Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިޓީބީ ފެއަރ

ރާއްޖޭގެ އެއްބައިވަންތަކަން އައިޓިބީ ފެއަރގެ ތެރެއިން ދައްކާލައިފި

15 މާރިޗު 2019 | ހުކުރު 12:30

މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިން ބައިވެރިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2019 | ހުކުރު 12:30
ރާއްޖޭގެ އުފެންދުންތަކުގެ ރަހަ ފެއަރ އަށް ޒިޔާރަތް ކުރި ފަރާތަކުން ބަލަނީ

ރާއްޖޭގެ އުފެންދުންތަކުގެ ރަހަ ފެއަރ އަށް ޒިޔާރަތް ކުރި ފަރާތަކުން ބަލަނީ

އައިޓީބީ ފެއަރ އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. އެގޮތުން މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އެއަރލައިން އޮޕަރޭޓަރުންނާއި ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކަށް މި ފެއަރ ވެގެންދާނީ އަގު ހުރި ފެއަރއަކަށެވެ. އެއީ މިފެއަރ އަށް ޒިޔާރަތްކުރާ މީހުން ގިނަވެފައި އެކި ޤައުމުތަކުގައި ވިޔަފާރީގެ ދާއިރާ ހަރަކާތްތެރިވާ ފަރާތްތަކާއި ފެއަރގެ ތެރެއިން ބައްދަލުވާތީއެވެ. މި ފެއަރ މި އަހަރުގެ މާރޗް މަހުގެ 5 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ޖަރުމަންވިލާތުގެ ބާލިންގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރާއްޖޭގެ ފަރާތުން ވެސް ވަނީ މި ފެއަރގައި ބައިވެރިވެފައެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން މި ފެއަރގައި ރާއްޖޭގެ ސްޓޯލް ޒީނަތްތެރި ކޮށްފައި ވަނީ ވަރަށް ފުރިހަމަކޮށެވެ. ރާއްޖޭގެ 105 ކުންފުންޏެއް ފެއަރގައި ބައިވެރިވެފައިވާއިރު އެ ކުންފުނިތަކުން މީޓިންތައް ކުރިއަށް ގެންދަން ވަކި ޖާގަ ދީފައިވެއެވެ. ލިޔެލާ ޖަހާތަން ވަގުތުން ފެންނަ ގޮތަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވާއިރު ރާއްޖޭގެ ރަހަތައް ވަގުތުން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދެވިގެންދެއެވެ. އެގޮތުން ވަގުތުން މަސްހުނި ތައްޔާރު ކުރުމާއި ރޮށި ފިހުން ހިމެނެއެވެ. ފެއަރގެ ކުރިމަތިން އެމްއެމްޕީއާރްސީގެ މުވައްޒަފުން ފެއަރ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތުދޭއިރު އަރިމަތިން ހަދާފައިވާ ސްޓޭޖް ސަރަހައްދުން ގޮމަ ގްރޫޕާއި އިކުއިޓިކް ވައިބް ބޭންޑުން ރާއްޖޭގެ ރީތި ލަވަތަކާއި ފަރި ނެށުންތައް ދައްކުވައިދިނުމުގައި ހަރަކާތްތެރިވެއެވެ.

އެހެން ސްޓޯލްތަކާއި އަޅާބަލާއިރު ރާއްޖޭގެ ސްޓޯލުން ފާހަގަވި އެންމެ ތަފާތުކަމަކީ ރާއްޖޭގެ ސްޓޯލްގެ އެއްބައިވަންތަކަމެވެ.

ފެއަރ އަށް ޒިޔާރަތްކުރި ފަރާތްތަކާއި އޮތް ގުޅުން ބަދަހިކުރުމަށްޓަކައި ރާއްޖޭގެ ފަރާތުން ވަނީ ގިނަގުނަ މަސައްކަތްތައް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ސަޤާފީ ހެދުންކަމުގައި ލިބާހާ ފޭލީގެ ލުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މިކަން ވެގެންދިޔައީ ފެއަރ އަށް ޒިޔާރަތްކުރި ފަރާތްތަކަށް އެހާމެ ކަމުދިޔަ ތަފާތު އަދި އުފާވެރި ކަމަކަށެވެ.

ރާއްޖޭގެ ޓީމްގެ ފަރާތުން ފެނުނު އެންމެ އަޅައިގަންނަ މަންޒަރަކީ ރާއްޖޭގެ ސަޤާފީ ހަރަކާތްތައް ބަލަން ސްޓޯލަށް ޖަމާވެފައިވާ މީހުން ސްޓޭޖް މައްޗަށް އަރުވާ، އެމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. ވަކި އުމުރަކަށް ބެލުމެއް ނެތި ރާއްޖޭގެ ޓީމުން ވަނީ އެ މީހުންނަށް އެއްބައިވަންތަކަމުގެ އިހްސާސް ކުރުވާދީފައެވެ. އިކުއިޓިކް ވައިބް ބޭންޑްގެ ފަރާތުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޖަރުމަން ބަހުން ލަވަ ހުށަހަޅައިދީފައެވެ.

އެމްއެމްޕީއާރްސީގެ ފަރާތުން ބުނީ މި ފަހަރުގެ ފެއަރ ވަރަށް ކާމިޔާބުކަމަށާއި ގިނަ ކުންފުނިތަކުން ބައިވެރިވުމުން ޖާގައިގެ ދަތިކަން ކުޑަކޮށް އުޅުނު ކަމަށެވެ. ނަމަވެސް އެކަން ހައްލުކޮށް ފެއަރ މިއަށްވުރެ ވެސް ފުރިހަމައަށް ބާއްވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރާއްޖޭގެ ޓީމްގެ ފަރާތުން މި ފެއަރގެ ތެރެއިން ފެނިގެން ދިޔައީ ވަރަށް އެކުވެރި އުފާވެރި މަންޒަރެކެވެ. އެއީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ ޓީމްގެ ފަރާތުން ކުރިއަށް ގެންދިޔައި ފޮޓޯ ޝޫޓެވެ. ރާއްޖޭގެ ފަރާތުން މި ފެއަރގައި ބައިވެރިވި ހުރިހާ ކުންފުނިތަކުގެ އަންހެން ކަނބަލުން ވަނީ އެއްތަނަކަށް އެއްވެ ފޮޓޯ ނަގާފައެވެ. މިއީ މިކަހަލަ ފެއަރއެއްގެ ތެރެއިން އެންމެން ވެސް ދެކެން ބޭނުންވާނެ އުފާވެރި މަންޒަރެއްކަން ޔަގީނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
26 ޖޫން 2017

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
12 މާރިޗު 2017

ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

12 މާރިޗު 2017
ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް