީ އެއީ ހަމައެކަނި އޭނާގެ ޕްރައިވެޓް ޕޮލިސީތަކެއް ނޫން ކަމަށާއި، އެއީ އިސްރާއީލުގެ ބޮޑު ‎‎އަޣުލަބިއްޔަތަކުން ތާއީދުކުރާ ސިޔާސަތުތަކެއް ކަމަށެވެ.‎

ނަތަންޔާހޫގެ މިފަދަ ވާހަކަތަކަށް އެމެރިކާއިން ދެކޮޅު ހެދި ނަމަވެސް ތަޖުރިބާކާރުން ވަނީ އެމެރިކާގެ ރާގު ބަދަލުވެގެން ދިޔައީ ކުރިއަށް އޮތް ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ‎‎ރައީސް ކަމަށް ހަނގުރާމައިގެ ޖަރީމާތަކުގެ ޣައްޒާއިން ނުކުންނަ ފޮޓޯތަކާ އެއްގޮތަށް ‎‎ބައިޑަން އިސްރާއީލަށް ކަނުލައި ތާއީދު ކުރެއްވުމުގެ ސަބަބުން އޭނާގެ މަގުބޫލުކަން، ހާއްސަކޮށް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ‎‎ސްޓޭޓްތަކުގައި ދަށަށް ދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެފައެވެ.‎

‎އިސްރާއީލުން ދެ ދައުލަތުގެ ހައްލަކަށް ހުރަސް އެޅުމާއި އެކަމަށް މަގުފަހިވާ ފަދަ ‎‎މަޝްވަރާތަކަށް އެގައުމުގެ ހުޅަނގުގެ ބައިވެރިންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާއިރު، މެދުއިރުމައްޗަށް ހަމަޖެހުން ލިބޭނީ މި ހައްލު ‎‎ތަންފީޒުކޮށް އިސްރާއީލާއެކު ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށް އެމެރިކާއިން ދެކެއެވެ.‎

‎ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްނަގައިގެން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދިން ނުރައްކާތެރި އަސްކަރީ ޙަމަލާއެއްގައި ‎‎1200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ޙަމަލާތަކެއް ދޭން ފަށައިފައެވެ.‎

‎އެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 31،000 މީހުނަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.‎

‎އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، ‎‎ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާ ކުރެވޭނެގޮތެއްވެއް ޣައްޒާގައި މިހާރުނެތެވެ. ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 60 ‎‎އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.‎

‎ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ‎‎ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ‎‎ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.‎

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ވޯޓް: ވަކި ދައުލަތެއް އުފައްދަން އަޣުލަބިއްޔަތު ތާއީދު

02 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ވޯޓް: ވަކި ދައުލަތެއް އުފައްދަން އަޣުލަބިއްޔަތު ތާއީދު
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް