Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެޗް-370

ކަނޑުތަކުގެ ޗާޓު ކުރެހުމުގެ މަސައްކަތުގެ ތެރެއިން އެމްއެޗް-370 ފެނިދާނެ ކަމުގެ އުންމީދު...

އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިއާގެ ސަރުކާރުން ދަނީ ބާރު އަޅަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 މާރިޗު 2024 | ހޮނިހިރު 05:07
ބޯޓުގެ ބައިތަކުގެ ތެރެއިން މިހާތަނަށް ފެނުނު ބައެއް ބައިތައް ވަނީ، 'ވޮއިސްއެމްއެޗް370' އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ދައްކާލަފައި

ބޯޓުގެ ބައިތަކުގެ ތެރެއިން މިހާތަނަށް ފެނުނު ބައެއް ބައިތައް ވަނީ، 'ވޮއިސްއެމްއެޗް370' އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ދައްކާލަފައި

އެއީ މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. ދުނިޔޭގެ އިރުމަތީ ބިތުގެ ޤައުމުތަކަށް މަރޗް 8، 2014 ވީ ހޮނިހިރު ދުވަހެވެ. އަހަރެމެންނަށް އެއީ މަރޗް 7 ވަނަ ދުވަހުގެ ރޭގަނޑުގެ ފުރަތަމަ ދަންބައި ހިނގަމުން ދިޔަ ވަގުތެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް ކުއްލި ޚަބަރެއްގެ ގޮތުގައި އަރަން ފެށީ، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންގއަށް ދަތުރު ކުރަމުން ދިޔަ، މެލޭޝިއަން އެއަރލައިންސް ފްލައިޓް އެމްއެޗް-370ގެ ޚަބަރެއް ނުވެގެން އުޅޭ ވާހަކައެވެ. ރާޑަރުތަކަށް ގެއްލުނު ގޮތަށް، އެ މަތިންދާބޯޓާއި، އެ ބޯޓުން ދަތުރުކުރަމުން ދިޔަ ފަސެންޖަރުންނާއި ކުރޫއިންގެ ޚަބަރެއް ނުވެގެން އުޅޭ ވާހަކައެވެ.

އަދާ ޖެހުނުއިރުވެސް އެކަން އޮތީ އެހެންނެވެ. އެމްއެޗް-370 އަށް ވީ ގޮތެއް އެނގޭ ހަމަ އެކަކުވެސް ހުރި ކަމަކަށް ނުވެއެވެ. ކޮންމެ ބައެއްގެވެސް އޮތީ ނަޒަރިއްޔާއެކެވެ. ފަސެންޖަރުންނާއި ކުރޫއިންގެ ހަށިގަނޑުން ބައެއް ކީއްކުރަންހެއްޔެވެ، ލައިގެން ހުރި އަންނައުނުން އެތިފުކެއްގެ މިންވަރުވެސް އަދި ނުފެނެއެވެ. ނަމަވެސް، އެއީވެސް އިންސާނުންނެވެ. ލޯބިވާ ޢާއިލާއަކާ އެކުވެރިންތަކެއް ތިބޭނެ ބައެކެވެ. ލޯމަތިން ގެއްލުނެއް ކަމަކު، ފުން ހިތާމަތަކެއް ކުރާނެ އެތައް ބަޔަކު މި ދުނިޔޭގައި އަދިވެސް އެބަ ތިއްބެވެ. އަދިވެސް އެ ހަނދާންތަކާ ދުރު ނުވެވޭ އެތައް ބަޔަކު އެބަތިއްބެވެ.

މަރޗް 3 ވީ އާދީއްތަ ދުވަހަކީ، އެމްއެޗް-370އާއެކު ގެއްލިފައިވާ މީހުންގެ ހަނދާނުގައި މެލޭޝިއާގައި ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިޔަ ދުވަހެކެވެ. 'ވޮއިސްއެމްއެޗް370' ގެ ނަމުގައި ހިންގާ އެންޖީއޯއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި، މެލޭޝިއާގެ ޓްރާންސްޕޯރޓް މިނިސްޓަރ، އެންތަނީ ލޯކީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަރަކާތުގެ ބައިވެރިވާ މުޚާޠަބު ކުރައްވާ ވާހަކަދައްކަވަމުން ލޯކީ ވަނީ، އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިއާގެ ސަރުކާރުން ބާރު އަޅަމުން ގެންދާ ކަމަށެވެ.

އެމްއެޗް-370 ދަތުރު ކުރަން ޖެހޭ ރާސްތާ ނުން އެހެން މިޞްރާބަކަށް ދުއްވާފައި ވަނީ ގަސްތުގައި ކަމަށް ކުރާ ވަކާލާތު، މެލޭޝިއާގެ ތަޙްޤީޤު ޓީމުން މުޅިން ދޮގުކޮށްފައެއް ނުވައެވެ. ކަން މިހެން އޮތް އިރު، އެފްރިކާގެ އައްސޭރި ފަށުގެ ސަރަޙައްދުތަކާއި، އިންޑިއާ ކަނޑުގެ ބައެއް ޖަޒީރާ ރަށްރަށުން، މަތިންދާބޯޓުގެ ބައިތަކެއް ވަނީ ފެނިފައެވެ. އޮޔާ ލައްގާފައި ވާ ކަމަށް ބެލެވޭ އެ ބައިތަކުގެ ތެރެއިން  ބައެއް ބައިތަކަކީ އެމްއެޗް-370ގެ ބައިތަކެއް ކަން މިހާރުވެސް ވަނީ ކަށަވަރު ކޮށްފައެވެ.

ބޯޓުގެ ބައިތަކުގެ ތެރެއިން މިހާތަނަށް ފެނުނު ބައެއް ބައިތައް ވަނީ، 'ވޮއިސްއެމްއެޗް370' އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ދައްކާލަފައެވެ. އަދި ރާވާ ޕަޒަލްއެއްގެ ބައްޓަމަށް، "ކޮން އިރަކު؟"، "ކިހިނެއް؟" ތޯ އަހާ ސުވާލު އުފައްދާފައިވެއެވެ.

އެމްއެޗް-370 ހޯދުމަށް އޯޝަން އިންފިނިޓީއިން 2018 ވަނަ އަހަރު، އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއަށް މެލޭޝިއާއިން ވަނެވެ. ބޯޓު ފެނިއްޖެނަމަ 70 މިލިއަން ޑޮލަރަށްވުރެ އިތުރު ނުވާ މާލީ ބަދަލެއް ދޭން ހުށަހެޅިއެވެ.

ވީޕީއާރް ނޭތަންގެ އަނބިމީހާ، އޭން ޑެއިޒީއަކީ އެމްއެޗް-370 ގެއްލުނު އިރު އެ ފްލައިޓުން ދަތުރުކުރަމުން ދިޔަ މީހެކެވެ. އޯޝަން އިންފިނިޓީގެ ހުށަހެޅުމުގައި ވާ، "ބޯޓު ނުފެންނަންޏާ، މާލީ ބަދަލެއް ނުދެވޭނެ" ކަމަށް ބުނާ އިޚްތިޔާރަށް ނޭތަން މަރްޙަބާ ކިޔައެވެ.

އެމްއެޗް-370 ހޯދުމަށް، މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން، ޖެނުއަރީ 2017 ގައި ހުއްޓާލީ އެއްވެސް  ވަރެއްގެ ކާމިޔާބީއެއް ނުލިބެއެވެ. ކަނޑު އަޑީގެ ސަރަޙައްދުތައް ބަލައި ފާސްކުރުމަށް ހިންގި 2 އަހަރު ދުވަހުގެ އެ އޮޕަރޭޝަނަށް އެކަނިވެސް 130.46 މިލިއަން ޑޮލަރު ޚަރަދުވިއެވެ.

އޯޝަން އިންފިނިޓީގެ ހުށަހެޅުން މެލޭޝިއާގެ ކެބިނެޓުން ފާސްކުރާ ހިސާބުން، އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މެލޭޝިޔާއިން އޮސްޓްރޭލިއާއާ ވާހަކަ ދައްކާނެ ކަމަށް ލޯކީ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ރައްޔިތެއް ކަމަށް ވާ ޖިއާންގް ހޫއީގެ މަންމައަކީވެސް އެމްއެޗް-370 އިން ދަތުރު ކުރަމުން ދިޔަ މީހެކެވެ. ޖިއާންގް ވަނީ، ހާދިޘާއާ ބެހޭ ގޮތުން ލިބޭ އެންމެ ފަހުގެ މަޢުލޫމާތުތައް، ޢާއިލާ މެމްބަރުންނާ ހިއްސާ ކުރަމުން ދިއުމަށް މެލޭޝިއާއަށް ގޮވާލާފައެވެ.

ބީޖިންގްގެ ކޯޓަކުން މިދިޔަ ނޮވެމްބަރު މަހު ވަނީ، އެމްއެޗް-370 އިން ދަތުރުކުރި މީހުންގެ ޢާއިލާތަކަށް ބަދަލު ހޯދައިދިނުމާ ބެހޭ ޝަރީއަތުގެ އަޑު އެހުންތައް ފަށާފައެވެ.  

ބޮއިންގް-777 މަރުކާގެ މަތިންދާބޯޓު ގެއްލުނު އެ ހާދިޘާއަކީ ވައިގެ އުދުހުންތަކުގެ މި ފަހުގެ ތާރީޚުގައިވެސް ހިނގި އެންމެ ހައިރާން ކުރުވަނިވި ހާދިޘާއެވެ. 239 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ އެމްއެޗް-370 ގެއްލުނު އިރު، ފަސެންޖަރުންގެ ގޮތުގައި ޗައިނާގެ 150 މީހަކު ތިއްބެވެ. ޗައިނާގައި ސަރިޔަތުގެ އަޑު އެހުންތައް ފެށީ، މެލޭޝިއާ އެއަރލައިންސް، ބޮއިންގް ކުންފުނި، އަދި މަތިންދާބޯޓުގެ އިންޖީނު އުފެއްދި ރޯލްސް-ރޮއީސް ކުންފުންޏާއި، އެލިއާންޒް އިންޝުއަރަން ކުންފުންޏާއި އަދިވެސް އިތުރު ބައެއް ކުންފުނި ތަކާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އެއްބައިވަންތަކަން އައިޓިބީ ފެއަރގެ ތެރެއިން ދައްކާލައިފި

ރާއްޖޭގެ އެއްބައިވަންތަކަން އައިޓިބީ ފެއަރގެ ތެރެއިން ދައްކާލައިފި

15 މާރިޗު 2019
އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

08 މާރިޗު 2019
އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

15 ފެބުރުއަރީ 2019
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު