Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ވީޓޯކުރުން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ ދެކޮޅުހެދުމުން މުޅިދުނިޔެ މާޔޫސްވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ދެކޮޅަށް އެމެރިކާއިން ވީޓޯގެ ބާރުގެ ބޭނުންކުރި މިއީ 3 ވަނަ ފަހަރު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 21 ފެބުރުއަރީ 2024 | ބުދަ 13:14
އިސްރާއީލަކީ އެމެރިކާގެ ދަރިއެއް ފަދަައިން ބަލަހައްޓާ ގައުމެއް

އިސްރާއީލަކީ އެމެރިކާގެ ދަރިއެއް ފަދަައިން ބަލަހައްޓާ ގައުމެއް

ފާއިތުވި މަސްތަކުގައި ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައާ ގުޅިގެން އެމެރިކާގެ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމުގެ އުންމީދު މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑުވެފައެވެ.

ނަމަވެސް އެ އުއްމީދު އިއްޔެ ފުނޑުފުނޑުވެގެން ދިޔައީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ގަތުލުއާންމާއި، އާންމުންނަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު ވީޓޯ ކުރުމަށް އެމެރިކާއިން އަނެއްކާވެސް ނިންމުމުންނެވެ.

ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލި ގޮވާލުން އެމެރިކާއިން އެންމެ ފަހުން ބޭރުކޮށްލުމުން ދުނިޔޭގެ ގިނަ ގައުމުތަކަކާއި މުޖުތަމައުތަކުން ވަނީ އެކަން ކުށްވެރިކޮށް، އެމެރިކާގެ މި ފިޔަވަޅަކީ މާޔޫސްކުރުވަނިވި އަދި ހަރުކަށި ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.

އެމެރިކާއިން ވީޓޯ ކުރުމުން "ގޯސް މެސެޖެއް ދޭ، ޣައްޒާގެ ހާލަތު އިތުރަށް ނުރައްކާތެރި ހާލަތަކަށް ވައްޓާލަނީ،" ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަންގް ޖޫން ވިދާޅުވިއެވެ.

ޖަންގް އިތުރަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހެދުމަކީ ދެމެހެއްޓެނިވި ގަތުލުއާންމަކަށް ފެހި ސިގްނަލް ދިނުން ކަމަށެވެ.

ފްރާންސުން ވެސް ވަނީ އެމެރިކާ ވީޓޯއާ ބެހޭގޮތުން ވާހަކަދައްކައި، އެ ގަރާރު ބަލައިނުގަނެވޭނެ ކަމަށް ބުނެ ހިތާމަކޮށްފައެވެ.

ފަރަންސޭސި ވިލާތުގެ އދ.ގެ ސަފީރު ނިކޮލަސް ޑި ރިވިއޭ ވިދާޅުވީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ [އަލްޖީރިއާގެ] ގަރާރު ބަލައިނުގަނެވުނީތީ ފްރާންސުން ހިތާމަކުރާ ކަމަށެވެ. 

އަލްޖީރިއާގެ އދ.ގެ މަންދޫބު އަމަރް ބެންޑްޖަމާ ވެސް ވަނީ އެމެރިކާ ވީޓޯ ކުށްވެރިކުރައްވައި، އަލްޖީރިއާއިން ދުނިޔެއަށް ދޭ މެސެޖަކީ ފަލަސްތީނު މީހުން މެރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އިޖާބަ ދޭން ޖެހުން ކަމަށް ވިދާޅުވެފައެވެ.

ގަތަރާއި ސައޫދީ އަރަބިއްޔާ، އަދި މިސްރުން ވެސް އެމެރިކާގެ ނިންމުން ކުށްވެރިކޮށްފައި ވާއިރު، އދ.ގެ ސަލާމަތީ މަޖިލީހު ނިންމުން އިސްލާހު ކުރުމަށް ރިޔާޒުން ވަނީ ގޮވާލާފައެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ދާއިމަށް ދެމެހެއްޓުމުގައި ސަލާމަތީ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި މިހާރު އިހުނަށްވުރެ ބޮޑަށް އިސްލާހުކުރަން ޖެހިފައިވާ ކަމަށެވެ.

އެމެރިކާއިން ވީޓޯކޮށްފައި މި ވަނީ އިސްރާއީލު ސިފައިން ޣައްޒާގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ އެންކްލޭވްއަށް ދިން ނުރައްކާތެރި ހަމަލަތަކުގައި ޣައްޒާގެ 29،313 މީހުން ޝަހީދުވެފައިވާއިރު، 69،333 މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ޣައްޒާގެ އެހެން ސިޓީތަކަށް އިސްރާއީލުން ދެމުން ގެންދާ ނުހައްގު ހަމަލާތަކުން ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހިމާޔަތް ހޯދަމުން އަންނަ ބޯޑަރު އަވަށެއް ކަމަށްވާ ރަފަހަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެމީހުންގެ އަނިޔާވެރި ކެމްޕޭން ފުޅާކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
08 އޯގަސްޓު 2017

ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

08 އޯގަސްޓު 2017
ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު