Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެމްބާޕޭއާ ނުލައި ކުޅެން ފަރިތަވާން ޖެހޭ: އެންރީކޭ

އެންރީކޭ ބުނީ، ކައިރި މުސްތަގުބަލެއްގައި ޕީއެސްޖީން ކުޅެންޖެހޭނީ އެމްބާޕޭ ނުލައި ކަަމަށާއި، އެ ހާލަތަށް ވެސް ތައްޔާރުވާންޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2024 | ހޮނިހިރު 06:55
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއާއި ކީލިއަން އެމްބާޕޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއާއި ކީލިއަން އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ނުލައި ކުޅެން އެ ޓީމުން ފަރިތަވާންޖެހޭ ކަމަށް، ލުއިސް އެންރީކޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ދެވަނަ ހާފު ފަށައިގެން ކުރީކޮޅު، އެންރީކޭ ވަނީ އެމްބާޕޭ ބަދަލުކޮށްފައެވެ. އެކަމާ ގުޅިގެން ނޫސްވެރިން ވަނީ އެންރީކޭއާ ސުވާލުީކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން އެންރީކޭ ބުނީ، ފުޓުބޯޅައިގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާކަމަށެވެ. އެހެންކަމުން، ޕީއެސްޖީ ފަދަ ކުލަބެއްގައި ކޮންމެ ވަގުތަކަށް ވެސް ކަންކަން މުހިންމުވާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެކަން ފާހަގަކޮށް އެންރީކޭ ބުނީ، ކައިރި މުސްތަގުބަލެއްގައި ޕީއެސްޖީން ކުޅެން ޖެހޭނީ އެމްބާޕޭ ނުލައި ކަަމަށާއި، އެ ހާލަތަށް ވެސް ތައްޔާރުވާންޖެހޭ ކަމަށެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަަށް ހަމަވާނެއެވެ. ޕީއެސްޖީން އޭނާގެ އެއްބަސްވުން އައުކުރަން ބޭނުންވި ނަަމަވެސް، އެމްބާޕޭ ވަނީ އެއްބަސްވުން އައުނުކުރާނެކަން ކުލަބަށް އަންގައިފައެވެ. އަދި މިހާރު އޭނާ މަސައްކަތްކުރަނީ މި ސީޒަން ނިމުމާއެކު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ. ޕީއެސްޖީގެ އެއްބަސްވުން އައުނުކުރާނެކަން އެމްބާޕޭ އަންގާފައިވާއިރު، ޕީއެސްޖީން ވަނީ އޭނާގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށް ވެސް ބުނެފައެވެ.

މީގެ ކުރިން ވެސް އެމްބާޕޭ ވަނީ ރެއާލަށް ބަދަލުވާން މަސައްކަތް ކޮށްފައެވެ. އެ ފަހަރު ވެސް، ރެއާލްގެ ހުށަހެޅުމެއް އެމްބާޕޭއަށް އޮތް ކަމަށާއި، އެ ކުލަބަށް ބަދަލުވުމާ ގާތަށް އެމްބާޕޭ ދިޔަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ޕީއެސްޖީގެ ބޮޑެތި ހުށަހެޅުންތަކާއެކު އެފަހަރު އެމްބާޕޭ ފަހު ވަގުތު ނިންމީ ކުލަބުގައި މަޑުކުރުމަށެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު