Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާޢިން ޣައްޒާއަށް އެހީފޯރުކޮށްދިނުން

ޣައްޒާއަށް އެހީ ވެއްދުމަށްޓަކައި ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް އެމެރިކާއިން ގާއިމުކުރަނީ

8 މާރިޗު 2024 | ހުކުރު 06:38

އެމެރިކާއިން ޣައްޒާއަށް ތިންވަނަ ފަހަރަށް ވައިގެ މަގުން އެހީ ގެނައީ ބުރާސްފަތި ދުވަހުގެ ހެނދުނު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 8 މާރިޗު 2024 | ހުކުރު 06:38
ވަގުތީ ބަނދަރެއް ގާއިމު ކުރުމަށްޓަކައި އެންމެ އިސްވެ ހަރަކާތެރިވާނީ އެމެރިކާ

ވަގުތީ ބަނދަރެއް ގާއިމު ކުރުމަށްޓަކައި އެންމެ އިސްވެ ހަރަކާތެރިވާނީ އެމެރިކާ

އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ބަންދުވެފައިވާ ޣައްޒާއަށް އެހީ ވެއްދުމަށްޓަކައި ޣައްޒާގެ އައްސޭރިފަށުގައި ވަގުތީ ބަނދަރެއް އެމެރިކާއިން ގާއިމުކުރުމަށް ރައީސް ބައިޑަން، އެމެޖެންސީ މިލްޓްރީ މިޝަނެއް އިއުލާން ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސްޓޭޓް އޮފް ދަ ޔޫނިއަންގައި ދެއްވި ތަގުރީރުގައި ރައީސް ޖޯ ބައިޑަން ވަނީ ޣައްޒާގެ އައްސޭރިފަށުގައި މެޑިޓެރޭނިއަން ކަނޑުގައި އިންސާނީ އެހީ ހޯދުމަށް ބަނދަރެއް ހެދުމަށް "އިމަޖެންސީ" އަސްކަރީ މިޝަނެއް އިއުލާނު ކުރައްވާފައެވެ.

އެމެރިކާގެ ކެޕިޓޮލޮލުން ކޮންގްރެސްއަށް ދެއްވި ތަގުރީރުގައި ބައިޑަން ވިދާޅުވީ، ކާބޯތަކެއްޗާއި ފެނާއި ބޭހާއި ވަގުތީ ހިޔާތައް ހިފައިގެން ބޮޑެތި އުޅަނދުތައް ވަދެވޭނެ ގޮތަށް ޣައްޒާގެ އައްސޭރިފަށުގައި މެޑިޓެރޭނިއަން ކަނޑުގައި ވަގުތީ ބަނދަރެއް ގާއިމުކުރުމަށް ކުއްލި މިޝަނެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވަމުން ގެންދަވާ ކަމަށެވެ.

މި ވަގުތީ ބަނދަރުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް އިންސާނީ އެހީތެރިކަން ލިބޭ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެކަމަށާއި، އެކަމަކު އިސްރާއީލުން ވެސް އެ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

ޑިފެންސްގެ އިސް އޮފިޝަލަކު ވިދާޅުވީ ބަނދަރުގެ މައިގަނޑު މަޤްޞަދަކީ ދުވާލެއްގެ މައްޗަށް އިތުރު އެތައް ސަތޭކަ ޓްރަކްލޯޑުގެ އެހީގެ ކެޕޭސިޓީ ފޯރުކޮށްދިނުން ކަމަށެވެ.

ދިފާއީ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އެމެރިކާ އާއި ޕާޓްނަރު ގައުމުތަކުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި "ޕްލޭންކޮށް ތަންފީޒު ކުރަން އެތައް ހަފުތާއެއް ނަގާނެ" ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިޝަން ފުރިހަމަ ކުރަން ބޭނުންވާ ސިފައިން މިހާރުވެސް އެ ސަރަހައްދުގައި އެބަތިބި ކަމަށާއި ނޫނީ ވަރަށް އަވަހަށް އެތަނަށް ދާނެ ކަމަށެވެ.

ޑިފެންސްގެ އިސް އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަންގައި އެމެރިކާ ސިފައިން ބިންމަތީގައި ފޯރިމަރަން ތިބެން ނުޖެހޭނެ ކަމަށެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއަކީ ވަރަށް ހާއްސަ ގާބިލުކަމެއް ލިބިފައިވާ އަސްކަރިއްޔާއެއް ކަމަށާއި އެއީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ.

ޑިފެންސް އޮފިޝަލް ވިދާޅުވީ އެހީގެ އިބްތިދާއީ ޝިޕްމަންޓްތައް ބަނދަރަށް އަންނާނީ ސައިޕްރަސް މަގުން ކަމަށެވެ.

އެ އޮފިޝަލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއްގަމު މަގުން ޣައްޒާއަށް އިތުރު އެހީތަކެއް ދިނުމަށް އެމެރިކާއިން އިސްރާއީލަށް ބާރުއަޅަމުން އަންނަ ކަމަށާއި، އެއީ "އެންމެ ހަރުދަނާ، ޚަރަދު ކުޑަ" ގޮތް ކަމަށެވެ.

ޑިފެންސް އޮފިޝަލް ވިދާޅުވީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހޯދުމަކީ އެހީ ލިބޭނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރަމަޟާން މަހުގެ ކުރިން އެއްބަސްވުމަކަށް އައުމާ ބެހޭގޮތުން ސުވާލު ކުރުމުން ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވީ "މި މަޝްވަރާގެ ސުންގަޑި ފަދަ ނިންމުންތަކުގެ މައުލޫމާތު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ދިފާއީ އިސް އޮފިޝަލަކު ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ޣައްޒާއަށް 180 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެހީ ދީފައިވާ ކަމަށެވެ.

ދިފާއީ އޮފިޝަލް ވިދާޅުވީ އިސްރާއީލުން ފާއިތުވި ދުވަސްތަކުގައި މަސައްކަތް ކުރަމުން ދަނީ ޣައްޒާއަށް ތިންވަނަ ބިމެއް ހުރަސްކުރުމަށް ކަމަށާއި އޭގެ ސަބަބުން ޣައްޒާގެ އުތުރުގެ އާބާދީއަށް ސީދާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ޕެސެޖް މެދުވެރިކޮށް ފުރަތަމަ ޑެލިވަރީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކުރެވޭނެ ކަމަށް އެމެރިކާއިން އުންމީދުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޕެންޓަގަންގެ އޮފިޝަލް އިތުރަށް ވިދާޅުވީ އެމެރިކާއިން ޣައްޒާއަށް ތިންވަނަ ފަހަރަށް ވައިގެ މަގުން އެހީ ގެނައީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. މި ތިން ޑްރޮޕްގެ ތެރޭގައި ޖުމްލަ 113،000 އެއްހާ ކެއުން ހިމެނޭ 192 ބަންޑަލް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް