Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާވަރުލު އެއާޕޯޓް

‎މާވަރުލު އެއާޕޯޓާއި ގައްދޫއާ އެއްގަމު މަގުން ގުޅުވައިދޭނަން: ރައީސް

21 ފެބުރުއަރީ 2024 | ބުދަ 08:29

އާމްދަނީ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާނެކަމުގައި ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ފެބުރުއަރީ 2024 | ބުދަ 08:29
ރައީސް ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ރައީސް ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ

ކެމްޕެއިން ތެރޭގައިވެސް ވަޢުދުވެވަޑައިގެންފައިވާ ފަދައިން، މާވަރުލު އެއާޕޯޓު އިތުރަށް ތަރައްޤީކޮށް އެ އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު ގދ. ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.‎

ގދ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ގައްދޫގެ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު ފާހަގަކުރައްވައި، އެކަން މި ސަރުކާރުން ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަށް ކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.‎

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ.

އަދި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެ އެކަމަށް ހުވައެއްކުރުމަށްފަހު، ހަމަހަމަކަމާއެކީ އެމީހަކު އެނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް، މަގާމުތަކަށް އިންތިޚާބުވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ. އެގޮތުން ރައްޔިތުން އިންތިޚާބެއްގައި އެމީހަކު ހޮވައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން އިސްކުރަން ޖެހޭނެ ކަމަށާއި، ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާންޖެހޭކަމަކަށް ހަދައިގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަވައި ޤައުމު ތަރައްޤީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.‎

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2018

ނިހާން ކުރިން ވިދާޅުވީ ވައިގެ މަގުން ބަޔަކު ނުގެންނާނެ ކަމަށް!

17 ސެޕްޓެމްބަރު 2018
ނިހާން ކުރިން ވިދާޅުވީ ވައިގެ މަގުން ބަޔަކު ނުގެންނާނެ ކަމަށް!
02 ސެޕްޓެމްބަރު 2018

މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމާނަން: އިބޫ

02 ސެޕްޓެމްބަރު 2018
މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމާނަން: އިބޫ
16 އޯގަސްޓު 2018

ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

16 އޯގަސްޓު 2018
ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި
17 ޖުލައި 2018

ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފި

17 ޖުލައި 2018
ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ކޮންމެ ގޭބީސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަން ފަށައިފި
29 އެޕްރީލު 2018

ގަމު ބޮޑު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި

29 އެޕްރީލު 2018
ގަމު ބޮޑު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި
21 ސެޕްޓެމްބަރު 2017

ލަންކާ މަގުން ރާއްޖެއައި އިންޑިއާގެ ފަސް މީހަކު 4.5 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުން ވެސް ކޯޓުން ދޫކޮށްލައިފި

21 ސެޕްޓެމްބަރު 2017
ލަންކާ މަގުން ރާއްޖެއައި އިންޑިއާގެ ފަސް މީހަކު 4.5 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުން ވެސް ކޯޓުން ދޫކޮށްލައިފި
18 ސެޕްޓެމްބަރު 2017

މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލަން ފަށައިފި

18 ސެޕްޓެމްބަރު 2017
މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލަން ފަށައިފި
25 ޖޫން 2017

އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު

25 ޖޫން 2017
އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް