Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔާމީނުގެ އެކްސްކްރޯ އެކައުންޓު

އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ ބެލޭނެކަމަށް ނިންމުމުން، ބޭންކުން ހައިކޯޓަށް

އެ ފައިސާއަކީ މިހާރު އަނބުރައި ލިބެންޖެހޭ ފައިސާކަމަށް ޔާމީނުގެ ފަރާތުން ވަކީލުން ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 މާރިޗު 2024 | ހޮނިހިރު 14:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުވާ ކުރައްވާފައިވާ މައްސަލަ ބެލޭނެކަމަށް ސިވިލް ކޯޓުން ނިންމުމުން، ބޭންކުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޔާމީނުގެ ފަރާތުން ވަނީ އޭސީސީއާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

މިހާރު މި މައްސަަލައާ ގުޅިގެން ޔާމީނަށް ކުރި ހުކުމް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓާއި ހިސާބުން ނިންމާފައިވާއިރު، އެ ފައިސާއަކީ މިހާރު އަނބުރާ ލިބެންޖެހޭ ފައިސާކަމަށް ޔާމީނުގެ ފަރާތުން ވަކީލުން ފާހަގަކުރެއްވިއެވެ.

އެކަމަށް އޭސީސީއާއި ބޭންކުންވެސް ވަނީ އިންކާރުކޮށްފައެވެ.

މިއީ ޔާމީނުގެ ފަރާތުން އޭސީސީއާއި ބޭންކް އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ޔާމީނު ވިދާޅުވާ ގޮތުގައި އޭސީސީއާއެކު ހަދާފައިވާ އެގްރީމަންޓަށް ބަލާއިރު، 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް އެއީ ދައުލަތުގެ ފައިސާކަމަށް ކަނޑަނޭޅިއްޖެނަމަ އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭނެއެވެ.

އެ ފައިސާ ޖަމާނުކުރާތީ ޔާމީނު ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން އެ ވާހަކަ ދައްކަވާފައެވެ.

އޭގެ އިތުރުން، އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބިފައިވާ ފައިސާ ކަމަށްވެސް ޔާމީނު ވިދާޅުވިއެވެ. ޔާމީނު ވިދާޅުވީ، އެ ފައިސާ އަދިވެސް ހުރީ އެސްކްރޯ އެކައުންޓުގައި ފްރީޒްކޮށްފައި ކަމަށެވެ.

އެހެންނަމަވެސް އޭސީސީއާއި ބީއެމްއެލްއިން ވަނީ މި މައްސަލައިގައި ކޯޓުގެ އިޚްތިސާސާ ގުޅޭގޮތުން ނުކުތާއެއް ނަންގަވައި، ސިވިލް ކޯޓުން މި މައްސަލަ ބެލުމާމެދު އިއުތިރާޒުކޮށްފައެވެ.

އެ ފަރާތްތަކުން ކުރި އިއުތިރާޒާއި ގުޅިގެން މައްސަލަ ބެލުމަށްފަހު، 24 ފެބްރުއަރީ 2024ގައި ސިވިލް ކޯޓުން ވަނީ އެ އިއުތިރާޒު ބަލައިނުގަތުމަށް ނިންމާފައެވެ. އެގޮތުން ޔާމީނުގެ ފަރާތުން ކޮށްފައިވާ ދައުވާ ހުށަހެޅުމާއި ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

އަދި މައްސަލައިގެ މައުލޫއަށް ޖަވާބުދާރީވުމަށްވެސް ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ އަންގާފައެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމުމުން އެ ނިންމުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު