Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެލްޖީއޭ

ރައީސްގެ ނުފޫޒު އެލްޖީއޭ އަށް، މިއީ ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ ބޮޅެއް!

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 05:33
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް އިންތިޚާބު ކުރަން ފެށި ފަހުން، އަބަދު ވެސް ކައުންސިލްތަކަށް ދަތި އުނދަގޫ ދުވަސްވަރަކާ ކުރިމަތިލާން ޖެހެ އެވެ. އެއީ އެ ނިޒާމަށް އަހުލުވެރި ނުވާ، އެ ނިޒާމު ނުދަންނަ ނުވަތަ އެހެން ގޮތަކަށް ބުނާ ނަމަ އެ ނިޒާމު ޤަބޫލުނުކުރާ ބަޔަކު ރާއްޖޭގެ ވެރިކަމާ ހަވާލުވާ ދުވަސްވަރެވެ. ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ކުރިއަށް ގެންދިޔަ ބަޔަކީ، މިއަދު އިދިކޮޅުގައި އޮތް، އެމްޑީޕީއޭ ވެސް ދެންނެވިދާނެ އެވެ. އެއާ ޚިލާފަށް، މިއަދު ވެރިކަމުގައި އޮތް ޕީޕީއެމް ނުވަތަ ޕީއެންސީ ފިކުރަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު، ފެންނަނީ ލާމަރުކަޒީ ނިޒާމު ފުނޑާލަން މަސައްކަތް ކުރާ މަންޒަރެވެ.

މާޒީ އަށް ބަލާއިރު، 2013 އިން 2018 އަށް އޮތް ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ވަނީ ނުހަނު ދުއްތުރާ ކޮށްފަ އެވެ. ސަރުކާރުގެ ސީދާ ބާރު ކައުންސިލްތަކުގެ މައްޗަށް ފޯރުވައި، ކައުންސިލްތަކުގެ ބާރު ކަނޑުވާލި އެވެ. ސިޓީތަކާއި، ރަށް ރަށުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން ސަސްޕެންޑުކޮށް، ޖޫރިމަނާ ކުރުމުގެ ކަޅު ދުވަސްތަކެއް ފެނުނެވެ. މުސާރަ ނުލިބޭ ގޮތަށް، ދިގު މުއްދަތަކަށް ކައުންސިލަރުން ސަސްޕެންޑު ކޮށްފައި ބޭތިއްބިއިރު، މާލޭ ސިޓީ ކައުންސިލަށް ހަދާލި ގޮތް ހަނދާނުން ފޮހެވިގެންދާހާ ދުވަހެއް އަދި ނުވެ އެވެ.

އޭރުގެ ސަރުކާރުން ކައުންސިލްތަކަށް ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލަށް ކުރި އެންމެހައި ދުށްތުރާލެއްގެ މުގުލުގައި ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރެވެ. އަދި މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އޭރު، މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ޒިންމާތަކެއް ބަދަލު ކުރީ، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށެވެ. ކައުންސިލް ހިންގާނެ ޖާގައެއް ނުދީ ހިފަހައްޓާލިއިރު، އެކަމަށް އެންމެ ބޮޑަށް ވާގިވެރިވެވަޑައިގެންނެވީ އޭރުގެ ހައުސިން މިނިސްޓަރު މުޢިއްޒު އެވެ. ކައުންސިލަރުންނަށް ދަތިކުރެއްވުމުގެ އެތައް ޖަރީމާއެއް ހިންގެވި އެވެ.

އޭގެ ފަހުން އަނެއްކާ ވެސް 2018 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް ވުޖޫދުވުމާއެކު، ކައުންސިލްތަކަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ވަރު ވިޔެވެ. އެމްޑީޕީގެ އެ ސަރުކާރުގައި ވަނީ، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް، ކައުންސިލްތަކަކީ ބާރުވެރި ބަޔަކަށް ހަދައިފަ އެވެ. އަމިއްލަ ފައި މަައްޗަށް ތެދުވެ، ރައްޔިިތުންނަށް ފުރިހަމަ ޚިދުމަތެއް ދެވޭނެ ބަޔަކަށް ހެދީ، ޤާނޫނުން ބާރުވެރިކަން ދީގެންނެވެ. އެމްޑީޕީ ނުވަތަ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލެއް ނަމަވެސް، ސަރުކާރުން ގެންދިޔައީ އެމީހުންގެ މިނިވަންކަންމަތީ މަސައްކަތް ކުރުމުގެ ފުރުސަތު ދެމުންނެވެ. އެ ފަސް އަހަރުގެ ތެރޭގައި ސަސްޕެންޑުކޮށް، ޖޫރިމަނާ ކުރި ހަމަ އެންމެ ކައުންސިލެއް ވެސް ނުވަތަ ކައުންސިލަރެއް ވެސް ނެތެވެ.

އަނެއްކާ ވެސް ޕީޕީއެމް ފިކުރުގެ ވެރިކަމެއް ވުޖޫދުވެފައި އޮތްއިރު، ރައީސަކަށް ހުންނެވީ މީގެ ކުރިން ކައުންސިލްތަކަށް "އަހުވަ" ދައްކާލި ވަޒީރު އެވެ. މިއަދު އަނެއްކާ ވެސް ފެންނަމުން މި ދަނީ، ސަރުކާރުން ކައުންސިލްތައް ތަޅުއަޅުވަން މަސައްކަަތް ކުރަމުން އަންނަ މަންޒަރެވެ. ދާދި ފަހުން ނ.އަތޮޅު ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނާ ގުޅިގެން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ، ކައުންސިލްގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްފަ އެވެ.

ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރެފައި ވަނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުން އެންގި އެންގުންތަކާ އެއްގޮތަށް އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވަނިކޮށް، އެ ދަތުރުފުޅުގައި ބޭއްވެވި ޖަލްސާގައި ރައީސް އަދި ސަރުކާރުގެ ވަޒީރުން، މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެލްޖީއޭގެ ސީއީއޯ ޑރ.މަރިޔަމް ޒުލްފާ ސޮއިކުރައްވާ އެ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ، ސަރުކާރުގެ އޮފީސްތަކުން ހިންގާ ހަރަކާތްތަކާއި ދެކޮޅަށް އަދި ޚާއްސަކޮށް، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެނުންތަކާ ދެކޮޅަށް ކައުންސިލުތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލުތަކަށް ލިބިދީފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 131.3 ވަނަ މާއްދާގެ (ނ) ގައި، ޤާނޫނު އަސާސީން ދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގާފައިވާއިރު، ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނުން ރައީސް މުއިއްޒުގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބަޔާން ބާތިލް ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅިގެން ދާދި ފަހުން ޒުލްފާ ވިދާޅުވެފައި ވަނީ، އެ ކައުންސިލުން ބަޔާން ނެރުމާއެކު، ރައީސް ޑޮކްޓަރު މުޢިއްޒު އަށް އެކަމަނާ ގުޅުއްވި ކަމަށެވެ. އަދި ބަޔާނާ ގުޅިގެން ދެއްވަން ބޭނުންފުޅުވާ ރައްދެއް އޮތްތޯ ވެސް އައްސަވާފައިވާނެ ކަމަށް ޒުލްފާ ވިދާޅުވި އެވެ. ހަޤީޤަތަށް ދަންނަވާނަމަ، މިއީ ސީރިއަސް ކަމެކެވެ. އެލްޖީއޭ އަކީ މިނިވަންކަމާއެކު މަސައްކަތް ކުރާ އިދާރާ އަކަށްވީ ހިނދު، އެލްޖީއޭގެ ސީއީއޯ ރައީސަށް ގުޅުއްވައި އެކަމުގައި ދެއްވާނެ ރައްދެއް އޮތްތޯ ކޮންމެހެން އައްސަވަން ޖެހޭ ހެއްޔެވެ؟ އެހެން ގޮތަކަށް ދަންނަވާނަމަ، މިއީ ރައީސްގެ ނުފޫޒު އެލްޖީއޭ އަށް ފޯރުވުން ކަމަށް ވެސް ބުނެވިދާނެ އެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މާޒީން ބުނެދެނީ އެ ވާހަކަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު