Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ފެބުރުއަރީ 2024 | އާދީއްތަ 15:57
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާލިބޭ އެންމެންވެސް ދައުވާއަށް އިންކާރު ކުރެއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، ޖުނައިހު ޢަބްދުﷲ އާއި، ހަސަން މަހްފޫޒާއި، މުޙައްމަދު ޝާޒާއި، ސިމާހް މޫސާ އެވެ.

ގާޒީ ވިދާޅުވީ، ޖުނައިހު އަބްދުﷲ އާއި ޙަސަން މަހުފޫޒާއި، ސިމާހު މޫސާގ އަދި މުޙައްމަދު ޝާޒްގެ މައްޗަށް ކުރާ ދައުވާއަށް ބަލާއިރު، އެމީހުން މިކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖް ކަމަށެވެ.

އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެމީހުންގެ ފޯނުގެ ސެލް ލޮކޭޝަން ފުލުހުންނަށް އެނގިފައިވަނީ ކިހިނެއްކަން ޝަރީއަތަށް ސާފު ކޮށްދީފައިނުވާ ކަމަށެވެ.

 ފުލުހުންނާ ޕްރޮސެކިއުޝަނުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ޝަރީއަތަށް ސާބިތު ނުވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި، އެއީ ދިފާއާ ހިއްސާ ކުރެވިފައިވާ ރިޕޯޓެއް ނޫންކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

 ވުމާއެކު، މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ބައެއް ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު، ފުޓޭޖުން ފެންނަ މަންޒަރާއި، ވަގުތު ދިމާނުވާކަމަށްވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވިދާޅުވީ، އެމީހުންނަށް ކުރާ ދައުވާތަކާއި ގުޅިގެން އިންޓެލިޖެންސް ރިޕޯޓަށް ޝަރީއަތުން ރިއާޔަތް ކުރެވިދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އެކަމުގެ ސަބަބުތައް ގާޒީ ވަނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކުރައްވާފައެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ ލިބޭ 3 މީހުންނަކީ އަޙްމަދު ޒަޔާނާއި، އުސްމާން ޝަރީފް އަދި އަފްރާހު އަބްދުއްރައްޒާޤުއެވެ.

ގާޒީ ވިދާޅުވީ، ތަހުލީލުކުރަން ބޭނުންކުރި ފޮޓޯ އަޅާކިޔާއިރު، ސީސީޓީވީ ފުޓޭޖުން ފެންނަ ފަރާތާއި ތަފާތު ކަންތައްތަކެއް ފެންނަން ހުރި ކަމަށެވެ.

އެނަލިސްޓް އަޅާކިޔުމަށް ބޭނުންކުރި ފޮޓޯ ހިމެނޭ ޑީވީޑީވެސް ޝަރީއަތަށް ހުށަހެޅިފައި ނެތްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އަދި ލިޓަސް ސަރވިސް ސެންޓަރުން ނަގާފައިވާ ފުޓޭޖުގައި ތާރީޚާއި ވަގުތުވެސް އެނގެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ. ވުމާއެކު، އެ ފުޓޭޖަށް ހެކި ވަޒަން ކުރުމުގައި ދެވޭނެ މާ ބޮޑު ބުރަދަނެއް ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ލިޓަސް ސަރވިސް ސެންޓަރުގެ ތެރެއިން ފެންނަނީ އެމީހުންކަމަށް ނިންމޭނެވަރަށް އެކަށީގެންވާ ހެކި ފެންނަން ނެތްކަމަށެވެ.

މި ޙާލަތުގައި އެކަން ސާބިތު ކުރުމަށް އިތުރު ހެކި ޤަރީނާ ބޭނުންވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން ބަލާއިރު، ސީސީޓީވީ ފުޓޭޖް ފިޔަވައި ދެން ހުރި ހެކިތަކަކީ ކޯލް ޑީޓެއިލް ޗާޓާއި، އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގު ރިޕޯޓެވެ.

އެހެންނަމަވެސް އެއީ ހެކީގެ ގޮތުގައި ބުރަދަން ދެވިދާނެ ހެކިތަކެއް ނޫންކަމަށް ގާޒީ ވަނީ ކުރިން ފާހަގަކުރި ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވެފައެވެ.

ވުމާއެކު، އެމީހުން ކުށުގެ އަމަލުގައި ބައިވެރިވެފައިވާކަމަށް ދަލާލަތު ނުކޮށްދޭކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން 9 ސިއްރު ހެއްކެއް ހުށަހަޅާފައިވީނަމަވެސް، އެއިން އެއްވެސް ހެއްކެއް ހާޒިރު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ނިންމަވާއިރު، ތަހުޤީޤުގައި ހެކިން ދީފައިވާ ބަޔާނަށް ރިއާޔަތް ކުރެއްވުމަށް ދައުލަތުން އެދިފައިވެއެވެ.

އެހެންނަމަވެސް ދިފާއުން ވަނީ ހަމައެކަނި ތަހުޤީޤީ ބަޔާނަށް ރިއާޔަތްކޮށް މައްސަލަ ނިންމުމަކީ ދައުވާލިބޭ ފަރާތްތަކުގެ ހައްޤު ގެއްލިގެންދާނެ ކަމެއްކަމަށް ބުނެފައެވެ.

އަދި ދައުލަތަށް ގިނަ ފުރުސަތުތަކެއް ދެވި ހެކިން ހާޒިރު ކުރެވިފައިނުވާއިރު، އެ 9 ހެކިންނަކީ ނެތް ހެކިންކަމަށް ބަލައި މައްސަލަ ކުރިއަށް ގެންދިއުމަށް މި މައްސަލަ ކުރިއަށް ދިޔައިރު ދިފާއުން އެދިފައިވެއެވެ. 

އެކަމާ ގުޅޭގޮތުން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އޭރު ވަނީ މި މައްސަލައިގައި ހިމެނޭ 9 ސިއްރު ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމަވައި މައްސަލަ ކުރިއަށް ގެންދަވާފައެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު