Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ކުލަބު ކުރިއަރުވަން ބޭނުންވާ މީހުން ތިބުމަކީ މުހިންމު ކަމެއް: ކަސެމީރޯ

ކަސެމީރޯ ބުނީ، ކުލަބުގެ އައު ވެރިން ބޭނުން ވަނީ އުންމީދީ ޕްލޭންތަކެއް ހަދުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2024 | އަންގާރަ 00:57
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ

މެންޗެސްޓަރ ޔުނައިޓެޑު ކުރިއަރުވަން ބޭނުންވާ މީހުން ކުލަބުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ މެންޗެސްޓަރ ޔުނައިޓެޑުގެ އައު ވެރިޔާ، އިނގިރޭސިވިލާތުގެ މަހުޖަނު ޖިމް ރެޓްކްލިފްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ކަސެމީރޯ އެ ވާހަކަ ދެއްކީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިން ވަނީ ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފަ އެވެ. އެއާއެކު، ޔުނައިޓެޑާ ގުޅުން ހުރި އެންމެހައި ކަންކަމުގައި ބަސް ބުނުމުގެ ބާރު ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ. ރެޓްކްލިފް ވަނީ ޔުނައިޓެޑާއެކު ކުރިއަށް ދާން ބޭނުންވާ ގޮތުގެ ޕްލޭންތަކެއް ހަދައި، މަސައްކަތް ކުރާނެ ގޮތްތަކެއް ވެސް އެކުލަވާލައިފަ އެވެ.

ރެޓްކްލިފްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަސެމީރޯ ބުނީ، ކުލަބުގެ އައު ވެރިން ބޭނުން ވަނީ އުންމީދީ ޕްލޭންތަކެއް ހަދުން ކަމަށެވެ. އަދި އޭނާގެ އުންމީދަކީ ކުލަބުގެ އައު ވެރިން، ކުލަބުގެ ކުޅުންތެރިންނާއެކު ކުރިއަށް ދިޔުމަށް އެންމެހައި މަސައްކަތް ކުރުން ކަމަށް ވެސް ކަސެމީރޯ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ކުލަބުގައި ތިބެން ޖެހޭނީ ކުލަބު ކުރިއަރުވަން ބޭނުންވާ މީހުން ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިން ޔުނައިޓެޑުގެ ހިއްސާ ގަނެފައިވާއިރު، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ވެސް ވަނީ އެކަމާ އެއްކޮޅަށް ވާހަކަ ދައްކައިފަ އެވެ. ޓެން ހާގް ބުނެފައި އޮތީ ރެޓްކްލިފް އަކީ ޔުނައިޓެޑަށް އެންމެ އެކަށީގެންވާ މީހާ ކަމަށާއި، ކުލަބާއެކު ކުރިއަށް ދާން އައު ވެރިންގެ ޕްލޭންތަކަކާއި، އުންމީދުތަކެއް އޮތް ކަމަށެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހުރުމަށްފަހު، އޭނާ ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑަށް ބަދަލުވެ އެ ޓީމުގައި ވެސް ކަސެމީރޯ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ އަކީ އެ ޓީމުގައި މުހިންމު ކުޅުންތެރިޔެކެވެ. ކަސެމީރޯ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 71 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ
26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
11 އެޕްރީލު 2017

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު