Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ވީއޭއެމްގެ އިންތިޚާބު މި މަހުގެ 15 ވަނަ ދުވަހު ބާއްވަނީ

ވީއޭއެމްގެ ރައީސްކަމުގެ މަޤާމު ހުސްވީ، ދާދި ފަހުން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމާ ގުޅިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2024 | ހޯމަ 05:10
2021 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގެ ތެރެއިން

2021 ވަނަ އަހަރު ބޭއްވި ވީއޭއެމުގެ އިންތިޚާބުގެ ތެރެއިން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިޚާބު، މި މަހުގެ 15 ވަނަ ދުވަހު ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ވީއޭއެމުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބަކީ، ވީއޭއެމްގެ ހިންގާ ކޮމެޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އެއީ ހުސްވެފައިވާ ވީއޭއެއެމްގެ ރައީސްކަމުގެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމު ހުސްވީ، ދާދި ފަހުން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވީއޭއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު، އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް އިންތިޚާބުވެފައިވާ މެންބަރުން، އައު ޢަސާސީ ޤަވާއިދުގެ ދަށުން އިންތިޚާބު ކުރަން ޖެހޭ މަޤާމުތަކަށް ހިޖުރަކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ، މިދިޔަ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ ޢާންމު ޖަލްސާގެ އިއްތިފާގުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ހިންގާ ޤަވާއިދުގެ (ޅ) ގައި ބަޔާން ކުރާ ގޮތުން، ވީއޭއެމްގެ މަޤާމަކުން މީހަކު އިސްތިއުފާ ދެއްވައިފި ނަމަ، ހަތް ދުވަހާއި، 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވަައި ދައުރުގެ ބާކީ ބަޔަށް މީހަކު އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. އެ މުއްދަތު ގުނަން ފަށާފައި ވަނީ މިދިޔަ މަހުގެ 19 އިން ކަމަށް ވެސް ވީއޭއެމުން ވަނީ ބުނެފަ އެވެ.

ދާދި ފަހުން ވަނީ ވީއޭއެމްގެ އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފަ އެވެ. މިދިޔަ މަހުގެ ތެރޭގައި ވީއޭއެމުން ވަނީ ކޮންގްރެސްއެއް ބާއްވައި، އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ފަހުންް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) ވަނީ، އަސާސީ ޤަވާއިދަށް ގެނެސްފައިވާ ބަދަލުތައް ބަަލައި ގަންނަން ނިންމައި، ރަޖިސްޓްރީ ކޮށްދީފަ އެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު