Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާސް އިންސްޕެކްޝަން ޕްރޮގްރާމް

މާލޭގައި ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން އަންހައިޖީނިކް ގިނަ ތަންތަން ފާހަގަކުރެވިފައިވޭ، ފިޔަވަޅު އަޅަން ވަނީ ނިންމާފައި

މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށ،ި ގުޅީފަޅު އަދި ކްރޮސްރޯޑްގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މާރިޗު 2024 | އާދީއްތަ 13:21
ހާބަރު ފުޑް ކޯޓުތައް، ގިނަ ރެސްޓޯރެންޓްތަކުގެ ޚިދުމަތް މި ސަރަހައްދުން ދަނީ ދެމުން - ފައިލް ފޮޓޯ

ހާބަރު ފުޑް ކޯޓުތައް، ގިނަ ރެސްޓޯރެންޓްތަކުގެ ޚިދުމަތް މި ސަރަހައްދުން ދަނީ ދެމުން - ފައިލް ފޮޓޯ

ގްރޭޓަރ މާލެ އޭރިއާގައި ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަން ޕްރޮގްރާމުގައި، ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން އަންހައިޖީނިކް ގިނަ ތަންތަން ފާހަގަކުރެވިފައިވާ ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެތަންތަނާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ ކުރިޔަށް އޮތް 1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އިންސްޕެކްޓް ކުރުމަށް އެޗްޕީއޭ، ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން 18 ފެބުރުއަރީ 2024ން 02 މާޗް 2024ށް، މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ، ތިލަފުށ،ި ގުޅީފަޅު އަދި ކްރޮސްރޯޑްގައި ހުރި ކާބޯތަކެތި ހަދާތަންތަން އިންސްޕެކްޓް ކުރެވިފައިވާ ކަމަށެވެ.

އެޗްޕީއޭއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަން ޕްރޮގްރާމްގައި ހުޅުމާލެ އިންސްޕެކްޓް ކުރެވިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި އެޗްޕީއޭ ގުޅިގެންނެވެ. އަދި ވިލިމާލޭގައި ހުރި އައުޓްލެޓްތައް މަދުވުމުން އެޗްޕީއޭގެ މުވައްޒަފުން އަމިއްލައަށް ވިލިމާލެ އިންސްޕެކްޓް ކޮށްފައިވާކަމަށް ކައުންސިލުން ބުނެއެވެ. އަދި 22 ފެބުރުއަރީ 2024ން 29 ފެބުރުއަރީ 2024ށް، މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަނުގެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭއާއި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.

މި ޕްރޮގްރާމުގައި މާލެ ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުންނާއި އެޗްޕީއޭގެ މުވައްޒަފުން ގުޅިގެން މާލެ 8 ޒޯނަކަށް ބަހާލައިގެން، 8 ޒޯނުގައި 8 ޓީމް ހަރަކާތްތެރިވެ، މުޅިމާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކޮށްފައިވާކަމަށް ކައުންސިލުން ބުނެއެވެ. ދެ މުއައްސަސާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން އަންހައިޖީނިކް ތަންތަން ގިނަ އަދަދަކަށް އައިޑެންޓިފައި ކުރެވިފައި ވާކަމަށެވެ.

މީގެ އިތުރުން ބިދޭސީން ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް ހިންގާ ތަންތަންވެސް މި އޮޕަރޭޝަނުގައި އައިޑެންޓިފައި ކުރެވިފައިވާކަމަށް ކައުންސިލުން ބުނެއެވެ. އަދި އައިޑެންޓިފައި ކުރެވިފައިވާ ތަންތަނުގެ މައުލުމާތު ނަގައި، އެ ތަންތަނާމެދު ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ނިންމާފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު