Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވޫޑް

"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި

ފިލްމުގައި ރާނީ ޕަދްމިނީ އާއި ގުޅޭގޮތުން ގެނެސްދީފައިވަނީ ދޮގު މައުލޫމާތު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ޖެނުއަރީ 2017 | ހޮނިހިރު 12:38
"ޕަދްމަވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިނގަނީ

"ޕަދްމަވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިނގަނީ

މަޝްހޫރު ފިލްމް ޑައިރެކްޓަރ ސަންޖޭލީލާ ބަންސާލީ އުފައްދަމުން އަންނަ ބޮލީވުޑް ފިލްމް "ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަ ނުޖެހުން ހިންގައި، އޭނާ އަށް ހަމަލާ ދީފިއެވެ.

ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބަންސާލީ އުފައްދަމުން އަންނަ މި ފިލްމުގެ ޝޫޓީންގައި ފލްމްގެ ކުރޫއާ އެކު ހުކުރު ދުވަހު ޖެއިޕޫރުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގައި، ފިލްމުގެ މސައްކަތް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ވިކްރަމް ސިންހަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެޕާޓީން މުޒާހަރާ ކުރަމުން ދަނީ ތާރީޚީ ގޮތުން ދޮގު މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.

އެންމެ ފުރަތަމަ ވެސް ބަންސާލީގެ މި ފިލްމަކީ ޗިޓޯރުގެ ރަސްކަލުން ރަތަންސޭންގެ އަނބިކަނބަލުން ރާނީ ޕަދްމިނީ ( ޕަދްމާވަތީ ) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަން ހާމަ ކުރުމާ އެކު ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ ޕާޓީން ވަނީ މި ފިލްމުގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ނަމަ ފިލްމް އެއްވެސް ތަނެއްގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ފުލުހުން ވަނީ ސެޓަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައެވެ. އަދި ބަންސާލީ އާއި "ޕަދްމާވަތީ"ގެ ޓީމަށް ފުލުހުން ސަލާމަތްތެރިކަން ދީފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި "ޕަދްމާވަތީ" ސެޓަށް ވަދެ ކާނި ސެނާ ޕާޓީގެ މެންބަރުން ވަނީ ފިލްމް ޝޫޓިންގައި ބޭނުންކުރަމުންދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑަތި ސާމާނުތައް ހަލާކުކޮށްފައެވެ. އަދި މުޒާހަރާ ކުރި މީހުންގެ ކިބައިން ބަންސާލީ ސަލާމަތް ކުރަން ފިލްމް ކުރޫއިން މަސައްކަތް ކުރި ނަމަވެސް ބަނަސާލީގެ ކަންފަތް މަތީގައި ޖަހާ ބޮލުގެ އިސްތަށިގަނޑަށް ދަމާ ތަން ވެސް އެވީޑިއޯއިން ފެނެއެވެ.

މިހަމަނުޖެހުން ހިންގިއިރު އެފިލްމުގައި ލީޑު ރޯލް އަދާކުރާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދް ކަޕޫރު އެވަގުތު ފިލްމް ސެޓްގައި ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓުން "ޕަދްމާވަތީ"ގެ ސެޓަށް ވަދެ ހަމަނުޖެހުން ހިންގި މި މައްސަލަ ބޮލީވޫޑްގެ ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

"ޕަދްމާވަތީ"އާއި މެދު ގޮތެއް ނިންމާނީ ސެންސަރު ބޯޑުން: އިންޑިއާގެ ސުޕްރީމް ކޯޓު

12 ނޮވެމްބަރު 2017
"ޕަދްމާވަތީ"އާއި މެދު ގޮތެއް ނިންމާނީ ސެންސަރު ބޯޑުން: އިންޑިއާގެ ސުޕްރީމް ކޯޓު
10 އޮކްޓޯބަރު 2017

"ޕަދްމާވަތީ" ޓްރެއިލާ: މިއަހަރު ނެރޭ އެންމެ މޮޅު ފިލްމަށް ވާނެ

10 އޮކްޓޯބަރު 2017
"ޕަދްމާވަތީ" ޓްރެއިލާ: މިއަހަރު ނެރޭ އެންމެ މޮޅު ފިލްމަށް ވާނެ
22 ސެޕްޓެމްބަރު 2017

"ޕަދްމާވަތީ" ޑިސެމްބަރު 1 ގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފި

22 ސެޕްޓެމްބަރު 2017
"ޕަދްމާވަތީ" ޑިސެމްބަރު 1 ގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފި
22 މާރިޗު 2017

"ޕަދްމާވަތީ" ރިލީޒް ކުރާ ތާރީޚަށް ބަދަލެއް ނާދޭ

22 މާރިޗު 2017
"ޕަދްމާވަތީ" ރިލީޒް ކުރާ ތާރީޚަށް ބަދަލެއް ނާދޭ
16 މާރިޗު 2017

"ޕަދްމާވަތީ" ގެ ސެޓްގައި އަލިފާން ރޯކޮށްލައިފި

16 މާރިޗު 2017
"ޕަދްމާވަތީ" ގެ ސެޓްގައި އަލިފާން ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު