Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ރައީސް ޔާމީން

ރައީސް ޔާމީންގެ ވައިބާ މެސެޖްތަކެއް އަނެއްކާ ވެސް ލީކްކޮށްލައިފި

2 އޯގަސްޓު 2017 | ބުދަ 14:06

ގއ. އަދި ގދ. ބަނދަރުތައް އަމާނެއް ނޫން

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 2 އޯގަސްޓު 2017 | ބުދަ 14:06
ރައީސް ޔާމީން، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް ބޭފުޅުންނާއެކު

ރައީސް ޔާމީން، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް ބޭފުޅުންނާއެކު

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބާ ގްރޫޕުން ގިނަ އަދަދެއްގެ މެމްބަރުން ބޭރުކޮށްލި ފަހުން ވެސް، ރައީސް އަބްދުﷲ ޔާމީންގެ މެސެޖްތަކެއް ބުދަ ދުވަހު ލީކް ކޮށްލައިފި އެވެ.

މަޖިލީހުގައި ސަރުކާރަށް އޮތް ބޮޑު އަޣުލަބިއްޔަތު ގެއްލުވާލާފައިވާއިރު، ވައިބާ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ސަރުކާރު ނެގެހެއްޓުމަކީ އެންމެންގެ މަސައްކަތް ކަމަށެވެ. އޮޑި ފައްތާލަން އުޅޭ ބަޔަކު އެ ޕާޓީ ދޫކޮށް ދިޔުމުން ހިތްވަރު ދެގުނަ ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ މެސެޖަށް ޖަވާބު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އޮޑި ފައްތާލަން ބަޔަކު އުޅުނު ނަމަވެސް، "ގަދަ ކަނޑުގައި ދުއްވަމުން މިދަނީ ފުލް ސްޕީޑްގައި" ކަމަށާއި ދުއްވަމުން ދަނީ "ފެންނަން އޮތް ސާފު އަމާން ބަދަރަކަށް،" ކަމަށެވެ.

ޖަމީލު އުސްމާނަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވީ "ގއ. އަދި ގދ. ބަނދުރުތައް އަމާނެއް ނޫން" ކަމަށެވެ.

ރައީސް ޔާމީން އިޝާރަތް މިކުރެއްވީ ވަކި ކޮން ކަމަކަށް ކަމެއް ނޭނގެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ސޮއިކުރި މެމްބަރުންގެ ތެރޭގައި ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހިމެނިވަޑައިގަންނަވަ އެވެ.

ޖަމީލް އުސްމާނާއި ރައީސް ޔާމީންގެ ވާހަކައާ ގުޅޭ ގޮތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވީ "ކޮޅިގަނޑު އޮތީ ވަރަށް ގާތުގައި" ކަމަށެވެ.

ސަރުކާރުން ގާނޫނާ ހިލާފު އެތައް ކަމެއްކޮށް، އެ ކަންކަމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އަޑުއުފުލާއިރު ވައިބާ ގްރޫޕްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ "މިވަގުތަކީ ކުދިކުދި ކޫސަނި ކަންކަމުގައި ހިޔާލު ތަފާތުވެ ޖަޒުބާތު ވާންވީ ވަގުތެއް ނޫން" ކަމަށެވެ.

ޖަމީލް އުސްމާނު ވިދާޅުވި ގޮތުގައި އޮޑި ރަނގަޅުވާނީ ދަބަރު ފިލުވައި ތެޔޮ ޖެހުމުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވައިބާ މެސެޖްތައް ލީކްކޮށްލާފައިވާއިރު، އެސްޕީޖީގެ އޮފިސަރުންނާއެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވެސް ބުދަ ދުވަހު ވަނީ ލީކްކޮށްލައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް