Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 20

ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި، ސަރުކާރުގެ ކުންފުނިތަކުން އެއްބަސްވުންތައް ހަދަމުންދަނީ ރަނގަޅަށް ވައްކަން ކޮށްލެވޭ ގޮތަށް: މެންބަރު އަބްދުލްޣަފޫރު

21 ޖުލައި 2025 | ހޯމަ 07:39

މި މައްސަލާގެ ޒިންމާ އެޗްޑީސީން ނަގަންޖެހޭ، މިއީ އިހުލާސްތެރިކަމެއް ނެތުމުން ދިމާވާ މައްސަލަތައް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2025 | ހޯމަ 07:39
ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވަނީ

ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި، ސަރުކާރުގެ ކުންފުނިތަކުން އެއްބަސްވުންތައް ހަދަމުންދަނީ ރަނގަޅަށް ވައްކަން ކޮށްލެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިންގ މަޝްރޫއުއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެންދިޔުމާމެދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ މިފަދަ ގެއްލުންތައް ރައްޔިތުންނަށް ވަމުންދަނީ ކަނޑައެޅިގެން ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުންތައް ހަދާފައި ހުންނާތީ ކަމަށާއި، އެ އެއްބަސްވުންތަކުގައި ބަދަލުގެ ބައި ހިމެނުމަށް އެތައް ފަހަރަކު މާލިއްޔަތު ކޮމެޓީގައި މަޝްވަރާ ކުރުމަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އެކިއެކި ކުންފުނިތަކާއެކު މަޝްވަރާކުރުމަށްފަހު ހައްލު ގެނެވޭނެ ގޮތްތައް ހާމަކުރި ނަމަވެސް އަދި މިހާތަނަށް ހެދޭ އެއްވެސް އެއްބަސްވުމެއްގައި މިފަދަ ކަންކަން ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްބަސްވުންތައް ހަދަމުންދަނީ ރަނގަޅަށް ވައްކަން ކޮށްލެވޭ ގޮތަށް ކަމަށާއި، ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ.

ރަނގަޅަށް ވައްކަން ކޮށްލެވޭ ގޮތަށް ކޮންމެ ކުންފުންޏަކުން އެގްރިމެންޓް ހެދިއަސް ހަދަމުން މިގެންދަނީ. އޭގެ ދަށުން ނިމޭއިރުގައި ދެފަރާތަށް ބައި އަޅާލައިގެން ދައުލަތުން ފައިސާ ނަގަން މިޖެހެނީ. މިހެން މިކަންކަން ވެގެން ނުވާނެ. ދައުލަތް ހިމާޔަތް ކުރެވެންޖެހޭނެ. ދައުލަތް ހިމާޔަތް ކުރެވިގެން ރައްޔިތުން ހިމާޔަތް ކުރެވޭނީ އިއްޒަތްތެރި ރައީސް. އޭގެ ނުބައި ރަނގަޅު ނޫން ނަތީޖާތައް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. މިކަހަލަ އެތައްއެތައް މައްސަލައެއް އެބަހުރި ކުރިއަށް ނުނިމި އިއްޒަތްތެރި ރައީސް. އެތައް އެގްރިމެންޓެއްގައި ސޮއިކުރެވިފައި. އެތައް ބަޔަކަށް ފައިސާ ދޭންޖެހޭ. ބައިވަރު މައްސަލަތައް އެބަހުރި. ޕީޕީއެމް ސަރުކާރުގައި އެމްރިމެންޓް ހަދާފައި އަދި އިތުރަށް އަންނަން ޕައިޕްލޭންގައި އެބަހުރި ވަރަށް ގިނަކަންތައްތައް.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ އަބްދުލްޣަފޫރު މޫސާ

ކޭ-ޕާކުގެ މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ މި މައްސަލާގެ ޒިންމާ އެޗްޑީސީން ނަގަންޖެހޭ ކަމަށާއި، މިއީ އިހުލާސްތެރިކަމެއް ނެތުމުން ދިމާވާ މައްސަލަތައް ކަމަށެވެ.

މި ކޭޕާކު މައްސަލައާއި ސީވޯލްގެ މައްސަލައަކީ ފުރިހަމައަށް އެޗްޑީސީން ޒިންމާ އުފުލަންޖެހޭ ކަމެއް. އެބޭފުޅުން ބިން ހަވާލުކުރަނީ. އެބޭފުޅުން ހަވާލުކުރާއިރުގައި އެވަރުގެ އިންވެސްޓެއް ކުރެވޭވަރުގެ ބައެއްތޯ ބަލަންޖެހޭނެ. އެއާއެކު އެކަން ކުރުމަށްޓަކައި މޯގޭޖެއް ބަހައްޓަން ޖެހޭނެ އިއްޒަތްތެރި ރައީސް. އޭރުން ރައްޔިތުންގެ ފައިސާ ހިމާޔަތް ކުރެވޭނީ. އަދި ނެގޭ ފައިސާއަކީ ސީދާ އެޗްޑީސީގެ ބެލުމުގެ ދަށުން އެ ޕްރޮޖެކްޓްގެ ދަށުން ހަރަދު ކުރެވޭނެ ފައިސާކަމުގައި ވެގެންދިޔާމަ ރައްޔިތުން ބިކަވެގެން އުޅޭކަށް ނުޖެހޭނެ. އެހެނެއް ނޫން ކަންކަން ވަނީއެއް. ކުންފުނީގެ އެމްޑީއަށްވުމަށްފަހު ކުންފުނީގެ އަސާސީ ގަވާއިދަށް ބެލުމެއް ނެތް. ގެސްޓްހައުސްތައް އެޅުމަށް ކައުންސިލްތަކާއެކު އެގްރިމެންޓް ވެސް ހަދަނީ. ބައްލަވާ ހައްޖު ކޯޕްރޭޝަނުން މިއަދު ހައްދަވާގެން އުޅޭ އެއްޗެއް. ގެސްޓްހައުސް ވިޔަފާރިއަށް ހައްޖު ކޯޕްރޭޝަނުން ވަންނަނީ. ކޮބައިތޯ ކުންފުނީގެ މެންޑިޑޭޓް.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ އަބްދުލްޣަފޫރު މޫސާ

މީގެ އިތުރުން މެންބަރު އަބްދުލްޣަފޫރު ވަނީ ސްޓެލްކޯއިން ބެޓަރީ ސައިކަލު ގެންނާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ މިގައުމުގައި ހިނގާ އެއްޗެއް ނޫން ކަމަށާއި، ދިރާސާއެއް ކުރުމެއްނެތި އެތައް މިލިއަން ރުފިޔާއެއް ބޭކާރު ކުރާ ކަމަށެވެ.

މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ ކަމެއް ގައުމުގައި އަލަށްފަށާނަމަ އެކަމަކާ ގުޅޭ ރަނގަޅު ދިރާސާއެއް ހަދަންޖެހޭ ކަމަށާއި، އެއީ ގައުމަށް އެކަށީގެންވާ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. ދުނިޔާގެ އެހެން ގައުމުތަކުގައި ވެސް ކަންކަން ކުރާ އުސޫލަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ސަރުކާރުތަކުން މިހެން ކުރާ ކަންކަމުން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް ދައުލަތަށް ވަނީ ބޮޑެތި ގެއްލުން ކަމަށް މެންބަރު އަބްދުލްޣަފޫރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް