Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަޔަކު އިސްރާއީލަށް ޖާސޫސް ކޮށްދިނުން

އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑަށް މައުލޫމާތު ވިއްކަން އުޅުނު އިތުރު 7 މީހަކު ތުރުކީން ހައްޔަރުކޮށްފި

5 މާރިޗު 2024 | އަންގާރަ 12:50

ގިނަ މީހުންގެ މައްޗަށް އުފުލާފައިވަނީ އިސްރާއީލުގެ އިންޓެލިޖެންސަށް ސިޔާސީ ނުވަތަ އަސްކަރީ ޖާސޫސްކޮދިނުމުގެ ދައުވާ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 5 މާރިޗު 2024 | އަންގާރަ 12:50
ތުރުކީގެ ފުލުހުން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

ތުރުކީގެ ފުލުހުން ހަތިޔާރާއެކު ހަރަކާތްތެރިވަނީ

އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑަށް މައުލޫމާތު ވިއްކަން އުޅުނު އިތުރު 7 މީހަކު ތުރުކީން ހައްޔަރުކޮށްފިއެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް މައުލޫމާތު ވިއްކާކަމަށް ތުހުމަތުކުރެވޭ އިތުރު ހަތް މީހަކު ތުރުކީ ފުލުހުން އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވާއިރު، މިއީ ތުރުކީގައި މިފަދަ ބަޔަކު ހައްޔަރުކުރި އެންމެ ފަހުގެ ހާދިސާ ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިސްތަންބޫލްގައި އެއްފަހަރައި ހިންގި އޮޕަރޭޝަންތަކުގައި ކަމަށް، މިނިސްޓަރު އަލީ ޔަރްލިކާޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިންޓީރިއާ ވިދާޅުވިއެވެ. މި އޮޕަރޭޝަންތަކަކީ ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.

ހައްޔަރުކުރި މީހުންނަކީ ތުރުކީގެ ވަކިވަކި ފަރުދުންނާއި ކުންފުނިތަކުގެ މައުލޫމާތު އެއްކޮށް، އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ޔަރްލިކާޔާ ވިދާޅުވިއެވެ. އަދި ގައުމުގެ ބޯޑަރުތަކުގެ ތެރޭގައި ޖާސޫސީ ހަރަކާތްތައް ހިންގުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި މީހުންނަށް އެއްވެސް ދައުވާއެއް މިހާތަނަށް އުފުލާފައިވާކަމެއް، ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހު ވެސް އެފަދަ ތުހުމަތުގައި (ޕްރައިވެޓް ޖާސޫސުން ހިމެނޭ ގޮތަށް) އިތުރު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޖެނުއަރީ މަހުގެ ކުރީކޮޅު ވެސް އިސްރާއީލަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ތުރުކީ ފުލުހުން ވަނީ 34 މީހަކު ހިފަހައްޓާފައެވެ.

މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި މީހުންގެ ތެރޭގައި؛ ތުރުކީގައި ދިރިއުޅޭ ބިދޭސީންނާ ދިމާކުރުމާއި، މާރާމާރީ ހިންގުމާއި، ކިޑްނެޕްކުރުން ފަދަ ހަރަކާތްތައް ހިންގުމަށް ރާވާފައިވާކަމުގެ ތުހުމަތު ކުރެވޭ މީހުން ހިމެނެއެވެ.

އޭރުގެ ޖަސްޓިސް މިނިސްޓަރު ޔިލްމާޒް ޓުންކް ވިދާޅުވީ، ތުހުމަތުކުރެވޭ ގިނަ މީހުންގެ މައްޗަށް އުފުލާފައިވަނީ އިސްރާއީލުގެ އިންޓެލިޖެންސަށް ސިޔާސީ ނުވަތަ އަސްކަރީ ޖާސޫސް ކޮށްދިނުމުގެ ދައުވާއެވެ.

ނަން ހާމަނުކުރާ ސަލާމަތީ އޮފިޝަލުންނާ ހަވާލާދީ އަނަޑޯލޫ ނިއުސް އެޖެންސީން ބުނީ, އަންގާރަ ދުވަހު ހައްޔަރުކުރި މީހުންގެ ތެރޭގައި ސާބިއާގެ ބެލްގްރޭޑްގައި މޮސާޑުން ތަމްރީނު ދިން ކަމަށް ތުހުމަތުކުރެވޭ ޕްރައިވެޓް ޑިޓެކްޓިވްއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކުރީގެ ސިވިލް ސަރވަންޓެއް ވެސް ހިމެނޭ ކަމަށެވެ. އޭނާ މެދުއިރުމަތީގެ ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތު އެއްކޮށް، އިސްރާއީލުގެ އިންޓެލިޖެންސަށް ފާރަލާ މީހުންގެ ވެހިކަލްތަކުގައި ޓްރެކިން ޑިވައިސްތައް ވެސް ބަހައްޓާފައިވާކަމަށް އަނަޑޯލޫ ވިދާޅުވިއެވެ.

ތުރުކީއާއި އިސްރާއީލުގެ ގުޅުން އަލުން ގާއީމުކުރީ އެތައް އަހަރެއް ވަންދެން އުފެދުނު ނުތަނަވަސްކަމަށްފަހު އަލުން ސަފީރުން އައްޔަންކޮށް، 2022 ވަނަ އަހަރުއެވެ. ނަމަވެސް އިސްރާއީލާއި ހަމާސްގެ ހަނގުރާމައަށްފަހު އެ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ، އަންކާރާ ވެގެން ދިޔައީ ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ތަނަށެވެ.

މިދިޔަ ޑިސެމްބަރު މަހު އިސްރާއީލުގެ ޝިން ބެޓް ސެކިއުރިޓީ އެޖެންސީގެ ވެރިޔާ ވިދާޅުވީ ލުބްނާން، ތުރުކީއާއި ގަތަރު ހިމެނޭ ގޮތުން، ކޮންމެ ތަނެއްގައި ވެސް ހަނގުރާމަވެރި ހަމާސް ޖަމާއަތަށް ހަމަލާދިނުމަށް އޭނާގެ ގައުމުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ތުރުކީގެ ބިމުގައި ހަމާސްގެ އޮފިޝަލުންނަށް ހަމަލާދޭނެކަމުގެ އިންޒާރު އިސްރާއީލުން ދީފިނަމަ އެކަމުގެ ނުރައްކާތެރި ނަތީޖާ އިސްރާއީލަށް އަންނާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
18 މެއި 2017

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
16 މެއި 2017

ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

16 މެއި 2017
ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް