Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދން ޣައްޒާއަށް އެހީ ފޮނުވުން

އދން ޣައްޒާއަށް އެންމެ ފަހުން ކާބޯތަކެތީގެ އެހީ ފޮނުވުނު ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ

އިސްރާއިލް ހަމާސްގެ ހަމަލާތައް 6ހަފްތާއަށް މެދުކަނޑާލުމަށް އެއްބަސްވުމަކަށް އައިސްފިނަމަ ރަފަހްގައި ހިންގަން އުޅޭ އޮޕަރޭޝަން މަޑުޖައްސާލެވިދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2024 | ހޯމަ 14:07
ޣައްޒާ ގެ އަންހެނަކު އެހީއަށް އެދި ރޮނީ

ޣައްޒާ ގެ އަންހެނަކު އެހީއަށް އެދި ރޮނީ

ޣައްޒާގެ ރެފިއުޖީންގެ ކަންކަންބަލަހައްޓާ އދގެ އޭޖެންސީ  ޔޫ.އެން.އާރު.ޑަބްލިއު.އޭ ނުވަތަ "އަންރުވާ"ގެ ފަރާތުން އުތުރު ގައްޒާއަށް ކާބޯތަކީގެ އެހީ އެންމެ ފަހުން ފޯރުކޮށްދެވުނު ފަހުން މަހަކަށް ވުރެގިނަދުވަސް ވެގެން ދިޔައީ ކަމަށް އެޖެންސީގެ ވެރިޔާ ވިދާޅުވެއްޖެއެވެ. "އަންރުވާ"އިން ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތި ދަތިވުމުގެ ސަބަބުން މިވަގުތު އެސަރަހައްދުގެ ކުޑަކުދިން ތިބީ ވަރަށް ބޮޑަށް އަނަރޫފަވެ، ހެދިބޮޑުވުމަށް ބޭނުންވާ ބައިތައް ނުލިބޭފަދަ ގޮތެއްގައެވެ. "އަންރުވާ"ގެ ކޮމިޝަނަރ ޖެނެރަލް އާދީއްތަ ދުވަހު ވިދާޅުވީ އެސަރަހައްދަށް ގަވާއިދުން ކާބޯތަކެތީގެ އެހީ ވެއްދޭނެ ގޮތް ހަދާ ދިނުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމުގައެވެ.

އެންމެ ފަހުން އެހީ ފޯރުކޮށް ދެވުނީ ޖެނުއަރީ 23ގައިކަން ފާހަގަ ކުރައްވަމުން ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ އެހީ ވެއްދޭނެގޮތް ހަދާދިނުމަށް އެދި ފޮނުވޭ ރިކުއެސްޓް ތަކަށް އަޅާނުލާ ދޫކޮށްލާ ކަމަށާ އެކަމަށް އެދި ގޮވާލާ އަޑުވެސް ދަނީ ބީރު ކަންފަތް ތަކަކަށް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުން ބަޑަށް ޖެހެމުންދަނީ ހަމަ އިންސާނުންގެ ސަބަބުންވެ.

ސިޔާސީ ވެރިންގެ މަގްސަދެއްއޮތްނަމަ މިފަދަ ހަނގުރާމައިގެ ހާލަތްތަކުގައިވެސް "ފެމީން" ނުވަތަ ތަދުމަޑުކަން ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށާ ކުރިޔަށް އޮތް ދުވަސްތަކުގައި ކަންތައްތައްވާގޮތުން އިންސާނިޔަތާމެދު ރަހުމު އޮތްމިންވަރު ހާމަވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

"އަންރުވާ"އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި ކޮންމެ ހަ ކުޑަކުދިންގެ ތެރެއިން އެއްކުއްޖަކީ ހަށިގަނޑަށް ފުދޭވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހެދިބޮޑުވުމަށް ހުރަސް އެޅިފައިވާ ކުއްޖެކެވެ.

ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ އދގެ އެހެން އޭޖެންސީ އެއްކަމަށްވާ ވަރލްޑް ފުޑް ޕްރޮގްރާމުންވެސް ވަނީ ރައްކާތެރިކަމާއެކު އެހީގެ ސާމާނު ބެހޭނެ ގޮތެއް ހަދާދެންދެން އެހީ ފޯރުކޮށް ދިނުން މަޑުޖައްސާލާފައިވާ ކަމަށް ބުނެފައެވެ. "އަންރުވާ"ގެ އެހީ ޓްރަކް އަކަށް ހަމަލާ ދިނުމުންނާއި، ހަމަލާތައް އަންނަ ވަގުތު އިންޒާރު ދިނުމުގެ ނިޒާމެއް ނެތުމުން ވަރލްޑް ފުޑް ޕްރޮގްރާމް ގެ އެހީގެ މަސައްކަތް އޮތީ މެދު ކަނޑާލާފައެވެ.

ޣައްޒާޔަށް ބޭނުންވާ އެހީގެ ތަކެތި ބޭރުގެ ފަރާތްތަކުން މިހާރު ފޯރުކޮށްދެމުން ދަނީ ކުރިޔަށް ޕްލޭން ކުރުމަކާނުލާ އެވަގުތަކު ބޭނުންވާ އެހީ އެވަގުތަކު ފޮނުވާކަހަލަ ގޮތަކަށެވެ. މިގޮތުން އިގިރޭސި ވިލާތް އަދި ޖޯޑްން އިން ބަލިމީހުންނަށް ބޭނުންވާ ބޭހާ އިންޖީނުތަކަށް ބޭނުންވާ ފިއުލް، އަދި ބަލިމީހުންނާ ސްޓާފުންގެ ކާނާ އަންގާރަ ދުވަހު ފޮނުވާދީފައި ވެއެވެ.

"އަންރުވާ"ގެ އިންޒާރު އައިސްފައި މިވަނީ  އިސްރާއިލް ހަމާސްގެ ހަމަލާތައް 6ހަފްތާއަށް މެދުކަނޑާލުމަށް އެއްބަސްވުމަކަށް އައިސްފިނަމަ ރަފަހްގައި ހިންގަން އުޅޭ އޮޕަރޭޝަން މަޑުޖައްސާލެވިދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވާ ވަގުތެއްގައެވެ. މިހެން ވިދާޅުވި ނަމަވެސް ނަތަންޔާހޫ ވަނީ ރަފަހްގެ އޮޕަރޭޝަން ފެށުމާއެކު ޣައްޒާގައި ދެތިންހަފްތާތެރޭ އިސްރާއިލަށް ނަސްރު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަގުރާމަ މެދުކަނޑާލުމާބެހޭގޮތުން ކުރިއަށްދާ ވާހަކަތައް އާދީއްތަ ދުވަހު ޤަތަރުގައި ވަނީ އަލުން ފެށިފައެވެ. އަދި ވާހަކަ ތަކުގެ ދެވަނަ ބުރެއް މިސްރުގައި ބާއްވާގޮތަށް ވަނީ ހަމަ ޖެހިފައެވެ. މިސްރު އަދި ޤަތަރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަހަރުވެސް ހަމަލާތައް މެދު ކަނޑާލުމުގެ އިތުރުން އަސީރުން ބަދަލު ކުރުމާބެހޭގޮތުންވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ކުރިއަށް އޮތް ރަމްޟާން މަހާދިމާކޮށް ހަ ހަފުތާއަށް ހަމަލާތައް މެދުކަނޑާލައިފިނަމަ ޣައްޒާއަށް ބޭނުންވާ އެތައްސަތޭކަ އެހީގެ ޓަރަކްތައް ވައްދާ، އެހީ ބެހުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދާނެއެވެ.

އިސްރާއިލް ސިފައިން ފަލަސްތީން ރައްޔިތުންނަށް ކުރާ ދުއްތުރާތައް އާންމު ގޮތެއްގައި ރަމްޟާން މަހާ ދިމާކޮށް އިތުރުކުރެއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު