Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ފަލަސްތީނުގައި އަޅާ ގެތައް

3،500 ހައުސިން ޔުނިޓް އަޅަން އިޒްރޭލުން ނިންމި ނިންމުން ފްރާންސުން ކުށްވެރިކޮށްފި

9 މާރިޗު 2024 | ހޮނިހިރު 02:29

އިސްރާއީލުގެ ހަޔަރ ޕްލޭނިންގ ކައުންސިލުން ނިންމާފައިވަނީ ފަލަސްޠީނުގެ ބިންތަކުގެ އެކި ތަންތަނުގައި 3،488 ސެޓްލްމަންޓް ހޯމް އެޅުމަށެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 9 މާރިޗު 2024 | ހޮނިހިރު 02:29
އިސްރާއީލުން ފަލަސްތީނުގައި ގާއިމު ކުރަމުންދާ ހައުސިން ޔުނިޓްތަކެއް

އިސްރާއީލުން ފަލަސްތީނުގައި ގާއިމު ކުރަމުންދާ ހައުސިން ޔުނިޓްތަކެއް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 3،500 އާ ހައުސިން ޔުނިޓް އެޅުމަށް އިޒްރޭލުން ނިންމި ނިންމުން ފަރަންސޭސިވިލާތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފަރަންސޭސި ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅަނގު އައްސޭރީގައި މިހާރުވެސް އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ، ނާޒުކު ދަނޑިވަޅުގައި ގާނޫނާ ހިލާފު އަދި ޒިންމާދާރުކަން ކުޑަ މި ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް އިސްރާއީލު ސަރުކާރަށް ގޮވާލާ ކަމަށެވެ.

ފްރާންސުން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި މީހުން ވަޒަންވެރިކޮށް، އޭރިއާ ސީ އާއި އިރުމަތީ ގުދުސްގައި ހުރި ފަލަސްތީނުގެ އިމާރާތްތައް ތަޅާލުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އިޒްރޭލުގެ ގާނޫނުގެ ދަށުން ވެސް ގާނޫނާ ހިލާފަށް ހަދާފައިވާ އައުޓްޕޯސްޓްތައް ލަސްނުކޮށް ނައްތާލަން ޖެހޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ފަރަންސޭސިވިލާތުން ވަނީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހައްގާއި ފަލަސްތީނުގެ ގާނޫނީ އުންމީދުތައް ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގަކީ ދެ ދައުލަތުގެ ހައްލަކަށް އޮތް އުންމީދުތަކަށް ބުރޫއަރާ ފަދަ ހުރިހާ ފިޔަވަޅެއް ކުށްވެރިކޮށްފައެވެ.

ހައުސިންގ ޔުނިޓްތައް އެޅުމާ ދެކޮޅަށް ފްރާންސުން ބަޔާން ނެރެފައިވާއިރު، އިސްރާއީލުގެ ހަޔަރ ޕްލޭނިންގ ކައުންސިލުން ނިންމާފައިވަނީ ފަލަސްޠީނުގެ ބިންތަކުގެ އެކި ތަންތަނުގައި 3،488 ސެޓްލްމަންޓް ހޯމް އެޅުމަށެވެ. މިއީ ފާއިތުވި އަހަރުތަކުގައި އެންމެ ގިނަ އަދަދަކަށް ސެޓްލްމަންޓް ޔުނިޓް އެޕްރޫވްކޮށްފައިވާ ޔުނިޓެވެ.

އިސްރާއީލްގެ މި ނިންމުމަށް ފަލަސްތީނުގެ އޮފިޝަލުން ދެކޮޅު ހައްދަވާއިރު، މިއީ ހުޅަނގު އައްސޭރި އާއި ޣައްޒާ އަދި އިރުމަތީ ގުދުސްގައި މިނިވަން ދައުލަތެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބޮޑު ގެއްލުމެއް ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއިސްވެ ހުންނަވާ ހަރުކަށި ފިކުރުގެ އާ ސަރުކާރުގައި ހުޅަނގު އައްސޭރީގައި ސެޓްލްމަންޓް ކުރިއެރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭނާގެ ކޯލިޝަންގައި ހިމެނެނީ ފަލަސްތީނުގެ ދައުލަތް ބަލައިނުގަތުމާއި ހުޅަނގު އައްސޭރި ހިފުމަށް ވަކާލާތުކުރާ އަލްޓްރާނޭޝަނަލިސްޓް ފެކްޝަންތަކެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އިސްރާއީލުގެ އާބާދީތަކަކީ މަދަނީ އާބާދީތައް ހިފާފައިވާ ސަރަހައްދުތަކަށް ބަދަލުކުރުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ފަލަސްތީނުގެ ތިން މިލިއަނަށް ވުރެ ގިނަ މީހުންގެ މެދުގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒްރޭލުގެ ހަތް ލައްކައަށް ވުރެ ގިނަ މީހުން މިހާރު ދިރިއުޅެ އެވެ.

އެމެރިކާއިން އިސްރާއީލުގެ އެންމެ ފަހުގެ ސެޓްލްމަންޓް އެޕްރޫވަލްތަކަށް ފާޅުގައި ފާޑުކިޔުމުގެ ނާދިރު ފިޔަވަޅެއް އެޅިއިރު، މިއީ ދެ ދައުލަތެއްގެ ހައްލަކަށް ތާއީދުކުރާ އެމެރިކާގެ ސިޔާސަތާ ޚިލާފު ފިޔަވަޅެކެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރިން ޖީން ޕިއެރޭ ސިފަކުރެއްވި ގޮތުގައި މި ޕްލޭންތަކަކީ ހަމައެކަނި ނުތަނަވަސްކަން އިތުރުކޮށް ހަމަނުޖެހުން ބޮޑުކުރުމަށް ކުރާ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2017

އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން

09 ޑިސެމްބަރު 2017
އެމެރިކާއާ ދެކޮޅަށް އަރަބި ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ: ލެބްނާން
27 ނޮވެމްބަރު 2017

ބާލީގެ އަގުންގް އަލިފާންފަރުބަދަ ގޮވަން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށައިފި

27 ނޮވެމްބަރު 2017
ބާލީގެ އަގުންގް އަލިފާންފަރުބަދަ ގޮވަން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށައިފި
19 އޮކްޓޯބަރު 2017

އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި

19 އޮކްޓޯބަރު 2017
އިޒްރޭލުން ފަލަސްތީނުގެ ބައެއް މީޑިއާތައް ބަންދުކޮށްފި
28 އޯގަސްޓު 2017

ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

28 އޯގަސްޓު 2017
ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!
17 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި
29 ޖޫން 2017

ގަތަރާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް ޔޫއޭއީ އިން ބުނެފި

29 ޖޫން 2017
ގަތަރާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވިސްނަމުންދާ ކަމަށް ޔޫއޭއީ އިން ބުނެފި
06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް