Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމު

ނުކުޅެދުންތެރިކަން ހުރި ކުދިންނަށް އިސްކަންދީގެން ސްޓޫޑެންޓް ލޯނުގެ 500 ފުރުސަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުރި ކުދިންނަށް އިސްކަންދީގެން މަތީ ތައުލީމު ހާސިލްކުރެވޭނެ ޚާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 29 ފެބުރުއަރީ 2024 | ބުރާސްފަތި 10:55
މަތީ ތައުލީމާބެހޭ ވުޒާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މަރިޔަމް މާރިޔާ ވާހަކަފުޅުދައްކަވަނީ

މަތީ ތައުލީމާބެހޭ ވުޒާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މަރިޔަމް މާރިޔާ ވާހަކަފުޅުދައްކަވަނީ

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް، 500 ލޯނުގެ ފުރުސަތު ހުޅުވާލަައިފިއެވެ.

މަތީ ތައުލީމާބެހޭ ވުޒާރާގައި ބުރާސްފަތި އޮތް ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މަތީ ތައުލީމާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މި ހުޅުވާލެވުނު ފުރުސަތާއެކު ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިވާނެކަމަށެވެ.

އަދި މިފަހަރު ހުޅުވާލެވޭ ލޯނު ސްކީމުގައި ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ޚާއްސަކުރެވިފައިވާ ފުރުސަތުތަކެއްވެސް ހުޅުވޭނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މާރިޔާ ވިދާޅުވީ، މި ސްކީމަކީ ވަރަށް އިންކްލޫސިވްކޮށް ހުޅުވިގެންދާ ފުރުސަތެއްކަމަށެވެ. އަދި މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުޅުވާލެވޭ މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މިކަމަށް ދެވޭ ޚަރަދުތަކަކީ ކުދިންގެ ޚާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް ދެވޭ ޚަރަދުތަކަކަށް ނުވާތީކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން މާރިޔާ ވިދާޅުވީ އެކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ނުލިބި، އެހެން ކުދިންނާ އެއްވަރަށް ތަޢުލީމު ހާސިލްކުރުމަށް މަގުފަހިކޮށް ނުދެވޭ ކަމަށެވެ. އެހެންކަމުން މިފަހަރު މި ހުޅުވާލާ ފުރުސަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް އެކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް ރިޔާއަތްކޮށް ޚަރަދު ހަމަޖައްސައިދޭނެ ކަަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މިފަހަރުގެ ސްކީމުގައި ސަރުކާރުގެ ސިޔާސަތުގެ ދަށުން އިގުތިސާދު އާރޯކުރެވޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަން ދެވިފައި ވާނެކަމަށާއި، ދިވެހިން މަދު، ފަންނީ ދާއިރާތަކުންވެސް ތަމްރީނު ދިނުމަށް ފުރުސަތު ހުޅުވާލާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު