Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑޮކްޓަރަށް މަރުގެ އިންޒާރު ދިނުން

ގެމަނަފުށި ސިއްހީ މަރުކަޒުގެ ޑޮކްޓަރަށް ހަމަލާ ދީ މަރުގެ އިންޒާރު ދީފި

ޖަހާފައިވަނީ ޑޮކްޓަރުގެ ބުރަކަށީގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 16:37
ގެމަނަފުށި ސިއްހީ މަރުކަޒުގައި އެއާއިލާއިން ހަމަނުޖެހުން ހިންގަނީ

ގެމަނަފުށި ސިއްހީ މަރުކަޒުގައި އެއާއިލާއިން ހަމަނުޖެހުން ހިންގަނީ

ގއ.ގެމަނަފުށި ސިއްހީ މަރުކަޒުގެ ޑޮކްޓަރަށް ހަމަލާ ދީ މަރުގެ އިންޒާރު ދީފިއެވެ.

މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ގެމަނަފުށީ ސިއްހީ މަރުކަޒުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބޭފުޅެއް ވިދާޅުވީ އުމުރުން ދުވަސްވީ މީހެއް ޑޮކްޓަރަށް ދެއްކުމަށް އެރަށުގެ އާއިލާއަކުން އައި ކަމަށެވެ. އުމުރުން ދުވަސްވީ މީހާގެ ހުންނަނީ ހަމުގެ ބައްޔެއް ކަމަށާއި، ހަމުގެ ބައްޔަކަށްވާތީ އާސަންދަ ޚިދުމަތް ނުލިބޭ ކަމަށެވެ. އާއިލާއިން ތަކުރާރުކޮށް އެދެމުންދިޔައީ އެމީހާ އިތުރު ފަރުވާއަށް މާލެއަށް ގެނައުމަށް އާސަންދަ ހަމަޖައްސައިދިނުމަށް ކަމަށެވެ. ނަމަވެސް އެކަން ހަމަނުޖެހުމުން ރުޅި ގަދަވެ، އާއިލާގެ މީހެއް ޑޮކްޓަރުގެ ބުރަކަށީގައި ވަރަށް ބާރަށް ޖަހައި މަރުގެ އިންޒާރު ދިން ކަމަށެވެ.

އެބޭފުޅާ ވިދާޅުވި ގޮތުގައި ބަލި މީހާ ގޮވައިގެން ދިޔަ އާއިލީ މީހުންތަކުގެ ތެރޭގައި ޔުނީފޯމްގައި ހުރި ފުލުހެއް ވެސް ހުއްޓެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެފުލުސްމީހާ އެހަމަނުޖެހުން ހައްލުކޮށް މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. ނަމަވެސް އާއިލާއިން ހިތްހަމަނުޖެހި ސިއްހީ މަރުކަޒުގެ އެތެރޭގައި ތިބި މުވައްޒަފުނަށް ވެސް ހަޑިހުތުރު އެއްޗެހި ގޮވައި ހަޅޭލަވާ ހަދާފައިވެއެވެ. މިހާދިސާ ގުޅިގެން ޑޮކްޓަރުގެ އިތުރުން އެވަގުތު ސިއްހީ މަރުކަޒުގައި ތިބި މުވައްޒަފުންނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ އެޑޮކްޓަރަކީ ވަރަށް ރަނގަޅު ގާބިލް ޑޮކްޓަރެއް ކަމަށާއި، ޑޮކްޓަރުގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މިހާދިސާއާ ގުޅިގެން އެ ޑޮކްޓަރު މިހާރު އެރަށުގައި ހުންނަން ބޭނުންނުވާ ކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެއީ ރަނގަޅު ޑޮކްޓަރެއް ލިބެނީ ވަރަށް އުދަނގުލުން ވަރަށް ދުވަހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

22 މާރިޗު 2017
ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

19 މާރިޗު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 2،000 މީހުން ޑޮކްޓަރަށް ދައްކައިފި

އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 2،000 މީހުން ޑޮކްޓަރަށް ދައްކައިފި

17 މާރިޗު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 1،550 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 1،550 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

16 މާރިޗު 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު