Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޓެކްނިކަލް ކަންކަން ނިންމާނީ ކޯޗު: ހެއްލާފީ

7 މާރިޗު 2024 | ބުރާސްފަތި 02:06

ހެއްލާފީ ވިދާޅުވީ ޓީމުގެ ކަންކަން ނިންމާނީ ކޯޗު ކަމަށާއި، ޕީއެސްޖީގެ ވެރިން ތިބޭނީ ކޯޗުގެ ފަހަތުގައި ކަަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2024 | ބުރާސްފަތި 02:06
ޕީއެސްޖީގެ ރައީސް ނާސިލް އެލް ހެއްލާފީ

ޕީއެސްޖީގެ ރައީސް ނާސިލް އެލް ހެއްލާފީ

ކުލަބުގެ ޓެކްނިކަލް ކަންކަން ނިންމާނީ ކޯޗު ކަަމަށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ރައީސް ނާސިލް އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޕީއެސްޖީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ހެއްލާފީ ވިދާޅުވީ ޓީމުގެ ކަންކަން ނިންމާނީ ކޯޗު ކަމަށާއި، ޕީއެސްޖީގެ ވެރިން ތިބޭނީ ކޯޗުގެ ފަހަތުގައި ކަަމަށެވެ. އަދި ޚާއްސަކޮށް ޓެކްނިކަލް އެންމެހައި ކަންކަމެއް ނިންމާނީ ކޯޗުކަމަށާއި، އެއީ އޭނާގެ އަތް މަތީގައި އޮންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެއްލާފީ މިހެން ވިދާޅުވެފައިވާއިރު، ފްރާންސް ލީގުގައި މިފަހުން ޕީއެސްޖީން ކުޅުނު މެޗުތަކުގައި އެންރީކޭ ވަނީ، ވަކި ހިސާބަކުން ކީލިއަން އެމްބާޕޭ ބަދަލުކޮށްފަ އެވެ. އެކަމާ ގުޅިގެން ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމްބާޕޭ ބަދަލު ކުރަން އެންރީކޭ ނިންމަނީ މި ސީޒަނަށްފަހު އޭނާ ކުލަަބު ދޫކޮށްލާތީ އެވެ. އަދި އެއީ ޕީއެސްޖީގެ އިސްވެރިންގެ އެންގުމަށް ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އެންރީކޭ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ބުނީ އެއީ ކުލަބުގެ މުސްތަޤުބަލަށް ވިސްނުމަށްފަހު ކުރާ ކަމެއް ކަމަށެވެ. އެގޮތުން، ޕީއެސްޖީގައި އަބަދު އެމްބާޕޭ ނުހުންނާނެ ކަަމަށާއި، އެމްބާޕޭ ނެތް ދުވަހަކަށް ވެސް ޕީއެސްޖީން ތައްޔާރުވާން ޖެހޭނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

އިތުރަށް ހެއްލާފީ ވިދާޅުވީ، އެމްބާޕޭ ކުލަބު ދޫކޮށްލުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް ކަމެއް ޔަގީން ކޮށްވެސް ނުދެވޭނެ ކަމަށެވެ. އަބަދު ވެސް ކުލަބުގެ ކަންކަމުގައި، ކުލަބުން މުއާމަލާތު ކުރާނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެމްބާޕޭ އަކީ ޕީއެސްޖީގެ އެއްބަސްވުމުގެ ދަށުގައި ހުރި ކުޅުންތެރިޔެއް ކަމަށެވެ. އެހެން ނަމަވެސް، ޕީއެސްޖީން އަންނަނީ މުސްތަޤުބަލެއް ބިނާ ކުރަން މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އެއާއެކު، އެމްބާޕޭ ވަނީ އެއްބަސްވުން އައު ނުކޮށް، ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެކަން އޭނާ ޕީއެސްޖީ އަށް ވެސް އަންގާފައިވާއިރު، އެމްބާޕޭ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް