Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޮބީސިޓީ

ހިކި، އަނަރޫފަވަމުން ދިޔަ ޢާބާދީތައް މިއަދު ދަނީ އާދަޔާ ޚިލާފަށް ފަލަވަމުން... އިންޒާރުގެ ވަރުގަދަ ރަނގަބީލެއް!

މުޅި ދުނިޔޭގެ ޢާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 1 ބިލިއަނަށް ވުރެ ގިނަ މީހުންނަކީ އޮބީސް މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 މާރިޗު 2024 | ހޯމަ 05:59
ފްރެންޗެސްކޯ ބްރަންކާ؛ ޑަބްލިއުއެޗްއޯގެ ޑިޕަރޓްމަންޓް އޮފް ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީގެ ޑައިރެކްޓަރ

ފްރެންޗެސްކޯ ބްރަންކާ؛ ޑަބްލިއުއެޗްއޯގެ ޑިޕަރޓްމަންޓް އޮފް ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީގެ ޑައިރެކްޓަރ

ހަށިގަނޑުގެ އިސްކޮޅާއި ޢުމުރަށް ބަލާއިރު ހުންނަންޖެހޭ މިންވަރަށް ވުރެ އާދަޔާ ޚިލާފަށް ފަލަވުން ނުވަތަ އޮބީސިޓީ އަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ތަޙައްމަލު ކުރަމުންދާ ކަމެކެވެ. އޮބީސިޓީއަކީ ބަލިމަޑުކަމެކޭވެސް ބުނެވިދާނެއެވެ. އިސްކޮޅާއި ބަރުދަން އަޅާ ކިޔައިގެން ހަދާ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ޗާޓުން 30.0 ޕޮއިންޓަށް ވުރެ މަތިން ނަތީޖާ ލިބޭ ކޮންމެ މީހަކީ އޮބީސް މީހެކެވެ. ނުވަތަ ޢުމުރާއި އިސްކޮޅަށް އެކަށޭނަ މިންވަރަށް ވުރެ ފަލަ މީހެކެވެ. މިއީ ވަކި ޢުމުރަކަށް އޮތް ކަމެއް ނޫނެވެ. ކުޑަ ކުދިންގެ ޢާބާދީގައިވެސް އޮބީސިޓީގެ މައްސަލަ އުފެދިފައި ވަނީ ކަންބޮޑުވާ ދަރަޖައަކަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަޤުވާމީ ދިރާސާވެރިންގެ ގުރޫޕަކުން ދާދި ފަހުން ޢާންމުކޮށްފައިވާ އަންދާޒާތައް ދައްކާ ގޮތުން، މުޅި ދުނިޔޭގެ ޢާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 1 ބިލިއަނަށް ވުރެ ގިނަ މީހުންނަކީ އޮބީސް މީހުންނެވެ. އޮބީސިޓީއަކީ ތަފާތު އެކި ކަހަލަ، ސީރިއަސް، ޞިއްޙީ މައްސަލަތަކަށް މީހާ ހުށަހަޅާ ކަމެކެވެ.

އިންސާނުންގެ ޢާބާދީ ހެދިބަޑުވަމުން އަންނަ ގޮތަށް ބަލާއިރު، އަދުގެ ޙާލަތުގައި އެންމެ ގިނައީ އޮބީސް މީހުން ކަމުގައިވެސް ދެންނެވިދާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އާދަޔާ ޚިލާފަށް ލުއި މީހުންނަށް ވުރެ، އާދަޔާ ޚިލާފަށް ފަލަ މީހުންގެ ޢަދަދު މިހާރު ވަނީ އިތުރުވެފައެވެ. ގިނަ ޤައުމުތަކުގައި އެކަން އޮތީ އެ ގޮތަށެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި އަނަރޫފަވުމުގެ މައްސަލަ ތަހައްމަލު ކުރި، ދަށް އަދި މެދު ފަންތީގެ ގިނަ ޤައުމުތަކެއްގައިވެސްމެއެވެ.

ޑަބްލިއުއެޗްއޯގެ ޑިޕަރޓްމަންޓް އޮފް ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީގެ ޑައިރެކްޓަރ، ފްރެންޗެސްކޯ ބްރަންކާ ވިދާޅުވި ގޮތުގައި، އާދަޔާ ޚިލާފަށް ލުއި މީހުންނަށް ވުރެ، އާދަޔާ ޚިލާފަށް ބަރު މީހުންގެ ޢަދަދު އިތުރު ވުމަކީ، މެލްނިއުޓްރިޝަންގެ "ދެ ގުނަ ބުރަ" ޖައްސާ ކަމެކެވެ.

މި ހޯދުންތަކަކީ މިނިވަން އަންދާޒާތަކުގެ ތެރެއިން އެންމެ އިތުބާރު ހިފޭ ތަފާސް ހިސާބުތަކެވެ. މަޢުލޫމާތު އެއްކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 190 އަށް ވުރެ ގިނަ ޤައުމުންނެވެ. ދިރާސާގެ ބޭނުމަށް، 220 މިލިއަނަށް ވުރެ ގިނަ މީހުންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ.

1990 އާއި 2022 ވަނަ އަހަރާ ދެމެދު ފާއިތުވީ މުއްދަތަށް ބަލާއިރު، ދޮށީ ޢުމުރުގެ މީހުންގެ ޢާބާދީގައި އޮބީސިޓީ އިތުރުވި މިންވަރު ވަނީ 2 ގުނަ ވެފައެވެ. ޢުމުރުން 5 އަހަރާއި 19 އަހަރާ ދެމެދު ޢުމުރުފުރާގެ ކުދިންގެ މެދުގައި އެ ނިސްބަތް އިތުރު ވެފައި ވަނީ 4 ގުނަ އަށެވެ.

ހަމަ އެ މުއްދަތުގައި ބަރުދަން ދަށް ކަމަށް ބެލެވޭ އަންހެން ކުދިންގެ ނިސްބަތް، 5 ބައިކުޅަ 1 ބައި، ފިރިހެން ކުދިންގެ ނިސްބަތް 3 ބައިކުޅަ 1 ބައި އަދި ބޮޑެތި މީހުންގެ ނިސްބަތް 2 ބައިކުޅަ 1 ބައި ދަށްވެފައިވާ ކަމަށް ތަހުލީލުން ދައްކަ އެވެ.

އާދަޔާ ޚިލާފަށް ބަރުދަން ލުއިވުމަކީ ހެދި ބޮޑުވަމުން އަންނަ ކުޑަކުދިންނަށް ގެއްލުން ހުރި ކަމެކެވެ. އިންތިހާ ދަތި ހާލަތުގައި ބަނޑުހައިހޫނުކަމުގައި އުޅޭ މީހުން މަރަށްވެސް ހުށަހެޅޭ ކަމެކެވެ. އާދަޔާ ޚިލާފަށް ފަލަވުމަކީވެސް ހަގު ޢުމުރެއްގައި މަރުވުމާއި، ނުކުޅެދުންތެރިކަމާ ގުޅިފައިވާ ހަކުރު ބައްޔާއި، ހިތާއި ކިޑްނީގެ ބަލިތައް ޖެހުމުގެ ނުރައްކަލުގެ ދުވެލި އަވަސް ކުރުވަނިވި ކަމެއްވެސްމެއެވެ. މީގެ އިތުރަށްވެސް، ތަފާތު އެތައް ޞިއްޙީ މައްސަލައަކާ ކުރިމަތި ކުރުވައެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

17 ޖޫން 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު