Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރީޑިންގ ކްލަބް

އެއް ބަޔަކު ބޮޑު އަގުގައި ޓިއުޝަން ދޭއިރު، ދޮށީ އުމުރުގެ ފަރުދަކު ވަމުންދާ ހިތްގައިމު ގުރުބާނީ

މަސައްކަތް ފަށައިގަތީ އެންމެ ފަންސާހަކަށް ފޮތާއެކު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 މާރިޗު 2024 | ބުރާސްފަތި 11:59
ހެނާންޑޯ ގުއަންލާއޯ؛ ރީޑިންގ ކްލަބް 2000ގެ ފައުންޑަރ

ހެނާންޑޯ ގުއަންލާއޯ؛ ރީޑިންގ ކްލަބް 2000ގެ ފައުންޑަރ

ފިލިޕީންސްގެ ވެރިރަށް މެނީލާގެ ކާރޫބާރޫ ބޮޑު ވިޔަފާރި މަރުކަޒުގެ ކުޑަ ތަންކޮޅެއް ބޭރުން ފެންނަން އެ ހުރި ގެއަކީ، ފޮތް ކިޔުމާއި އެއްވަރަށް، ފޮތް އެއްކޮށް، އިންތިހާ ލޯތްބާއެކު އެ ފޮތްތައް ބަލަހައްޓާ ހެނާންޑޯ ގުއަންލާއޯގެ ގެއެވެ. އޭނާ ފަދައިން ފޮތް ކިޔުމަށް ލޯބިކުރާ ހަމަ ކޮންމެ މީހަކަށްވެސް އެ ގޭގެ ދޮރުތައް ވަނީ ހުޅުވާލާފައެވެ. ފޮތް ކިޔުމަކީ ހެނާންޑޯގެ މުޅި ހަޔާތުގައިވެސް އޭނާ އެ ކަމެއް ކުރަން އެންމެ ލޯބިކުރާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.

2 ފަންގިފިލާއަށް ހަދާފައިވާ އެ ގޭގައި އެތައް ހާސް ފޮތެއް އެބަހުއްޓެވެ. އުމުރުން 72 އަހަރުގެ ހެނާންޑޯ ބުނިގޮތުގައި، އޭނާގެ މަގުސަދަކީ އަދަބިއްޔާތުގެ ތެރެއިން، އެއްވެސް އިތުރު އަގަކާނުލައި އިތުރު ބަޔަކަށް އިލްމާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. ހެނާންޑޯގެ ގެއިން ލިބެން ހުރި ހުރިހާ ފޮތަކީވެސް އެހެން މީހަކު ބޭނުންކުރުމަށްފަހު ދޫކޮށްލާފައި ނުވަތަ ހަދިޔާކޮށްފައިވާ ފޮތްތަކެވެ.

މި މަސައްކަތަކީ މީގެ ވިއްސަކަށް އަހަރު ކުރިން ހެނާންޑޯ ފެށި މަސައްކަތެކެވެ. މަސައްކަތް ފަށައިގަތީ އެންމެ ފަންސާހަކަށް ފޮތާ އެކީގައެވެ. މަގުގެ އެއްފަރާތެއްގައި ކުރަން ފެށި މަސައްކަތް ފުޅާވަމުން ގޮސް، މިއަދާ ހިސާބަށް އާދެވުމުގައި އެތައް ބައެއްގެ ދީލަތި އެހީތައް ހެނާންޑޯއަށް ލިބިފައިވެއެވެ. ފޮތުގެ ސަޕްލައި ދަށްވެގެން، ނުވަތަ ފޮތް ލިބޭ މިންވަރު މަދުވެގެން އުޅޭކަށް ނުޖެހެއެވެ.

"ރީޑިންގ ކްލަބް 2000"ގެ ނަމުގައި ހެނާންޑޯ ހިންގާ އާންމު ކުތުބުޚާނާއިން އެތައް ރޯންރޯއެއްގެ ފޮތް ލިބެން ހުރެއެވެ. އުންމީދަކީ ފިލިޕީންސްގެ ޒުވާން ކުދިންގެ މެދުގައި އިންތިހާއަށް ދަށްވެފައިވާ ކިޔުމުގެ ދޭހައިގެ ފަންނުވެރިކަމަށް ހިތްޖެއްސުމެވެ. ހެނާންޑޯ ގަބޫލުކުރާގޮތުގައި، އޭނާ ދިރިއުޅޭ ސަރަހައްދުގެ ގިނަ ކުދިންނަކީ ފޮތް ލިބުން ދަތި ކުދިންނެވެ. ޚަރަދު ބޮޑުކަމުންނެވެ. ގިނަ ކުދިންނަކީ އިންތިހާ ފަގީރު ހާލުގައި އުޅޭ ކުދިންނަށް ވާއިރު، އިލްމު ހާސިލު ކުރުމަކީ 'ލަގްޒަރީ'އަކަށް އޮންނަނީ ވެފައެވެ.

ހެނާންޑޯގެ ކުތުބުޚާނާއަށް އަންނަ މީހުންގެ ފަރާތުންވެސް އޭނާއަށް ލިބެނީ ތައުރީފެވެ. ލެނާންޑޯގެ ޚިދުމަތް، އެމީހުން ބަލައިގަންނަނީ އިޚްލާސްތެރިކަމާއެކުއެވެ. ނާޖާއިޒު ގޮތެއްގައި ފައިދާ ނަގާ މީހަކު ނުފެނެއެވެ.

ޕްރޮގްރާމް ފޮރ އިންޓަރނޭޝަނަލް ސްޓޫޑަންޓް އެސެސްމަންޓްގެ ރެކޯޑްތަކަށް ބަލާއިރު، ފިލިޕީންސްގެ ދަރިވަރުންނަކީ ހިސާބު އިލްމާއި ސައެންސް، އަދި ކިޔުންތެރިކަމުގެ ހުނަރުގެ ރޮނގުން މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފެންވަރު ދަށް ދަރިވަރުންނެވެ. އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވަލޮޕްމަންޓް (އޯއީސީޑީ)ން ކުރިޔަށްގެންދާ މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 81 ގައުމަކުން ބައިވެރިވާއިރު، ފިލިޕީންސް ރޭންކިންގއަކީ 77ވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު