Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅު ލޭންޑް ޔޫސް ޕްލޭން

ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި

ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ފެބުރުއަރީ 2024 | ހޮނިހިރު 00:54
ގުޅީފަޅު

ގުޅީފަޅު

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ތަރައްގީކުރަމުންދާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފިއެވެ.

ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައި ވެއެވެ. އަދި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައި ވެއެވެ. މިގޮތުން ތައުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައި ވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުންވެސް، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭންގައި ކަނޑައެޅިފައި ވެއެވެ. އަދި ގުޅީފަޅާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލާފައި ވުމަކީވެސް ގުޅީފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

 ދިރިއުޅުމުގެ ގިނަ ފަސޭހަތަކާ އެކު ތަރައްގީ ކުރުމަށް ޕްލޭން ކުރެވިފައިވާ ގުޅީފަޅުގައި އިގްތިސާދީ މަސައްކަތްތަކަށް ވެސް ހާއްސަ ސަރަައްދުތައް ކަނޑައަޅާފައި ވެއެވެ. މިިގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއި އަށް ހާއްސަ ސަރަހައްދުތަކެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްގީކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މިސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާންމުކުރިއިރު މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ހިމެނޭ ޗާޓްތައް މިދިޔަ ސަރުކާރުގައިވެސް އާންމުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!

14 އޯގަސްޓު 2017
ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!
12 އޯގަސްޓު 2017

ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ

12 އޯގަސްޓު 2017
ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ
18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
08 ޖުލައި 2017

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި
18 ޖޫން 2017

ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

18 ޖޫން 2017
ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު