Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާއަށް މިސައިލް ދިންކަމަށް ބުނާ ވާހަކަ

އީރާނުން ރަޝިއާއަށް މިސައިލް ދިން ކަމަށް ބުނެ، ހުޅަނގުގެ މީޑިއާތަކުގައި ދައްކާ ވާހަކަތައް އީރާނުން ދޮގުކޮށްފި

24 ފެބުރުއަރީ 2024 | ހޮނިހިރު 14:46

އެމެރިކާ ސަރުކާރުން ވަނީ، އީރާނުން ރަޝިޔާއަށް މިސައިލް ފޯރުކޮށްދީފިނަމަ ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް އަދި ހަރުކަށި ޖަވާބެއް ދޭނެކަމުގެ އިންޒާރު ދީފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 24 ފެބުރުއަރީ 2024 | ހޮނިހިރު 14:46
އީރާނުގެ ގައުމީ ދިދަ

އީރާނުގެ ގައުމީ ދިދަ

އީރާނުން ރަޝިއާއަށް ބެލިސްޓިކް މިސައިލްތަކެއް ފޯރުކޮށްދިން ކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުގައި ދައްކާ ވާހަކަތައް އީރާނުން ދޮގުކޮށްފިއެވެ.

އީރާނުން އދ.ށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޔޫކްރެއިނާއެކު މިހާރު ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރަން އީރާނުން ރަޝިއާއަށް ބެލިސްޓިކް މިސައިލް ދީފައިވާކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ހަ މަސްދަރަކާ" ހަވާލާދީ ރޮއިޓަރސް ނިއުސް އެޖެންސީން ބުދަ ދުވަހު ބުނެފައިވަނީ، އީރާނުން ރަޝިއާއަށް 400އެއްހާ ބާރުގަދަ ސަރފޭސް ޓު ސަރފޭސް ބެލިސްޓިކް މިސައިލް ދީފައިވާކަމަށެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅު ޝިޕްމަންޓްތައް ދޭންފެށީ އީރާނާއި ރަޝިއާގެ އަސްކަރިއްޔާގެ ސަލާމަތީ އޮފިޝަލުންގެ މެދުގައި މިދިޔަ އަހަރުގެ ފަހުކޮޅު ތެހެރާނާއި މޮސްކޯގައި ބޭއްވި ބައްދަލުވުންތަކުގައި އެއްބަސްވި އެއްބަސްވުމެއް ފައިނަލް ކުރުމަށްފަހު ކަމަށް އެ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

އެ ރިޕޯޓާ ގުޅިގެން އެމެރިކާގެ ސަރުކާރުން ވަނީ، އީރާނުން ރަޝިޔާއަށް މިސައިލް ފޯރުކޮށްދީފިނަމަ ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން އަވަސް އަދި ހަރުކަށި ޖަވާބެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.

އީރާނުން އުފެއްދި ހަތިޔާރު ރަޝިޔާއަށް ފޯރުކޮށްދިނުމަކީ ދެ ގައުމުގެ އަސްކަރީ އެއްބާރުލުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތެހެރާނާއި މޮސްކޯއިން އެކި ފަހަރުމަތިން ބުނަމުން އަންނައިރު، އެ ހަތިޔާރުތަކަކީ ޔޫކްރެއިންގެ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރުތަކެއް ކަމަށް ހުޅަނގުގެ އޮފިޝަލުންނާއި މީޑިއާތަކުން ކުރާ ތުހުމަތުތައް އެ ދެ ގައުމުން ވަނީ ދޮގުކޮށްފައެވެ.

ޔޫކްރެއިނަށް ހުޅަނގުން ހަތިޔާރު ދިނުމުން، ޚާއްސަކޮށް އެމެރިކާއަށް ރަޝިޔާއިން ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު، އެ ގައުމުތަކުގެ އަސްކަރީ އެއްބާރުލުމަކީ މީގެ ދެ އަހަރު ކުރިން ފެށުނު ޔޫކްރެއިން ހަމަނުޖެހުން ދިގުދެމިގެން ދާން ދިމާވާ ސަބަބެއް ކަމަށް ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް