Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޫހާނީގެ ރައްދު

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހަ ނުގެނެވޭނެ:ރޫހާނީ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 މެއި 2017 | އަންގާރަ 09:41
ރައީސް ރޫހާނީ ވަނީ ހުކުރު ދުވަހު ބޭއްވި އިންތިޚާބު 57 އިންސައްތަ ވޯޓް ހޯއްދަވައި ބޮޑުތަފާތަކުން އިންޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފަ

ރައީސް ރޫހާނީ ވަނީ ހުކުރު ދުވަހު ބޭއްވި އިންތިޚާބު 57 އިންސައްތަ ވޯޓް ހޯއްދަވައި ބޮޑުތަފާތަކުން އިންޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފަ

ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހަ ނުގެނެވޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ރައްދު ދެއްވައިފިއެވެ.

ރޫހާނީ މިހެން ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭއްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މެދުއިރު މައްޗަށް ވަޑައިގެން މިހާތަނަށް ވަޑައިގެންނެވި ކޮންމެ ގައުމެއްގައި ވާހަކަފުޅުދައްކަވަމުން ވެސް އީރާނަށް ރައީސް ޓްރަމްޕް ފާޑުވިދާޅުވަމުން ގެންދަވާތީއެވެ.

"ކާކަށްތޯ ބުނެވޭނީ ސަރަހައްދީ ހަމަޖެހުން އިއާދަ ކުރެވޭނީ އިރާނާ ނުލާ ކަމަށް؟" ކާކަށްތޯ ބުނެވޭނީ އީރާނާ ނުލައި މުޅި ސަރަހައްދު އޮންނާނީ ހަމަޖެހިގެން ކަމަށް؟" ރޫހާނީ ވިދާޅުވިއެވެ.

މީގެ އިތުރުން ރޫހާނީ ވަނީ މިދިޔަ ހަފްތާގައި ބޭއްވި އިންތިޚާބުން ދައްކުވައިދެނީ އިރާނުގެ ރައްޔިތުން ޑެމޮކްރަސީ އިތުރަށް ބޭނުންވާ މިންވަރުކަމާއި އަދި ދުނިޔެއާ ލާމެހުމަށް ބޭނުންވާ މިންވަރުކަމަށެވެ. ރޫހާނީ ވަނީ އެކަމަށްޓަކައި އިގްތިސާދީ ކުރިއެރުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މެއި މަހުގެ 21 ވަނަ ދުވަހު ސައުދީގައި ބޭއްވި އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ވާހަކަދައްކަވަމުން ވެސް ޓްރަމްޕް ވަނީ އީރާނަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ހޯމަ ދުވަހު އިސްރާއީލަށް ވަޑައިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ނޫސްކޮންފަރެންސްގައި ވެސް ވަނީ އީރާނަކީ ސަރަހައްދުގެ ހަމަޖެހުމަށް ހުރަސްއަޅާ ގައުމެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ވެރިކަމުގައި ރައީސް ޓްރަމްޕް ކުރެއްވި ފުރަތަމަ ދަތުރުފުޅު ސައުދީއަށް ކުރައްވާފައިވާއިރު ސައުދީއަކީ އެމެރިކާގެ އަތުން އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ގަންނަ ގައުމެކެވެ. ޓްރަމްގެ މި ދަތުރުފުޅުގައި ވެސް ސައުދީއާއެކު 110 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

މީގެ އިތުރުން ސައުދީއަކީ ސަރަހައްދުގައި އީރާނުގެ އެންމެ ވާދަވެރި ގައުމެވެ.

މެދު މިނުގެ އުސޫލުތަކަށް ތާއީދުކުރައްވާ އަދި ރިފޯމިސްޓެއްގެ ގޮތުގައި ފެނިފައިވާ ރައީސް ރޫހާނީ ވަނީ ހުކުރު ދުވަހު ބޭއްވި އިންތިޚާބު 57 އިންސައްތަ ވޯޓް ހޯއްދަވައި ބޮޑުތަފާތަކުން އިންޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2018

ސައުދީގެ އެހީއާއެކު ހުޅުވި އެންޓި ޓެރަރިޒަމް ސެންޓަރު މެލޭޝިއާގެ ސަރުކާރުން ބަންދުކޮށްފި

07 އޯގަސްޓު 2018
ސައުދީގެ އެހީއާއެކު ހުޅުވި އެންޓި ޓެރަރިޒަމް ސެންޓަރު މެލޭޝިއާގެ ސަރުކާރުން ބަންދުކޮށްފި
24 އެޕްރީލު 2018

އީރާނާއިއެކު ވެފައިވާ އެއްބަސްވުމުގައި ހިފެހެއްޓެވުމަށް ރައީސް ޓްރަމްޕްއަށް މެކްރޮން ދަންނަވައިފި

24 އެޕްރީލު 2018
އީރާނާއިއެކު ވެފައިވާ އެއްބަސްވުމުގައި ހިފެހެއްޓެވުމަށް ރައީސް ޓްރަމްޕްއަށް މެކްރޮން ދަންނަވައިފި
14 މާރިޗު 2018

ރަޝިއާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ގިނަ ކަންކަން އެމެރިކާ އިން ކުރަން ޖެހޭ: ޓިލާސަމް

14 މާރިޗު 2018
ރަޝިއާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ގިނަ ކަންކަން އެމެރިކާ އިން ކުރަން ޖެހޭ: ޓިލާސަމް
30 ނޮވެމްބަރު 2017

ރީ ޓްވީޓުގެ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް ޓްރަމްޕް ރައްދު ދެއްވައިފި

30 ނޮވެމްބަރު 2017
ރީ ޓްވީޓުގެ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް ޓްރަމްޕް ރައްދު ދެއްވައިފި
15 ނޮވެމްބަރު 2017

ނިއުކްލިއަ ހަމަލާ ދިނުމަށް ރައީސް ޓްރަމްޕްއަށް އޮންނަ އިޚްތިޔާރާ ބެހޭގޮތުން ސެނޭޓުން ސުވާލުކޮށްފި

15 ނޮވެމްބަރު 2017
ނިއުކްލިއަ ހަމަލާ ދިނުމަށް ރައީސް ޓްރަމްޕްއަށް އޮންނަ އިޚްތިޔާރާ ބެހޭގޮތުން ސެނޭޓުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު