Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަގުންގް ފަރުބަދަ ގޮވުން

ބާލީގެ އަގުންގް އަލިފާންފަރުބަދަ ގޮވަން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށައިފި

މިހާތަނަށް 445 ފްލައިޓް ކެންސަލް ކުރަންޖެހުނު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ނޮވެމްބަރު 2017 | ހޯމަ 17:04
އަގުންގް އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1963 ވަނަ އަހަރު

އަގުންގް އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1963 ވަނަ އަހަރު

ބޮޑު ގޮވުމެއް ގޮވާފާނެ ކަމުގެ ބިރާއެކު އިންޑޮނީޝިއާގެ ބާލީގައި ހުންނަ އަގުންގް އަލިފާން ފަރުބަދަ ކައިރީގައި ދިރިއުޅޭ މީހުންގެ ތެރެއިން 100،000 އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް އެގައުމުގެ އިދާރާތަކުން ފަށައިފިއެވެ.

އިންޑޮނީޝިއާގެ އިދާރާތަކުންވަނީ އެންމެ މަތީ ނުރައްކަލުގެ އިންޒާރު ނެރެ، ގޮވަމުންދާ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދުގެ ތެރެއިން ނުރައްކާ ސަރަހައްދު ކަމަށް ކަނޑައަޅާފައިވާ ސަރަހައްދު އިތުރުކޮށްފައެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ބާލީގެ އެއަރޕޯޓް ބަންދުކޮށްފައިވާއިރު އެތައްހާސް ބަޔަކުވަނީ އެއަރޕޯޓްގައި ތާށިވެފައެވެ.

އިދާރާތަކުން ބުނީ މިހާތަނަށް 445 ފްލައިޓް ކެންސަލް ކުރަންޖެހި 59,00 ދަތުރުވެރިންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ ނޭޝަނަލް ހޮޓެލް އެސޯސިއޭޝަނުން ބުނީ އެ ޖަމާއަތުގެ މެމްބަރު ހޮޓެލް ތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން ނުފުރި އެއަރޕޯޓްގައި ތާށިވީ ދަތުރުވެރިންނަށް ހޮޓަލުގައި އެއްރޭ ހުރުން ހިލޭ ހަމަޖައްސައިދޭނެ ކަމަށެވެ.

އޮސްޓްރޭލިއާ ސަރުކާރާއި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުންވަނީ އެ ގައުމުތަކުގެ ދަތުރުވެރިން ކެންސަލް ކުރެވުނު ފްލައިޓްތަކަށް ތައްޔާރުވެ ބާލީގެ މީޑިއާތައް މޮނިޓަރކޮށް އެ ގައުމުގެ އިދާރާތަކުގެ އިންޒާރުތަކަށް ސަމާލުވެ ތިބުމަށް ގޮވާލާފައެވެ.

ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ނެރެފައިވާ ބަޔާނެއްގައި އެ ގައުމުންވަނީ ބާލީއަށް ދަތުރުކުރާނަމަ" ސަމާލުވުމަށް" ގޮވާލާފައެވެ.

ބާލީގެ އިދާރާތަކުން ބުނާގޮތުގައި ކަޅުދުމާއި އަޅި ފަރުބަދައިގެ ކޮޅުން ފެށިގެން 3،400 މީޓަރު އުސްމިނަށް އަރަމުންދާނެއެވެ.

އޮފިޝަލުންވަނީ ފަރުބަދަމަތިން ފައިބައިގެން އަންނަ ކުނޑިބުނޑި ނަގަން ނުދިއުމަށް އާއްމުންނަށް އިންޒާރުކޮށްފައެވެ.

އަގުންގް ފަރުބަދައަށް މިފަހަރު ގުޑުންތައް އަންނަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

އަގުންގް އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 1963 ވަނަ އަހަރުއެވެ. އެ އަހަރު 1500 މީހުން މަރުވެ 75،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

އދ ގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ވަފުދުތައް ނުކުމެގެން ހިނގައްޖެ

26 ސެޕްޓެމްބަރު 2025
އދ ގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ވަފުދުތައް ނުކުމެގެން ހިނގައްޖެ
08 ޖޫން 2023

ޓައިވާންގެ އޭޑީއައިޒެޑަށް ޗައިނާގެ އަސްކަރީ އެއަރ ކްރާފްޓްތައް ވަންނަން ފެށުމުން އެގައުމުގެ އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި

08 ޖޫން 2023
ޓައިވާންގެ އޭޑީއައިޒެޑަށް ޗައިނާގެ އަސްކަރީ އެއަރ ކްރާފްޓްތައް ވަންނަން ފެށުމުން އެގައުމުގެ އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި
04 ޑިސެމްބަރު 2022

ޗައިނާގެ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން އޭޝިއާގެ ފެކްޓްރީތަކަށް އޮތް ޑިމާންޑު ދަށްވެއްޖެ

04 ޑިސެމްބަރު 2022
ޗައިނާގެ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން އޭޝިއާގެ ފެކްޓްރީތަކަށް އޮތް ޑިމާންޑު ދަށްވެއްޖެ
08 ނޮވެމްބަރު 2022

ވައި ސާފުވާންފެށުމުން ދިއްލީގެ ސްކޫލްތައް އަލުން ހުޅުވަނީ

08 ނޮވެމްބަރު 2022
ވައި ސާފުވާންފެށުމުން ދިއްލީގެ ސްކޫލްތައް އަލުން ހުޅުވަނީ
20 އޯގަސްޓު 2022

ޕާޓީކުރައްވާ ވީޑިއޯ ލީކުވެ މައްސަލަ ހޫނުވާންފެށުމުން، ފިންލެންޑްގެ ބޮޑުވަޒީރު ޑްރަގަށް ޓެސްޓްކުރައްވައިފި

20 އޯގަސްޓު 2022
ޕާޓީކުރައްވާ ވީޑިއޯ ލީކުވެ މައްސަލަ ހޫނުވާންފެށުމުން، ފިންލެންޑްގެ ބޮޑުވަޒީރު ޑްރަގަށް ޓެސްޓްކުރައްވައިފި
13 މެއި 2021

ނޭޕާލުގެ ހާލަތު ދަށަށް ދާން ފެށުމުން ބޭރުގެ އެހީއަށް އެދިއްޖެ

13 މެއި 2021
ނޭޕާލުގެ ހާލަތު ދަށަށް ދާން ފެށުމުން ބޭރުގެ އެހީއަށް އެދިއްޖެ
15 މާރިޗު 2020

ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށުމުން ޔޫރަޕްގެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފި

15 މާރިޗު 2020
ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށުމުން ޔޫރަޕްގެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފި
05 ފެބުރުއަރީ 2019

ސަރުކާރާ ދެކޮޅު މުޒާހަރާތައް އަލުން ފެށުމުން ކަރުނަ ގޭސް ޖަހައިފި

05 ފެބުރުއަރީ 2019
ސަރުކާރާ ދެކޮޅު މުޒާހަރާތައް އަލުން ފެށުމުން ކަރުނަ ގޭސް ޖަހައިފި
19 ޖެނުއަރީ 2019

ބާލީގެ ބޮންގޮއްވުމުގެ ހާސިދާގެ ފަހަތުގައި ހުރި ލީޑަރު މިނިވަންކުރަނީ

19 ޖެނުއަރީ 2019
ބާލީގެ ބޮންގޮއްވުމުގެ ހާސިދާގެ ފަހަތުގައި ހުރި ލީޑަރު މިނިވަންކުރަނީ
30 ނޮވެމްބަރު 2017

އަގުންގް އަލިފާން ފަރުބަދަ ގޮވުން:ބާލީ އެއަރޕޯޓް އަލުން ހުޅުވައިފި

30 ނޮވެމްބަރު 2017
އަގުންގް އަލިފާން ފަރުބަދަ ގޮވުން:ބާލީ އެއަރޕޯޓް އަލުން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު