Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު ވައިގެ ދިފާއީ ވަސީލަތްތައް އީރާން އިން އަލުން ޤާއިމު ކޮށްފި

މޫސަވީ ވިދާޅުވީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އީރާންގެ ވައިގެ ދިފާއީ ވަސީލަތްތަކަށް ގެއްލުން ލިބުނު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2025 | ހޯމަ 07:32
އީރާނުގެ ސިފައިންގެ އޮފީހުން އާންމު ކޮށްފައިވާ ފޮޓޯ ތަކުން، މީގެ ކުރިން ފެންނަ އީރާނުގެ ވައިގެ ދިފާއީ ނިޒާމު

އީރާނުގެ ސިފައިންގެ އޮފީހުން އާންމު ކޮށްފައިވާ ފޮޓޯ ތަކުން، މީގެ ކުރިން ފެންނަ އީރާނުގެ ވައިގެ ދިފާއީ ނިޒާމު

އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައުގެ ސަބަބުން، ގެއްލުން ލިބުނު ވައިގެ ދިފާއީ ވަސީލަތްތައް އަލުން ޤާއިމު ކޮށްފައިވާ ކަމަށް އީރާން އިން ބުނެފި އެވެ. 

އިސްރާއީލް އިން އިސްވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާގެ ސަބަބުން، އޭގެ ރައްދުގައި އީރާން އިން ވެސް ވަނީ އިސްރާއީލަށް ހަމަލާތަކެއް ދީފަ އެވެ. ދެ ޤައުމުގެ ދެ މެދުގައި ބަދަލު ކުރަން ފެށުނު ހަމަލާތަކުގެ ސަބަބުން، 12 ދުވަހުގެ މުއްދަތަކަށް ވަނީ ހަނގުރާމަ ކުރިއަށް ގޮސްފަ އެވެ. އެ ހަނގުރާމައިގެ ތެރެއަށް ވަކި ހިސާބަކުން އެމެރިކާ އިން ވަދެފައިވާއިރު، އެމެރިކާ އިން ވެސް ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. 

އީރާންގެ ޑިފާ ޕްރެސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާން އިން މިހާރު ވަނީ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު ވައިގެ ދިފާއީ ވަސީލަތްތައް އަލުން ޤާއިމު ކޮށްފަ އެވެ. 

އީރާންގެ އަސްކަރިއްޔާގެ އޮޕަރޭޝަންސްގެ ޑެޕިއުޓީ، މަޙުމޫދު މުސަވީ ވިދާޅުވެފައިވާ ގޮތުގައި ޖޫން މަހު ހިނގި ހަނގުރާމައިގައި އިސްރާއީލްގެ ވައިގެ ބާރުން އީރާންގެ އެއާ ސްޕޭސް އަށް ވަދެ، އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އޭރު އީރާން އިން ވެސް ދިތައީ ޑްރޯން އަދި މިސައިލްތަކުން އިސްރާއީލަށް ހަމަލާ ދެމުންނެވެ. 

މޫސަވީ ވިދާޅުވީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އީރާންގެ ވައިގެ ދިފާއީ ވަސީލަތްތަކަށް ގެއްލުން ލިބުނު ކަމަށެވެ. އަދި އެކަމަކީ ފޮރުވެން ނެތް ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، އީރާން އިން ވަސީލަތްތައް ބޭނުން ކޮށްގެން، ކުރިން ރައްކާ ކޮށްފައި ހުރި ނިޒާމުތަކުގެ އެހީގައި އެ ތަންތަން އަލުން ޤާއިމު ކޮށްފައިވާ ކަމަށް މޫސަވީ ވިދާޅުވި އެވެ. 

އިސްރާއީލްގެ ހަނގުރާމައިގެ ކުރިން، އީރާންގައި އެ ޤައުމުން އުފައްދާފައިވާ ބަވާރު 373 ދުރު ރޭންޖުގެ އެއާ ޑިފެންސް ސިސްޓަމާއި، ރަޝިޔާ އިން ގަނެފައިވާ އެސް 300 ގެ އެއަރ ޑިފެންސް ސިސްޓަމް ހުއްޓެވެ. ޑިފާ ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާ ތަކުގެ ތެރޭފައި އީރާނަށް ބޭރުގެ އެއްވެސް ޤައުމެއްގެ އެއަރ ޑިފެންސް ސިސްޓަމް އިމްޕޯޓު ކޮށްފައި ނެތެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު