Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

އެންމެ ކުޑަ އަމާޒު ހާސިލުވެއްޖެ: ޓުޗެލް

ކުރިއަށް އިތުރު ފިޔަވަޅެއް އެޅުމަށްޓަކައި، ގިނަ މަސައްކަތްތަކެއްކޮށް، ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މާރިޗު 2024 | ބުދަ 06:58
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކަށް، އެ ޓީމުން ކަނޑައެޅި އެންމެ ކުޑަ އަމާޒު ހާސިލުވެއްޖެ ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި، އަމިއްލަ ދަނޑުގައި ލާޒިއޯ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ފުރަތަމަ ލެގުގައި 1-0 އިން ބަޔާން ބަލިވެފައި އޮތަސް، ދެ ވަނަ ލެގު 3-0 އިން އެ ޓީމު ވަނީ ކާމިޔާބު ކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ޗެމްޕިއަންސް ލީގަށް ބަޔާނުން ކަނޑަ އެޅި އެންމެ ކުޑަ އަމާޒަށް ވާސިލްވެވިއްޖެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ބަޔާނަށް ލިބުނު ލިބުމަށެވެ. އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަން ހާސިލުވުމުން އުފާވާާ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ، ދެން ކުރަން އޮތް މަސައްކަތަކީ ހިތްވަރާއެކު ކުރިއަށް އޮތް ތަނަށް މަސައްކަތް ކުރުން ކަމަށެވެ. ކުރިއަށް އިތުރު ފިޔަވަޅެއް އެޅުމަށްޓަކައި، ގިނަ މަސައްކަތްތަކެއްކޮށް، ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން އެކަންކަމާއެކު، ޓީމެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ހަމައެހެންމެ މެޗުގެ ކުރިން ޓީމަށް އިރުޝާދު ދިން ވަގުތު، އެއްޗެއްގައި ޖެހި ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ އިނގިއްޔަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމުގެ އިސްވެރިން ތިބީ އެކަމާ ނުތަނަވަސްވެފަ އެވެ. ބަޔާންގެ އިސްވެރިންނާ ޓުޗެލްއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ޓުޗެލް ވަނީ މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. ނަމަވެސް އޭނާ ބުނީ، ސީޒަން ނިމެންދެން ބަޔާނަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ޗެމްޕިއަންޝިޕް: ފުލިދޫ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް: ފުލިދޫ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފި

26 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު