Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

ހުވަފަތްވީ މާބަނޑު ޙާލުގަ... ކެކްޓަސް ކޮޅެއް ނޫނީ ކާނެ އެއްޗެއްނެތް: އިންސާނީ ޙައްޤޭ ގޮވި މީހުން މިއަދު ކޮބާ؟

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ އައްޑަނައިގެ ނިވަލުގައި އޮވެގެން އިޒްރޭލުން ދަނީ ޣައްޒާއަށް ބޭނުންވާ ޛަރޫރީ ތަކެތީގެ ސަޕްލައިއަށްވެސް ހުރަސް އަޅަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 މާރިޗު 2024 | ހޯމަ 11:44
ބަނޑުހައިހޫނުކަމަށް ކެތް ނުކުރެވިގެން ބައެއް މީހުން މިހާރު ވަނީ އޭތިމީތި ކާން ފަށާފަ

ބަނޑުހައިހޫނުކަމަށް ކެތް ނުކުރެވިގެން ބައެއް މީހުން މިހާރު ވަނީ އޭތިމީތި ކާން ފަށާފަ

ފަލަސްޠީނުގެ ޣައްޒާގައި ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާ ވަރުގަދަ ޤަތުލުޢާންމާއި ނަސްލު ދޮވެލުމުގެ ހަނގުރާމައިގެ ޖަރީމާތަކަށް 5 މަސް ވާން ގާތް ވެފައި ވާ އިރު، މުޅި ޣައްޒާއަށް ފެތުރިފައި އޮތް ބަނޑުހައިހޫނުކަމުގެ ބަލިމަޑުކަމުގެ ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދާ އިރު، އެހާމެ ގިނަ މީހުން ތިބީ އިންތިހާ ހައިހޫނު ކަމުގެ ޙާލަތުގައި ބަނޑަށްޖެހުމުގެ ތުންފަތްމަތީގައެވެ. ހަނގުރާމައިގެ މައިދާނުގައި ދުވާލެއްގެ 24 ގަޑިއިރު ފާއިތުވެގެން ދާއިރު ކާލާނެ އެއްޗެއް ނުލިބޭތާ، ތާހިރު ފެންފޮދެއްގެ މިންވަރުވެސް ނުލިބޭ މީހުންގެ ޢަދަދު އިންތިހާއެވެ. ކުޑައެއް ބޮޑެއް ތަފާތެއް ނެތެވެ.

ޢުމުރުން އެންމެ 8 އަހަރުގެ ސިރާޖު ޝިހާދާ ކިޔައިދިން ގޮތުގައި، ޣައްޒާގެ މެދު ތެރޭ އަވަށެއް ކަމަށް ވާ ދީރް އަލް-ބަލާޙަށް ބޮޑު ދައިތައާއިއެކު ބަދަލުވުމާ ހަމައަށް، އޭނާއާއި އޭނާގެ 2 ބޭބެވެސް ކައި އުޅުނީ ކޮންމެ 2 ދުވަހަކުންނެވެ. ސިރާޖްގެ ޢާއިލާ ނިސްބަތް ވަނީ ޤަތުލުޢާންމުގެ ކުރީކޮޅު، ޙަމަލާތައް އެންމެ ވަރުގަދަ ކުރި އުތުރުގެ ޣައްޒާ ސިޓީއަށެވެ. އެ ސަރަޙައްދު ދޫކޮށް، އަލް-އަޤްޞާ މާޓިޔަރޒް ހޮސްޕިޓަލު ސަރަޙައްދަށް ބަދަލުވީ، ބޮޑުދައިތައާއެކު، ވަގުތީ ކޭމްޕަކަށެވެ. ރެފިއުޖީންގެ ގޮތުގައެވެ.

ސިރާޖުގެ 2 ބޭބެއަކީވެސް ޢުމުރުން މާ ދޮށީ ބައެއް ނޫނެވެ. އެންމެ ދޮށީ ކުއްޖަކީ 11 އަހަރުގެ ޞާދްއެވެ. މެދަށް ހުންނަނީ 9 އަހަރުގެ އިސްމާޢީލްއެވެ. 3 ބެއިންގެ މަންމައާއި އިތުރު ބޭބެއެއް މި ދުނިޔެއާ ވަކިވެ ދިޔައީ އިޒްރޭލުގެ ޤަތުލުޢާންމުގައެވެ. ވަގުތީ ކޭމްޕުގައި ދިރިއުޅޭ ބޮޑުދައިތައަކީ މާބަނޑު މީހެކެވެ. ޣައްޒާގެ އުތުރުގައި މަޑުކުރީ 3 ބެއިންގެ ބައްޕައާއި މާމައެވެ.

ކައި އުޅެނީ ކޮންމެ 2 ދުވަހަކުންނޭ ބުނި ކަމުގައި ވިޔަސް، އެ ވަރުންވެސް ކާން ލިބެނީ ކޮން އެއްޗެއްކަން ވިސްނާލެވުނުތޯއެވެ؟ ޞާދް ކިޔައި ދިން ގޮތުގައި، އެ ކުދިންނަށް ކާން ލިބުނީ ދޫނި ކާން ތައްޔަރުކޮށްފައި ހުންނަ ގޮވާމުން ހަދާފައި ހުންނަ ޕާނެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ އައްޑަނައިގެ ނިވަލުގައި އޮވެގެން އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމާ ދިމާކޮށް، އިޒްރޭލުން ދަނީ ޣައްޒާއަށް ބޭނުންވާ ޛަރޫރީ ތަކެތީގެ ސަޕްލައިއަށްވެސް ހުރަސް އަޅަމުންނެވެ. އެންމެ ކުޑަ މިނުން، ގޮދަން ފުށް ކޮޅެއްވެސް މިހާރު ނުލިބެޔޭ ދެންނެވިދާނެއެވެ. އިންތިހާ ބަނޑުހައި ހޫނު ކަން ފެތުރިފައި ވާ އިރު، ބާޒާރުން ލިބެން ހުރި މަދު ކާބޯތަކެތީގެ އަގުތައް އުޅެނީ އެހާ މަތީގައެވެ. ޣައްޒާގެ ރަށްވެހިންނަށް މަޖުބޫރުވީ ބާރްލީއާއި ރޯ ޒުވާރި އޮށް މުގުރާ، ފުށަށް ހަދައިގެން އެ ބޭނުން ކުރާށެވެ. އަނެއް ބަޔަކަށް މަޖުބޫރުވީ، ޙައިވާނުތަކަށް ޚާއްޞަކޮށްފައި ވާ އެއްޗެހި ކެއުމަށެވެ.

ޤަތުލުޢާންމުގެ ތެރޭގައި ހުވަފަތްވެފައި އިން މާބަނޑު ބޮޑުދައިތަ، އީމާން ޝިހާދާގެ ވާހަކަތަކުންވެސް އިވެނީ ހާސް ކަމާއި ނުތަނަވަސްކަމުގެ އަޑެވެ.

ޤަތުލުޢާންމުގެ ކުރިން ޣައްޒާގައި ކާބޯތަކެތި ލިބެން ހުރި މިންވަރާ އަޅާ ބަލާއިރު، މިހާރު އެ ރަށުގައި އެންމެ އެތިފުކެއްގެ މިންވަރުވެސް ނެތެވެ. އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ޣައްޒާގެ ރަށްވެހިންނަށް ބަލައިލުމުން އެކަނިވެސް، އެ މީހުން ބަނޑަށްޖެހިފައި ވާ މިންވަރު ހާމަވެއެވެ. ވަކިން ޚާއްޞަކޮށް، އުތުރުގެ ސަރަޙައްދުތަކުގައެވެ.

ބަނޑުހައިހޫނުކަމަށް ކެތް ނުކުރެވިގެން ބައެއް މީހުން މިހާރު ވަނީ އޭތިމީތި ކާން ފަށާފައެވެ. އޭގެ ތެރޭގައި ކެކްޓަސް ގަހުގެ ފަތްވެސް ހިމެނެއެވެ. ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތުމުގެ ސަބަބުން، މައިގަނޑު ކެއުމަކަށްވެސް ވެފައި އޮތީ ކެކްޓަސް ގަހުގެ ފަތް ކަމަށް އެމީހުން ބުނެއެވެ.

ޤަތުލުޢާންމުގައި ގެދޮރު ގެއްލިފައި ވާ މަރްވާން އަލް-އަވާދިޔާ ބުނި ގޮތުގައި އެނާގެ ޢާއިލާ ކެކްޓަސް ކާން ފެށީ އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

ފެބުރުއަރީ 27 ވަނަ ދުވަހު، އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އދގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޣައްޒާގެ ޢާބާދީގެ 4 ބައިކުޅަ 1 ބައި މީހުންނާއި އިންތިހާ ބަނޑަށްޖެހުމާ ދެމެދު އޮތީ ހަމަ އެންމެ ފިޔަވަޅެކެވެ. މަސައްކަތްތަކެއް ނުކޮށްފިނަމަ، އެއަށްވުރެވެސް އިތުރު ބަޔަކު ބަނޑަށް ޖެހުމުގެ ފުރުޞަތު އެބަ އޮތް ކަމުގެ އިންޒާރުވެސް އޮފިޝަލު ވަނީ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2021

ވިސާ ކިޔޫގެ ކޮޅެއް ނުފެނުނު

21 ސެޕްޓެމްބަރު 2021
ވިސާ ކިޔޫގެ ކޮޅެއް ނުފެނުނު
18 ޖުލައި 2021

ކޮވިޑުން މާބަނޑު މީހުންނާއި ދަރިފުޅަށް އަސަރުކުރޭތަ؟

18 ޖުލައި 2021
ކޮވިޑުން މާބަނޑު މީހުންނާއި ދަރިފުޅަށް އަސަރުކުރޭތަ؟
17 ފެބުރުއަރީ 2021

އިދިކޮޅު މުޒާހަރާއަށް ދަނީ ދާ ހިތަކުން ނޫން، އެތިކޮޅެއް ލިބޭތީ!

17 ފެބުރުއަރީ 2021
އިދިކޮޅު މުޒާހަރާއަށް ދަނީ ދާ ހިތަކުން ނޫން، އެތިކޮޅެއް ލިބޭތީ!
26 ނޮވެމްބަރު 2019

ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު: އެހީ ހޯދުމަށްދާނެ ކޮޅެއް ނޭނގި ގޮތްހުސްވެފައި!

26 ނޮވެމްބަރު 2019
ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު: އެހީ ހޯދުމަށްދާނެ ކޮޅެއް ނޭނގި ގޮތްހުސްވެފައި!
18 ސެޕްޓެމްބަރު 2019

ނުގަވައިދުން އުޅޭ ބިދޭސީންނަށް ޒައިތޫނި ފަތްކޮޅެއް: މައްސަލަ ހައްލުވާނެބާ؟

18 ސެޕްޓެމްބަރު 2019
ނުގަވައިދުން އުޅޭ ބިދޭސީންނަށް ޒައިތޫނި ފަތްކޮޅެއް: މައްސަލަ ހައްލުވާނެބާ؟
29 ޑިސެމްބަރު 2018

އެއްމާބަނޑު ދެ ދަރިންނަށް ބަލިވެއިން އަންހެނެއްގެ މަރާ އެކު ސިހުމެއް!

29 ޑިސެމްބަރު 2018
އެއްމާބަނޑު ދެ ދަރިންނަށް ބަލިވެއިން އަންހެނެއްގެ މަރާ އެކު ސިހުމެއް!
07 ސެޕްޓެމްބަރު 2017

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

07 ސެޕްޓެމްބަރު 2017
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 
22 ޖުލައި 2017

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!
19 ޖޫން 2017

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު