Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ކެމްޕޭން ކުރުން

ކައުންސިލުން ހަރަދުކުރުވައިގެން ސަރުކާރުގެ ކެންޑިޑޭޓަށް ކެމްޕޭންކުރުން ކެނދިކުޅުދޫ ކައުންސިލުން ކުށްވެރިކޮށްފި

ރައީސްގެ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން އެންގުމުން އިންތިޒާމްތައް ހަމަޖެއްސި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 މާރިޗު 2024 | ހޮނިހިރު 18:04
ކެނދިކުޅުދޫ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުން

ކެނދިކުޅުދޫ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިގެން، ކައުންސިލުން ހަރަދުކުރުވައިގެން ސަރުކާރުގެ ކެންޑިޑޭޓަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންކުރެއްވި މައްސަލަ ކެނދިކުޅުދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅަކާއި ގުޅިގެން ދަތުރުފުޅުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން އެންގި އެންގުމާ އެއްގޮތަށް އެ ކައުންސިލުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ރައީސް ވަޑައިގެންނެވި ހިސާބުން ފެށިގެން ރައްޔިތުންނާއި މުހާތަބުކުރުމަށް ބޭއްވި ހަފްލާގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސިލުން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ ހަފްލާގެ ވަކި ހިސާބަކުން، ރައީސް އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކައިގެ މިސްރާބު ބަދަލުވެގެންދިޔައީ، ސިޔާސީ ޕޯޑިއެމްއެއްގައި ރައީސް އެޕާޓީގެ ފަރާތުުން މަޖިލިސް އިންތިހާބަށް އެ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ.

އަދި ކައުންސިލަަށް އެ ހަފްލާ ސިފަވެގެންދިޔައީ ރައީސް ދަތުރުފުޅުގެ ނަމުގައި ވަޑައިގެން މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއިދު ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ މަގާމަށް ހޮވިވަޑައިގެންފައިވާ ފަރަތަކަށްވާތީ، އެ މަގާމު ފުރުއްވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓްކޮށް ސިޔާސީ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ އޭގެ ޒާތުގައ ގާނޫނަކުން މަނާކޮށްފައިވާ ކަމަކަށް ނުވާތީ އެކަން ކުރެވިދާނެ ކަމަށެވެ.

ނަމަވެސް އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއިން ކައުންސިލް އިދާރާތައް ބޭނުންކުރުމަކީ ކަނޑައެޅިގެން އިންތިހާބުތަކާއިބެހޭ އާންމު ގާނޫނުގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ އަދި އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކާ ހޮލާފު ކަމަކަށްވާތީ، ކައުންސިލްގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ހަފްލާގައި އިންތިހާބަށް ކެމްޕޭން ކުރުމުގެ މަގުސަދުގައި އިންތިޒާމް ކުރެވުނު ހަފްލާއަކަށް ބަދަލުވެގެންދިޔަ ދިއޔުން، އެ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

އަދި އެއީ ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރާއަރާނެކަމެއްގެ ގޮތުގައި ދެކޭ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އަދި ކައުންސިލުން ވަނީ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ ކުލަޖެހިފައިވާތީ ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

މީގެ އިތުރުން ގާނޫނުތަކަކީ އިސްތިސްނާއެއް ނެތި، އެންމެހައި ފަރާތްތަކުވެ މައްޗަށް ވެސް ހަމަހަމަ އުސޫލުން ހިނގާ އެއްޗަކަށްވާއިރު، ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން އަމަލުކުރާނަމަ، އެއީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތަނުގައި ވެސް އެފަދަ އަމަލުތައް ތަކުރާރު ނުކުރެއްވުމަށް ސިޔާސީ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެ ކައުންސިލާއި އެރަށުގެ ރައްޔިތުންގެ ނަމަށް ހުތުރުވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު