Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެމްބާޕޭއާ ގުޅުން ހުރި ސުވާލުތަކަށް އެންރީކޭގެ ފިނި ޖަވާބުތަކެއް!

ނޫސްވެރިންނަށް ބޭނުން ސުވާލެއް ކުރެވޭނެ، ޖަވާބު ދޭ މީހާ ބޭނުން ޖަވާބެއް ދެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 09:04
ޮީޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޮީޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް، އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ފިނި ޖަވާބުތަކެއް ދީފި އެވެ.

ޕީއެސްޖީގައި މިހާތަނަށް އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ހުރި އެމްބާޕޭ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ޕީއެސްޖީން އޭނާގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެމްބާޕޭ ވަނީ އެއްބަސްވުން އައު ނުކުރަން ނިންމައިފަ އެވެ. އެކަން އޭނާ އެ ކުލަބުގެ ވެރިންނަށް ވެސް އެންގި އެވެ. އަދި މިހާރު އެމްބާާޕޭ މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީން ސްޕެއިންގެ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެމްބާޕޭއާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެގޮތުން ި ފަހަކަށް އައިސް ބައެއް މެޗުތަކުގެ ވަކި ހިސާބަކުން، އެންރީކޭ އެމްބާޕޭ ބަދަލު ކުރާތީ އެ ސުވާލު އަމާޒު ކުރި އެވެ. އަދި އެމްބާޕޭއާ ގުޅޭ އެހާ ގިނަ ސުވާލުތަކެއް ކުރިމަތިވާއިރު، އެންރީކޭ އެކަން ހިފަހައްޓަނީ ކިހިނެއްތޯ ވެސް ސުވާލު ކުރި އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެކަން އޭނާ ހިފަހައްޓަނީ އޭނާ އަށް ވެސް ފަސޭހަ ވާނެ ގޮތަށް ކަމަށެވެ. ޚާއްސަކޮށް ނޫސްވެެރިންނަށް އެމީހުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އޮންނާނެލަމަށް އެންރީކޭ ބުންޏެވެ. އެހެންކަމުން، ޖަވާބު ދޭން ހުންނަ މީހާ އަށް ވެސް، އެމީހަކު ބޭނުން ޖަވާބެއް ދެވޭނެ ކަމުގައި ވެސް އެންރީކޭ ބުންޏެވެ. އެކަން ފާހަގަކޮށް އެންރީކޭ ބުނީ، އޭނާ ޤަބޫލު ކުރާ ހަމައަކީ އެއީ ކަމަށެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ނިންމާ ވާހަކަ އެންގުމުން، ޕީއެސްޖީގެ ވެރިން ވެސް ވަނީ އޭނާގެ ނިންމުމަށް އިޙުތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ. މި ފަހުން ޕީއެސްޖީން ކުޅުނު މެޗުތަކުގެ ވަކި ހިސާބަކުން އެމްބާޕޭ ބަދަލު ކޮށްފައިވާއިރު، އެންރީކޭ ބުނީ އެއީ އެމްބާޕޭ އަށް އިޙުތިރާމް ކުޑަ ކުރަން ކުރާ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ، ޕީއެސްޖީން ވެސް އެމްބާޕޭ ނެތް ޙާލަތަކަށް ތައްޔާރުވާން ޖެހޭ ކަމަށާއި، އަބަދު އެމްބާޕޭ ކުލަބުގައި ނުހުންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު