Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރުންގެ އަދަދު

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނީ ހުސްގޮނޑިވެސް ހިމަނައިގެން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ 28 ޖެނުއަރީގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ފެބުރުއަރީ 2024 | ބުރާސްފަތި 05:03
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ރައުޔު އިއްވަވަމުން ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވިދާޅުވީ، 18 ޑިސެމްބަރު 2023 ގައި އިސްލާޙު ފާސްކޮށްފައިވާއިރު، މި އިސްލާޙާ ގުޅޭގޮތުން ކުރެވުނު ބަހުސްގައި މި އިސްލާޙު ގެންނަން ޖެހޭ ސަބަބު އެއްވެސް މެންބަރަކަށް ތަފްސީލުކޮށް ވިދާޅުވެދެވިފައި ނެތް ކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާގެ ޤާނޫނީ އަދަދު ހަމަކުރުމަށް ދަތިވެގެން ޖަލްސާއެއް ނުބޭއްވުނު ޙާލަތެއް ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކުރާ މުހިއްމުކަމެއް ފާސްނުކުރެވިގެން މަޖިލީހުގެ މަސައްކަތް މަރުތަޅު އެޅުވިގެން އުޅޭ ޙާލަތެއް، ނުވަތަ އެނޫންވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ހާލަތަކީ ކޮބައިކަން ތަފްސީލު ކުރެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.  

މަޖިލީހުހެ މެންބަރުންގެ އަދަދު 87ން 80ށް ދަށްވެފައިވަނީ އެމްޑީޕީގައި ތިއްބެވި މެންބަރުންތަކެއް ވެރިކަން ކުރާ ޕާޓީއަށް ގުޅިވަޑައިގެންނެވުމުންނެވެ.

އެއާއެކު މަޖިލީހުން ވަނީ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދު ގުނުމާއި ގުޅޭގޮތުން ޤަވާއިދަށް އިސްލާޙު ގެނެސްފައެވެ. މަޖިލީހުން ގެނެސްފައިވާ އިސްލާޙުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއްކަމަށެވެ.

އެހެންނަމަވެސް އޭޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މަޖިލީހުން އެ ގެނައި އިސްލާޙަކީ މަޖިލީހުގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް، ހުރިހާ ދާއިރާއެއްގެ ބަސް އިއްވޭގޮތަށް މެޖޯރިޓީ ގުނުމަށް ހުރަސްއެޅޭ އިސްލާޙެއް ކަމަށެވެ.

މި މައްސަލަ ހުށަހެޅިފައި ވަނިކޮށް މަޖިލީހުން ގެނައި އިސްލާޙުތައް އުނިކުރުމަށް ދާދި ފަހުން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ތިން އިސްލާހު އެ މާއްދާއިން އުނިކޮށް، މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށެވެ. އެގޮތުން 'ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެންބަރުން އަދަދު ގުނާނެ ގޮތް' ކިޔާ މާއްދާއެއް މަޖިލީހުގެ ޤަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރު ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ބަންޑާރަނައިބުގެ އޮފީހުން އެދިފައިވަނީ ކޮމިޓީން އެ އަކުރުތައް ބާތިލު ކުރި ނަމަވެސް، ސުޕްރީމް ކޯޓުންވެސް އެއީ ބާތިލު އަކުރުތަކެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވިދާޅުވީ، އެންމެ ގޮނޑިއެއްގެ ފަހަތުގައިވެސް އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށާއި، މިއީ އުނިއިތުރު ގެނެވިދާނެ ޙައްޤެއް ނޫން ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، ޤާނޫނުއަސާސީގައި މަޖިލީހުން އެކި ކަންކަން ނިންމުމުގައި ބޭނުންވާ އަޣުލަބިއްޔަތުގައި ފަރަޤުތަކެއް ހިމެނިފައިވަނީ ކަމުގެ ޙައްސާސްކަން ބޮޑުކަމުން ކަމަށާއި، އެހެން އެކަން ކޮށްފައިވަނީ ޤައުމުގެ ބޮޑެތި ނިންމުންތައް އެއީ ވީހާވެސް ގިނަ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުން ހިމެނުމަށް ކަމަށެވެ.

މި މައްސަލައަށް ބަލާއިރު، 87 މެންބަރުންގެ ތެރެއިން 7 މެންބަރުން ނެތުމުން، ޖަލްސާތަކުގެ ކޯރަމް ހަމަނުވާ ޙާލަތަކަށް ގޮސްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް އެއީ ޤަވާއިދުން ޖަލްސާތަކަށް މެންބަރުން ހާޒިރުވާނަމައެވެ.

މި ޙާލަތުގައި ގޮނޑި ހުސްވި ތާރީޚާއި ދެން އޮތް މަޖިލިސް އިންތިޚާބާ ދެމެދު 6 މަހަށްވުރެ ކުރު މުއްދަތެއް އޮތުމުން، ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުން ވަނީ މަނާވެފައެވެ.

ފަނޑިޔާރު ވިދާޅުވީ، މަޖިލީހުގެ އާންމު އިންތިޚާބު ބާއްވަން 6 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ވެފައި ވަނިކޮށް، އެ ދާއިރާތަކުގެ މެންބަރުން އިސްތިއުފާ ދެއްވުމަކީ އެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވުން އެއްކޮށް ހުއްޓުވޭނެ ސަބަބެއް ނޫން ކަމަށެވެ.

އަދި އެންމެ ހައްސާސީ ކަންކަމުގައި ގިނަ މެންބަރުންތަކެއް ނެތްނަމަ، ކަމެއް ނިންމަން ބޭނުންވާ އަޣުލަބިއްޔަތު ހޯދަން އުނދަގޫވެދާނެކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.

ހުސްގޮނޑިއެއްގެ ފަރާތުން ވޯޓެއް ނުލިބުނު ނަމަވެސް، އެ ގޮނޑިއަކީވެސް ފަހަތުގައި އެތައް ރައްޔިތުންނެއް ރަމްޒުކޮށްދޭ ގޮނޑިއެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑިޔާރު އަޒްމިރަލްދާ ވަނީ މަޖިލީހުން ގެނެސްފައިވާ އިސްލާޙުތައް މަޖިލީހުގެ ޤާނޫނުއަސާސީގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ ތައާރުޒުވާކަމަށް ކަނޑައަޅުއްވާފައެވެ. އެއީ މިހާރުވެސް މަޖިލީހުން ބާތިލުކޮށްފައިވާ އަކުރުތަކެއްކަމަށްވާތީ، އެ ކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތްކަމަށްވެސް ވަނީ ނިންމަވާފައެވެ. އެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު