Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. މުހައްމަދު މުއިއްޒު

ގޮތް ހުސްވެ އެ ޖައްސަވަނީ މުއިއްޒުގެ ފަހު ކާޑު!!

ވޯޓަކުން ބަލިވެދާނެ ކަމުގެ ބިރު މުއިއްޒަށް ވަނީ ހީވެފައެވެ. ކައުންސިލްތަކުން އެދަނީ ހައްގުބަސް ބުނަމުންނެވެ. އެބިރުވެރިކަމާއެކު ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ މަސައްކަތް މުއިއްޒު އެވަނީ ފައްޓަވާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 04:20
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދަރަވަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދަރަވަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އުއްމީދު ދިނީކީ ތިޔަހެނެއް ނޫނެވެ. މަދުވަނީ ރައީސްކަން އެކަންޏެވެ. އެނޫން ހުރިހާ ކަމެއް ވަނީ ހަމަޖެހި ނިމިފައެވެ. ގައުމު ގެންދާނީ އާސުމާނަށެވެ. ރައްޔިތުންނަށް އޮތީ ހާއުފާވެރިކަމެވެ. ހާސްވެ ކަންބޮޑުވާން ޖެހޭ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. އެކަން ކުރާކަށް ކުރީގައި ބަޔަކު ކޮށްފައި އޮތްކަމެއް އަދި ގައުމުގެ ހާލަތު އޮތް ގޮތަކާމެދު ފަރުވާލެއް ނެތެވެ. އެކަންކަމާމެދު ވައިވެސް ނޭޅޭވަރަށް ކަންކުރެވޭނެ ގޮތްތަކާއި ފައިސާދޭނެ ކޮޅުކޮޅާ ކަންކުރާނެ ޕްލޭންތައް ހުރީ ހަމަޖެހި ނިމިފައެވެ.

އިންތިޚާބަށްފަހު އެކަމަށް ބޭނުންވީ މަޖިލީހުގެ މެޖޯރިޓީ އެވެ. އެބާރުވެސް ރައްޔިތުން ދިނީ ބޮޑުތަނުންނެވެ. އެދެބާރާއެކު ކުރާނެހާ ގޮތަކަށް ވެރިކަން ކުރާން ލިބި ހެޔޮވަރުގެ ދޮޅު އަހަރު ފާއިތުވެ ދެވަނަ އަހަރުވެސް ނިމެން ދަނީއެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. ކުރެވުނު ބޮޑުކަމެއް ފެންނާކަށް ނެތެވެ. މޮޅުވެލާފައި އަދި ފޮނިކަނޑާފައި ފެށިއްޔާ ފެށިކަމެއްވެސް ހަރުތާކު ނުޖެހުނެވެ. ލިބޭން ބުނި މިލިޔަން ޑޮލަރުތަކަށް ވީގޮތެއް ނޭނގުނެވެ. ގެނައި ފޭކު ޝެއިޚުންވެސް ލަނޑުދީފައި ފިލައިފިއެވެ. ދައުލަތުގެ ބަޖެޓުން ލޯ ލާރިއެއްގައިވެސް ނުޖެހި ހިއްކާން އުޅުނު ރަސްމާލެ ހިއްކާން ގެނައި ޑްރެޖަރުވެސް ފައިސާ ނުދިނީތީ ގެނައި ބަޔަކު އެގެނައި ތާކަށް ގެންދިޔައީއެވެ. ގެނައިމޮޅު ބަދަލުން ތިރިވި ޑޮލަރެއް ނެތެވެ. ހިފެހެއްޓުމެއް ނެތި އަރަމުން އެދަނީވެސް އޭގެ އަގެވެ. ތަކެތީގެ އަގު އިންތިހާ އަށް ބޮޑު ވަނީއެވެ. ރައްޔިތުންނަށްވީ މޮޅެއް އަމުދަކުން ފެންނާކަށް ނެތެވެ.

ކެނޑިހާ ފޮނީގެ ހަގީގަތް އެނގި ދެއްކިހާ ހުވަފެން ބިލާހަކަށްވި މި ދަނޑިވަޅު ވެފައިމިވަނީ ރައްޔިތުން މުއިއްޒާމެދު އިންތިހާއަށް ނުރުހި ދައުރުގެ މެދުތެރެއިން ނޫނެކޭ ބުނެލާނެ ފުރުސަތެއް ލިބިފައި ވަނިކޮށެވެ. ވޯޓަކުން މުއިއްޒަށް ތާއީދު ނުކުރާކަން ދައްކާލެވޭނެ އިންތިޚާބެއް ބޯމަތިވެފައިވަނިކޮށެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ ދިމާވެފައެވެ.

އިންތިޚާބުގެ ކުރިން ވަކަރަށް ޖަހާލުމުގެ ގޮތުން މުއިއްޒު އެވަޑައިގަތީ ބައެއް ރަށްރަށަށެވެ. އެރަށްރަށުގެ ކައުންސިލަރުން މުއިއްޒުގެ ކުރިފުޅުމަތީގައި ސާފު ސަރީހަކޮށް ބުނަމުން އެދިޔައީ މާތް މަނިކުފާނުގެ ސިޔާސަތު ގޯސްވާހަކައެވެ. ކައުންސިލްތަކާމެދު ގެންގުޅުއްވާ ނުރަނގަޅުގޮތް ކަމުނުދާ ވާހަކައެވެ. އެކަންކަމާމެދު ނުރުހޭ ވާހަކައެވެ.

ނަތީޖާއެއްގެ ގޮތުން ކައުންސިލްތައް ނުލިބުމުގެ އިތުރުން ކައުންސިލަތަކުން ކޮށްފާނެ ކަމަކާމެދު މުއިއްޒު އެވަނީ ބިރު ހީވެފައެވެ. މުއިއްޒަށްވެސް މޭޔަރުކަމުގައި ހުރެގެން ކަންކުރެވުނު ގޮތުން ފުޅަށްބުޑުން ދިޔަޔަސް ކެޔޮގަނޑު ކަނޑާލަފާނެހެން ހީވާތީއެވެ. އެއަށްވުރެ ބޮޑަށް ކައުންސިލަތްކުން އަމިއްލަ ފައިމައްޗަށް ތެދުވެ ރަށްރަށާއި އަތޮޅަށް ބޮޑު ކުރިއެރުމެއް ގެނެސް މައި ސަރުކާރުން މުއިއްޒު ޖަހާން އުޅޭ މަޅީގައި ނުޖެހޭނެ ރައްޔިތުން އިތުރުވެދާނެތީ 2028 ގެ ކުރިންވެސް މުއިއްޒު އެވަނީ ކަންބޮޑުވެފައެވެ. އެކަމަށްޓަކައި ކައުންސިލަތްކުގެ ފިޔަ ކޮށާލުމުގެ މަސައްކަތް އެވަނީ ފަށާފައެވެ. ފުރަތަމަ އެއަތުލައިގަތީ މާލީ ބާރުވެރިކަމެވެ. ގާނޫނުގައި ބުނާ ވަރަށްވެސް ނުދީ އޮތް ފައިސާކޮޅު ކައުނސިލަށް ނުދީ ދިން ފައިސާކޮޅުން ވެސް ކަމެއް ކުރިއަ ނުދީ އެވަނީ ހުރަސް އަޅާފައެވެ. ދެން އެފެށީ އަތޮޅު ކައުންސިލްތައް އުވާލައި އިހުއޮތްގޮތައް އަތޮޅުވެރިން އައްޔަން ކުރުމުގެ މަސައްކަތެވެ. އަދި މުއިއްޒު ގަޔާނުވާ ކައުންސިލަރުންނާމެދު ހަންމުށިއަޅައި އެމީހުން ވަކިކުރެވޭނޭގޮތް ހެދުމުގެ އަމަލީ މަސައްކަތް އެވަނީ ފަށާފައެވެ. އެވަރުންވެސް ކޮންޓްރޯލް ނުވެދާނެތީ މުޅި ކައުންސިލް އުވާލެވޭނެ ބާރުވެސް ނެގުމުގެ މަސައްކަތް މުއިއްޒު އެގެންދަނީ ބާރަށް ކުރިއަށެވެ.

ކޮންމެއަކަސް ލިބުނު ބާރުތަކާއެކުވެސް ރައްޔިތުންގެ ލޯބި ނުހޯދުނުކަން ޚުދު މުއިއްޒުވެސް ގަބުލުކުރާ ކަހަލައެވެ. ހުރިހާކަމެއް އެނގޭކަމަށް ހެދިގެން ކުރާން އައި ވެރިކަމުގެ އަސްލު ރައްޔިތުންނަށް އެނގިއްޖެއެވެ. އެހެންކަމުން ފެންނަނީ ގޮތް ހުސްވެ ހަދާނެ ނުހަދާނެ ގޮތެއް އެނގިވަޑައިނުގަތް އަތްބައިގައި އޮތް ފަހު ކާޑު ޖައްސަވާ ތަނެވެ. މިހާރު މި ފެންނަނީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ ހީލަތްތެރި ރޭވުމެވެ. ދެވަނަ ދައުރެއް ނުލިބިދާނެތީ ކައުންސިލްތަކުގެ ބާރުކޮޅުވެސް އަތަށް ނެގުމުގެ މަކަރުވެރި ޕްލޭން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު