Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ޣައްޒާގެ ޙާލަތާ ގުޅޭ ގޮތުން ސިޓީގެ ކޯޗު ގާޑިއޯލާގެ އަސަރު ގަދަ ވާހަކަތަކެއް

ގާޑިއޯލާ ބުނީ، އިސްރާއީލް އިން ކުޑަ ކުދިން ޝަހީދު ކުރަމުންދާ މަންޒަރު ފެންނުމަކީ "ވަރަށް ވޭން ހުރި" ކަމެއް ކަމަށެވެ. އަދި އެ މަންޒަރުތައް ހިމެނޭ ފޮޓޯ ފެނުމުން އޭނާ ވަރަށް ބޮޑަށް ހާސްވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2025 | ބުރާސްފަތި 06:20
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި، ކުޑަ ކުދިންނަށް ދެމުން އަންނަ އަނިޔާ ތަކަކީ ހިތްދަތިވާ ކަމެއް ކަމަށް ބުނެ، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވާހަކަ ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް މެންޗެސްޓަރގެ ފަރާތުން ގާޑިއޯލާ އަށް އެރުވި އޮނަރަރީ ޑިގްރީ ޙާސިލު ކުރުމަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އިސްރާއީލް އިން ކުޑަ ކުދިން ޝަހީދު ކުރަމުންދާ މަންޒަރު ފެންނުމަކީ "ވަރަށް ވޭން ހުރި" ކަމެއް ކަމަށެވެ. އަދި އެ މަންޒަރުތައް ހިމެނޭ ފޮޓޯ ފެނުމުން އޭނާ ވަރަށް ބޮޑަށް ހާސްވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން އެ ޖަލްސާގައި ބައިވެރިވެ ތިބި މީހުންނާއި، މުޅި ދުނިޔެ އަށް މުޚާތަބުކޮށް ގާޑިއޯލާ ބުނީ، އެ އަނިޔާވެރި އަމަލުތައް ކުރިއަށް ގެންދަމުން އަންނައިރު ދުނިޔެ ހިމޭނުން އޮވެގެން ނުވާނެ ކަމަށެވެ. އޭނާ ވަނީ ބޭއިންސާފުގެ ކުރިމަތީފައި ހިމޭނުން ތިބުމުގެ ބަދަލުގައި، އަޑު އުފުލާ އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެ އަށް ގޮވާލައިފަ އެވެ.

ޣައްޒާގައި ކުޑަ ކުދިން އުޅެމުން އަންނަ ބިރުވެރި ޙާލަތާއި، އެ ކުދިން ތަހަންމަލު ކުރަމުން އަންނަ ކަންތައްތަކާއި، އެ ކުދިންގެ ދަތު ޙާލު ފެންނަން ފެށި ފަހުން އޭނާ އަަށް އެތައް އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެގޮތުން އޭނާގެ އަންހެން ދަރިފުޅު އަދި ފިރިހެން ދަރިފުޅު ފެންނަ ކޮންމެ ވަގުތެއްގައި ވެސް، ޣައްޒާގައި ކުޑަ ކުދިން ތަހަންމަލު ކުރަމުންދާ ހިތްދަތި ޙާލަތު ހަނދާންވާ ކަމުގައި ވެސް ގާޑިއޯލާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެއީ ވަރަށް ބިރުވެރި އިޙުސާސް އެކެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ މީހުންނަށް ރައްކާތެރިކަން އިހުސާސް ކުރެވެނީ އެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި، މަޑުން ތިބުމުން ކަމަށެވެ. އަދި މިހާރު ހިނގަމުން އެ އަންނަ ކަންތައްތަކީ އެ މީހުން އުޅެމުން އަންނަ ހިސާބު ނޫން، މާދުރު ހިސާބެއްގައި ހިނގަމުން އަންނަ ކަންތައްތައް ކަމަށާއި، އެކަންކަމާ ދެކޮޅަށް ކުރެވޭނީ ކޮން ކަމެއްތޯ ބައެއް މީހުން ސުވާލު ވެސް އުފައްދާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

އެކަން އިޝާރާތްކޮށް ގާޑިއޯލާ ވަނީ، ޖަންގަލީގައި ރޯވެފައި އޮތް އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރި ދޫންޏެއްގެ ވާހަކަ ހިއްސާކޮށްފަ އެވެ. އެ ވާހަކަ ހިއްސާކޮށް ގާޑިއޯލާ ބުނީ، މި ދުނިޔޭގައި ކުރާ ކުޑަ ކުޑަ ކަމަކުން ވެސް ތަފާތު ނަތީޖާއެއް ފެނިދާނެ ކަމަށެވެ. އަދި މީހެއްގެ ބާރަކީ ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އެކަމުގައި އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ އިންސާނިއްޔަތުގެ ދިފާއުގައި އަދި އެތައް ސަތެކޭ ކުޑަ ކުދިންނެއްގެ ދިފާއުގައި ވާހަކަ ދެއްކުން، ނުވަތަ އެންމެ މުުހިންމު އަދި ހައްސާސް ދަނޑިވަޅުގައި ވެސް އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރުން ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެތައް ބަޔަކު ޝަހީދު ކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ހިމެނެ އެވެ. އެގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 17،400 ކުޑަ ކުދިން ޝަހީދު ކޮށްލާފައިވާ ކަމަށް އިދާރާ ތަކުން ވަނީ ހާމަކޮށްފަ އެވެ.

ޣައްޒާގެ އާބާދީ އަކީ 2.3 މިލިއަން މީހުން ކަމަށްވާއިރު، މީގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުޑަ ކުދިންނެވެ. މިވަގުތު ވެސް ޣައްޒާގައި އިސްރާއީލް އިން ހަމަލާތައް ދެމުން އަންނައިރު، އެތައް ހާސް ކުޑަ ކުދިންނެއް އަންނަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންނެވެ. ކުދިންނަށް ބޭނުންވާ ކާބޯ ތަކެތި ނުލިބުމުގެ ސަބަބުން ވެސް، ޣައްޒާ އިން އެތައް ކުދިންނެއް ބަނޑުހައި ހޫނު ކަމުގައި ވަނީ ޝަހީދުވެފަ އެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު