Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަބީ އަލޮންސޯ

ގާޑިއޯލާގެ ތައުރީފު އަލޮންސޯ އަށް!

މިހާރު އެ އޮތީ ސީޒަންގެ މުހިންމު ހިސާބުގަައި ކަމަށާއި، އެ މަސައްކަތުގައި ދެމި އޮންނަން ޖެހޭނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ފެބުރުއަރީ 2024 | އަންގާރަ 05:41
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ބަޔާ ލެވަކޫސަންގެ ކޯޗު އަލޮންސޯ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ބަޔާ ލެވަކޫސަންގެ ކޯޗު އަލޮންސޯ

ޖަރުމަނު ލީގުގެ ބަޔާ ލެވަކޫސަަނަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޒަބީ އަލޮންސޯ އަށް، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފު ކޮށްފި އެވެ.

ބަޔާ ލެވަކޫސަނާއެކު މި ސީޒަންގައި އަލޮންސޯ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ސީޒަންގެ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ލެވަކޫސަން ބަލިވެފައި ނުވާއިރު، އެ ޓީމު ވަނީ އެ ރެކޯޑުގައި 33 މެޗު ހަމަ ކޮށްފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގު ތާވަލްގެ އެއް ވަނައިގައި ލެވަކޫސަން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށްވުރެ އަށް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.

ލެވަކޫސަންގައި އަލޮންސޯ ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެ ޓީމުގަައި އޭނާ ކުރަމުން އަންނަނީ ހައިރާން ކުރުވަނިވި މަސައްކަތެއް ކަމަށެވެ. އަލޮންސޯ އަންނަނީ އޭނާގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރަމުންކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެކަމާ ހައިރާން ނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ ލެވަކޫސަނުން އެ އަންނަނީ ޖަރުމަނު ލީގުގެ ގަދަ ބާރެއް ކަަމަށްވާ ބަޔާނާ ވާދަކުރަމުން ކަމަށާއި، އެ ވާދަކުރުމުގެ ތެރެއިން، މި ސީޒަންގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން ކަމަށެވެ. އަނެއްކޮޅުން މިހާރު އެ އޮތީ ސީޒަންގެ މުހިންމު ހިސާބުގަައި ކަމަށާއި، އެ މަސައްކަތުގައި ދެމި އޮންނަން ޖެހޭނެ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ، މި ސީޒަންގެ ޖަރުމަނު ލީގު ލެވަކޫސަނުން ކާމިޔާބު ކުރާނެ ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ލެވަކޫސަނަށް ދެން ލީގު ގެއްލިގެން ނުވާނެ ކަމަށާއި، ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ލީގު ހޯދާނީ ވެސް އެ ޓީމު ކަމަށެވެ. އެއީ މިހާތަނަށް އައިއިރު ފެންނަން ހުރި ނަތީޖާގެ ސަބަބުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާތަނަށް ކުޅުނު 23 މެޗުން 61 ޕޮއިންޓާއެކު ލެވަކޫސަން އެއް ވަނައިގައި އޮތްއިރު، ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ބަޔާނަށް ލިބެނީ 53 ޕޮއިންޓެވެ. މީގެ ކުރިން ގާޑިއޯލާ، ބަޔާނަށް އިރުޝާދު ދިންއިރު އަލޮންސޯ ކުޅެމުން އައީ ބަޔާނަށެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2020

ކޮރޯނާވައިރަސް ޖެހިގެން ޕެޕް ގާޑިއޯލާގެ މަންމަ މަރުވެއްޖެ

06 އެޕްރީލު 2020
ކޮރޯނާވައިރަސް ޖެހިގެން ޕެޕް ގާޑިއޯލާގެ މަންމަ މަރުވެއްޖެ
24 މާރިޗު 2020

ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް

24 މާރިޗު 2020
ވައިރަހުން އަމިއްލަ ގައުމު ސަލާމަތްކުރަން ގާޑިއޯލާގެ ދީލަތި އެހީއެއް
16 މާރިޗު 2020

ޑަބްލިއުއެޗްއޯގެ ތައުރީފު ރޮނާލްޑޯ، މެސީ އަދި ޕޮގްބާއަށް

16 މާރިޗު 2020
ޑަބްލިއުއެޗްއޯގެ ތައުރީފު ރޮނާލްޑޯ، މެސީ އަދި ޕޮގްބާއަށް
20 ފެބުރުއަރީ 2020

ބާސާގެ ރައީސަށް ގާޑިއޯލާގެ ރައްދެއް

20 ފެބުރުއަރީ 2020
ބާސާގެ ރައީސަށް ގާޑިއޯލާގެ ރައްދެއް
15 ފެބުރުއަރީ 2020

ސަސްޕެންޝަނުގެ ސަބަބުން ގާޑިއޯލާގެ މުސްތަގުބަލާ މެދު ސުވާލުތަކެއް

15 ފެބުރުއަރީ 2020
ސަސްޕެންޝަނުގެ ސަބަބުން ގާޑިއޯލާގެ މުސްތަގުބަލާ މެދު ސުވާލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު