Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ކުޅުންތެރިންނާ ދިމާނުކޮށް، އަހަރެންނާ ދިމާ ކުރޭ: ޕޮޗެޓީނޯ

އޭނާ ބުނީ ސަޕޯޓަރުން އަޑު ގަދަކޮށް، ޓީމާ ދިމާކޮށްލުމުގައި ދެމި ތިއްބަސް، އޭނާ ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 00:06
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ކުޅުންތެރިންނާ ދިމާ ކުރުމުގެ ބަދަލުގައި، އޭނާއާ ދިމާ ކުރަން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެދިއްޖެ އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު އެއްވަރުވުމުން، އެ ޓީމުގެ ސަޕޯޓަރުން އަޑު ގަދަކޮށް، ދިމާކޮށްލުމުންނެވެ. އެކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް ޕޮޗެޓީނޯ ބުނީ، ސަޕޯޓަރުންގެ އިޙުސާސްތައް އޭނާ އަށް އިނގޭ ކަމަށާއި، އެކަމާ ދެކޮޅަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ޕޮޗެޓީނޯ ބުނީ އެ މެޗުގައި ޗެލްސީގެ ކުޅުންތެރިން ދެއްކި ކުޅުމަކީ ރަނގަޅު ކުޅުމެއް ކަމަށެވެ. އެ މެޗުގައި ކުޅުންތެރިން މަސައްކަތްތަކެއް ކުރިކަމަށާއި، މޮޅުވާން މަސައްކަތް ކުރިކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި، ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ސަޕޯޓަރުން ބޭނުން ވަނީ އަޑު އަހަށް ކަމަށް ވަނީ ނަމަ، އެއީ ރަނގަޅު ގޮތެއް ކަމަށެވެ. ނަމަވެސް، ސަޕޯޓަރުން އަޑު އަހަން ބޭނުން ނުވާ ނަމަ، އޭނާ އަށް ކުރެވޭނީ ކޮން ކަމެއްތޯ އަހައި ޕޮޗެޓީނޯ ވަނީ ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ ސަޕޯޓަރުން އަޑު ގަދަކޮށް، ޓީމާ ދިމާކޮށްލުމުގައި ދެމި ތިއްބަސް، އޭނާ ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އިތުރަށް ޕޮޗެޓީނޯ ބުނީ ކުޅުންތެރިންނާ ދިމާކުރުމުގެ ބަދަލުގައި، އާނާއާ ދިމާ ކުރަން އެދޭ ކަމަށެވެ. ކުޅުންތެރިންނާ ދިމާ ކުރުމަށްވުރެ، އެގޮތް ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސަޕޯޓަރުން ކުޅުންތެރިން ކުށްވެރި ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. ކުޅުތެރިން ކުށްވެރި ކުރުމުގެ ބަދަލުގައި ޕޮޗެޓީނޯ އެދުނީ، އޭނާ ކުށްވެރި ކުރުމަށެވެ. އަދި ކުޅުންތެރިންނަށް ހަމަޖެހިލައިގެން ދަނޑު މަތީގައި ކުޅުމުގެ ފުރުސަތު ދިނުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.

މި ސީޒަންގައި ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، ޓީމުގެ ސަޕޯޓަރުންގެ ނުރުހުން ޕޮޗެޓީނޯ އަށް ވެސް، އަދި ޓީމަށް ވެސް އަމާޒުވެ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން ވަނީ 26 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ 10 މެޗުންނެވެ. 10 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ލިބުނު 36 ޕޮއިންޓާއެކު ޗެލްސީ އޮތީ ވެސް ލީގު ތާވަލްގެ 11 ވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލްހާ އީދާ ދިމާކޮށް ކުރެންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި

އަލްހާ އީދާ ދިމާކޮށް ކުރެންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި

02 ސެޕްޓެމްބަރު 2017
ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

09 އޯގަސްޓު 2017
ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

ޕެރިސިޗް ހޯދުމަށް އެއްވެސް ކްލަބަކުން ޝައުގުވެރިކަން ފާޅެއް ނުކުރޭ: އިންޓަގެ ކޯޗު

29 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

19 ޖޫން 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު