Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޚަލީލެވެ. 121 ދުވަސް ފަހުން ތިޔަކުރެއްވީ ކީއްހެއްޔެވެ؟

ފޮރިން މިނިސްޓަރު ވިދާޅުވަނީ ފޭކް ޕްރިންސް ފަހަދް އަކީ ސައުދީ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ. އަދި އޭނާ އޭރު ރާއްޖެ ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި ކަމަށެވެ. 'ހިސް ރޯޔަލް ހައިނަސް' ގެ ލަގަބު އެރުވީ ކިހިނެއް ކަމެއް ހުދު ހަލީލަކަށްވެސް ނޭނގުނެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2025 | ބުދަ 13:49
ޝާހީ އާއިލާގެ ޕްރިންސެއްކަމަށް ދައްކައިގެން މި ސަރުކާރުން އުޅުނު ފަހަދުއާއި ގުޅޭ ސުވާލުތަކަށް ފޮރިން މިނިސްޓަރުގެ ސާފު ޖަވާބެއް ނެތް

ޝާހީ އާއިލާގެ ޕްރިންސެއްކަމަށް ދައްކައިގެން މި ސަރުކާރުން އުޅުނު ފަހަދުއާއި ގުޅޭ ސުވާލުތަކަށް ފޮރިން މިނިސްޓަރުގެ ސާފު ޖަވާބެއް ނެތް

ގައުމުތަކުގައި ވެރިކަން ކުރައްވާ ފަރާތްތައް ބައްދަލުކުރައްވާ ފަރާތްތަކާއި، އެ ފަރާތްތަކަކީ ކޮން ހައިސިއްޔަތެއްގެ ކޮން ތަނެއްގެ ކޮން ފެންވަރެެއްގެ ކާކުތޯ ބަލާ ބަޔަކުވެސް ތިބެއެވެ. ވަކިން ހާއްސަކޮށް ބޭރުގެ ފަރާތްތަކާއި ބައްދަލުކުރައްވާއިރު، އެމީހަކީ ކޮން ގައުމެއްގެ ކާކުކަމާއި، ކޮން ހައިސިއްޔަތެއް އޮތް މީހެއްތޯއާއި، އެއީ ސަރުކާރެއް، ގައުމެއް ޖަމިއްޔާއެއް ނުވަތަ ސިޔާސީ މީހެއްތޯވެސް ބަލައެވެ. ނަމަވެސް މިފަހަރުވީ އެހެނެއް ނޫނެނެވެ.

މިފަހަރު މިހާރުގެ މިއޮތް ސަރުކާރަށްވީ އެހެންނެއް ނޫންނެވެ. މި ސަރުކާރަށް ދިމާވި ޕްރިންސް އޮފް މަޑަގަސްކަރައިގައި ދިމާވި ފަދަ ކަމެކެވެ. އަނެއްހެން ބުނާނަމަ އޭގެ އަސްލު ވާހަކަ ތަންކޮޅެއް ޒަމާނީކޮށް ފެނުނީއެވެ. މި ސަރުކާރުގައި ތިބީ ހުސް މީދާ ކެއި އުނބުތަކޭ ބުނެވެނީ ސަބަބެއް އޮވެގެންނެވެ. މިސަރުކާރުން މިހާތަނަށް ރެކޯޑް މުގުރާލީވެސް އެފަދަ ކަމެއްގައެވެ. "ފޭކް ޕްރިންސް" އެއް ގެނެސްގެން ދިވެހި ރައްޔިތުންނަށް ދަޅައްކަން އުޅުނީއެވެ. ނަމަވެސް އަތަށް ގޮވީއެވެ. މެއި މަހު ރާއްޖެ އައި އެކްޓަރެއް ސައުދީގެ ޝާހީ އާއިލާގެ ވަލީއަހުދުއަކަށް ހައްދަވާ މި ސަރުކާރުން ބޮޑު ފަލަ ސުރުހީއެއް ޖެހީއެވެ.

މިކަމުގެ މައުލޫމާތ ސާފުކުރުމަށް މަޖިލީހަށް ހާޒިރުކުރީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލެވެ. ޖުލައި މަހުގައި މަޖިލީހަށް ހާޒިރުވާންޖެހޭ ބޭފުޅަކު އޭގެ 121 ދުވަސް ފަހުންވެސް ވަޑައިގެން އުޅުއްވީ ފޭކް ޕްރިންސްގެ ވާހަކަ އެއީ ހަގީގަތެއް ކަމަށް ދެއްކުމަށެވެ. ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. މުޅިންވެސް މައުޟޫއާއި ފެއަށް ޖެހިވަޑައިގެންނެ ދެއްކެވީ ކަމާއި ގުޅުން ނެތް ވާހަކަތެކެވެ. ހަލީލުގެ ޒިންމާދާރުކަމެއް ނެތް ކަން ހާމަވާ ކަމަކީ ޖުލައިމަހުގައި ޖަވާބުދެއްވަން ވަޑައިގަންނަވަން ޖެހޭ އިރު އެ ބޭފުޅާއަށް ވަގުތެއްވެވަޑައިގެންނެވީ 121 ދުވަސް ފަހުން ކަމުންނެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވީ ވަރަށް ސާފު ސާދާ ދުވާލެވެ. އެ ސުވާލުގައި ވަނީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެ، 5 މެއި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ "ޕްރިންސް" ފަހަފް ސައުދު އަލް ޝަލަންއަކީ ސައުދި އަރަބިއްޔާގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ފަރާތެއްތޯއެވެ. އަދި އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯއެވެ. މީގެ އިތުރުން އެފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަވްތާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާއި ހިލާފަށް ނަމަ، ދިވެހިރާއްޖެއާއި ސައުދީ އާ ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއްކޮށްފާނެތޯއެވެ.

ސުވާލު ވަރަށްވެސް ސާފެވެ. ނަމަވެސް މި ސުވާލަށް ހަލީލު ޖަވާބުދޭން ވަޑައިގަތީ 121 ދުވަސް ފަހުންނެވެ. ވަޑައިގެންނެވި އިރު ހުންނެވީ ހާސްވެ ބިރުންނެވެ. ވިދާޅުވާއެއްޗެއް ހުދު ހަލީލަކަށްވެސް ފަހުމް ނުވާފަދައެވެ. ވާނީވެސް އެހެންތާއެވެ. ހަލީލު ވަޑައިގެންނެވީ މި ސަރުކާރުން އެނަމުން ނަންދީފައިވާ ލަގަބަކާއި ގުޅުވާލާ ދޮގުހެދުމަށެވެ. ހަލީލުގެ ޖަވާބުތައް ދިޔައީ ފަޓާސް ބަރިއެއް ގޮވަމުންދާއިރު މިސްރާބެއް ނެތް ފަދައިންނެވެ.

ރައީސް އޮފީހުން މި ހަބަރު ޖަހާ ސޯޝަލް މީޑިއާއަށް ދޫކޮށްލި އިރު ޖަހާފައި އިނީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށެވެ. ރައީސް މުޢިއްޒު "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން އޮފް ސައުދީ އަރަބިއްޔާ" ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރެއް ޝާއިއުކުރީ މާޗު މަހުގެ ފަސްވަނަ ދުވަހެވެ. ރައީސް އޮފީހުން ޝާއިއު ކުރި އެ ހަބަރާއެކު ވަރަށް ބޮޑަށް އާމުންގެ ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް ސަރުކާރުން ގޮތްދޫނުކޮށް ދިޔައީ އެއީ އަސްލެއްކަމަށް ދައްކަން މަސައްކަތް ކުރަމުންނެެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ބުނެ، ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. ސައުދީ އަރަބިއްޔާގައި އެ ލަގަބު ލިބެނީ އަބްދުލްއަޒީޒް އިބްނު ސައުދު ރަސްގެފާނުގެ ދަރި ދަރިކަލުންނާއި ދަރި ދަރިކަނބަލުން އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށެވެ. ނަމަވެސް މިވަރުގެ ޑިޕްލޮމަސީއަކާއި ބައިނަލްއަގުވާމީ ދުނިޔެ ދަންނަ އާދަމުގެ ދަރިއެއް މި ސަރުކާރުގައި ނެތެވެ. ތިބީ ހުސް ރޯނު އެދުރުންނެވެ.

"ހިސް ރޯޔަލް ހައިނެސް" އަކީ ރަސްގެފާނުގެ ދަރިންނާއި ކާފަ ދަރިކަލުންނަށް ބޭނުންކުރާ ލަގަބެކެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު ފަހަދުއަށް އަރުވާފައި އޮތް ލަގަބަކީ "ހިޒް ރޯޔަލް ހައިނެސް" އެވެ. ދެރަވަރު ކަންކަމެވެ.

މެންބަރު މީކާއިލްގެ ސުވާލުގައި އޮތީ ފަހުދު ސައުދު އަލް ޝަލަންއަކީ ސައުދީގެ ޝާހީ އާއިލާގެ ބޭފުލެއްތޯއެވެ. ނަމަވެސް މި ސުވާލަށް ހަލީލަށް ޖަވާބުދޭން ކެރިވަޑައި ނުގަތެވެ. ސުވާލާއި ނުގުޅޭ ޖަވާބު ދެއްވަމުން ދިޔައިރު ހުދު ހަލީލަކަށް އޭނާ އަމިއްލައަށް ބަރަހަނާވަމުންދިޔަކަމެއް ނުވިސްނުނެވެ. ސުވާލުގައި އޮތީ އެއީ ޝާހީ އާއިލާގެ ބޭފުޅެއް ހެއްޔެވެ. ހަލީލުގެ ޖަވާބުގެ އާނއެކޭ ބުނަން ނުކެރި ވިދާޅުވީ ފަހަދް އަކީ ސައުދީ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ. އަދި އޭނާ އޭރު ރާއްޖެ ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި ކަމަށާއި، އެއީ އަމިއްލަ ބައެއް މަސައްކަތް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ހަލީލެވެ. މަގާމަށް ކުފޫ ހަމަވާކަމަށް ގަބޫލުކުރައްވަންތޯއެވެ. އަޅުގަނޑަށް ހިޒް ރޯޔަލް ހައިނެސް އެނގިވަޑައި ނުގަތަސް ހަލީލުއަށް އެކަން އެނގެން ޖެހެއެވެ. އަޅުގަނޑަށް ފަހަދު އަކީ ކާކުކަން ނޭނގުނަސް އެއީ ސައުދީ ޝާހީ އާއިލާގެ ވަލީއަހުދެއް ނޫންކަން ހަލީލަށް އެނގެންޖެހެއެވެ. ހަލީލެވެ. ނަމުގެ ކުރިއަށް ޑަކްޓަރު އިނަސް އަދި ވާކަށް ނެތެވެ. މިއީ މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ދިވެހިން ލަދުގަންނުވާލި ކަމެކެވެ. މި ސަރުކާރުގައި ޑިޕްލަމަސީއާއި ސިޔާސަތްތަކާއި ހާރިޖީ ގުޅުންތައް އެނގޭ މީހަކު ނެތްކަން ހާމަވާ އަލިގަދަ ހެއްކަކީ މިއެވެ. މި ސަރުކާރުން ހިންގަން އުޅުނީ ސްކޭމެވެ.

ހަލީލެވެ. މެންބަރު މީކާއިލްގެ ސުވާލަށް ޖަވާބު މިއަދު ނުދެއްވިއަސް އަދި ދެއްވަން ބޭނުންފުޅު ނުވިޔަސް ރައީސް އޮފީހުގެ ވެބްސައިޓުގައި 'ހިސް ރޯޔަލް ހައިނެސް' ޖަހާފައި ހުރި ހަބަރުތަކާއި ފޮޓޯތައް ނަގަން ސައުދީ އެމްބަސީއިން ހަރުކަށި އިންޒާރަކާއެކު ރައީސް އޮފީހަށާއި ހަލީލަށް އެންގިއެވެ. ހަލީލެވެ. ސައުދީގައި ވެރިކަން ކުރަނީ ކޮންބައެއްކަމާއި ޝާހީ އާއިލާގައި ތިބީ ކޮންބައެއްކަން ހަލީލަކަށް ނޭނގުނަށް ދިވެހިންނަށް އެނގެއެވެ. ގުބޯ ހެއްދި ޒަމާން ގޮސް މާޒީވެއްޖެއެވެ.

އެންމެ ކުޑަމިނުން ފަހަދުގެ ވާހަކައެއް ވިކިޕީޑިއާއެކުވެސް ނެތެވެ. އޭނާއަކީ ކާކުކަންވެސް އެނގޭ ބަޔަކު ނެތެވެ. ގޫގަލް ސަރޗްގައިވެސް ޖަހައިގެން ހުދު ގޫގަލްއަކަށްވެސް އެއީ ކާކުކަން ނޭނގެއެވެ. ހަލީލެވެ. ގޫގަލްއަށް އެއްވެސް އެއްޗެއް ސާފެއް ނުވިނަމަވެސް 'ފޭކް ޕްރިންސް' އެއް ގެނެސްގެން ކުޅުނު ޗަރުކޭސްއަކީ ކޮބައިކަން އެނގި ފަޟީހަތްވެއްޖެއެވެ. ވެގެން އުޅޭގޮތަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހަޑިމުޑުދާރުކަމުންނައި ޑިޕްލޮމަސީ ނެތުމުގެ ސަބަބުން މި ސަރުކާރަށް އިންވެސްޓްކުރާނެ ބޭރުގެ އެއްވެސް އިންވެސްޓަރެއް ނެތީއެވެ. އެންމެ ފަހުން ފަހަދަކީ އިންވެސްޓަރަކަށް ހަދައިގެން ގެނެސް ވަލީއަހުދެއްގެ ލަގަބުދީ ބޮޑު ޑްރާމާއެއް ކުޅުނީއެވެ.

ހަލީލުގެ ވާހަކައިންނާއި، ޖަވާބުންނާއި ރައީސް އޮފީހުގައި ހުރި ފޮޓޯ އާއި ހަބަރުތައް ޑިލީޓްކޮށްލުމުންވެސް މިކަން ނިކަން ރަނގަޅަށް ސާފުވެއްޖެއެވެ. ހަލީލެވެ. ނުވަންޏާ އިސްތިފުދެއްވާ ވަޑައިގަންނަވާށެވެ. ދިވެހިން އިތުރަށް ލަދުގަންނަވަން ނޫޅުއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު