Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ

ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފުރުވާލެވިފައި: އިމިގްރޭޝަން

6 މާރިޗު 2024 | ބުދަ 14:06

527 މީހުންނަކީ ރި-އިންޓަރގްރޭޝަން އޮޕަރޭޝަންގެ ދަށުން ފުރުވާލެނު ބިދޭސީން

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2024 | ބުދަ 14:06
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދ

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި މަސައްކަތުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީންގެ މައްސަލަ ބަލައި އެމީހުން ފުރުވާލާފައިވާކަމަށެވެ.

Advertisement - newsAdvertisement

އޭގެތެރެއިން 527 މީހުންނަކީ ރި-އިންޓަރގްރޭޝަން އޮޕަރޭޝަންގެ ދަށުން ފުރުވާލެނު ބިދޭސީން ކަމަށާއި, 290 މީހުންނަކީ ޑީޕޯޓު ކޮށްފައިވާ ބިދޭސީންކަމަށް ވިދާޅުވިއެވެ. އަދި އެތައް ދުވަހެއްގެ ހުއްޓުމަކަށްފަހު، މިފަދަ އޮޕަރޭޝަންތައް ހިންގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފުރުވާލުމުގައި މި ވޭތުވެދިޔަ 3 މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ޝަމްއާން ފާހަގަކުރެއްވިއެވެ.

މިހާތަނަށް ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، އެކިއެކި ކުށްތަކަށް އަރައިގަނެފައިވާ ބިދޭސީން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އަދި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން މި އޮޕަރޭޝަންތަކުގައި ވަނީ ޑީޕޯޓު ކުރެވިފައެވެ. ކުރިއަށް އޮތްތަނުގައި ވެސް 'ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ' އިން 'ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލައި މިހާތަނަށް ޖުމްލަ 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަދި އިމިގްރޭޝަންގެ އިންޓެލިޖެންސާއި ގުޅިގެން ވަނީ ޖުމްލަ 15 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމައު ރައްކާތެރިކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.  

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް