Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަހަރަމެން ކުޅެނީ ފާޑު ކިޔާ މީހުންގެ އަނގަ ބަންދުކުރާކަށް ނޫން: ޒަވީ

21 ފެބުރުއަރީ 2024 | ބުދަ 06:39

ޒަވީ ބުނީ، މިފަހަކަށް އައިސް އޭނާ އަށް އެތަައް އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި، ބައެއް ޙާލަތްތަކުގައި ރުޅި އަންނަ ކަހަލަ ކަންކަން ވެސް ދިމާވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2024 | ބުދަ 06:39
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ބާސެލޯނާ އިން ކުޅެނީ ފާޑު ކިޔާ މީހުންގެ އަނގަ ބަންދުކުރުމުގެ ބޭނުމުގައި ނޫން ކަމަށް، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އިންޓަލީގެ ނަޕޯލީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޒަވީ ބުނީ، މިފަހަކަށް އައިސް އޭނާ އަށް އެތަައް އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި، ބައެއް ޙާލަތްތަކުގައި ރުޅި އަންނަ ކަހަލަ ކަންކަން ވެސް ދިމާވާ ކަމަށެވެ. ޚާއްސަކޮށް ގިނަ މީޑިއާތަކުގައި ދައްކަމުން އަންނަ ވާހަކަތަކުގެ ސަބަބުންް ރުޅި އާދެވޭ ކަމަށް ވެސް ޒަވީ ބުންޏެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޒަވީ ފާހަގަ ކުރީ، ގިނަ ފަހަރު ފަތުރާ ވާހަކަތަކުގައި ހަގީގަތެއް ނެތުމެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން ކުޅޭނީ އެ ކުލަބުގެ ސަޕޯޓަރުންނަށްޓަކައި ކަމަށާއި އެއްވެސް ޙާލަތެއްގައި ފާޑު ކިޔާ މީހުންގެ އަނގަ ބަންދު ކުރަން ނޫން ކަމަށް ވެސް ޒަވީ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ، އޭނާ ދެކޭ ގޮތުގައި މިއީ ނަޕޯލީ ކަހަލަ ޓީމަކާ ދެކޮޅަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ. އެއީ ކުއްލި ގޮތަކަށް އެ ޓީމުގެ ކޯޗު ވަކިކޮށް، އެހެން ކޯޗެއް ގެނެސްފައިވާތީ ކަމަށް ވެސް ޒަވީ ބުންޏެވެ. އެހެން ނަމަވެސް، ނަޕޯލީގެ އައު ކޯޗަށް ވެސް އެ ޓީމުގެ ކުޅުންތެރިން އެނގޭނެ ކަމަށާއި، އޭނާ އަކީ މީގެ ކުރިން އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ހުރި މީހެއް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

އިތުރަށް ޒަވީ ބުނީ، މެޗަށް ނުކުންނައިރު ބާސެލޯނާ އަށް އެންމެ މުހިންމީ އަމިއްލަ ޓީމަށް ފޯކަސް ކުރުން ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ސަމާލުކަން އޮންނަން ޖެހެނީ ރަނގަަޅު ކުޅުމެއް ދައްކައި، ޑިފެންސްގައި ރަނގަޅަށް ކުޅެ، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ ނަޕޯލީ އަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއް ކަމަށެވެ. ޚާއްސަކޮށް އެ ޓީމުގެ ވަކިވަކި ކުޅުންތެރިން ހުނަރު މޮޅުކަން އޭނާ ފާހަގަ ކުރި އެވެ.

ޒަވީ ވަނީ މި ސީޒަނަށްފަހު ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ. އެކަން އޭނާ ވަނީ ކުލަބަށް ވެސް އަންގައިފަ އެވެ. އެ ނިންމުމާ ގުޅޭ ގޮތުން މީގެ ކުރިން ޒަވީ ބުނެފައި ވަނީ، ބާސެލޯނާ އަށް މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ނަމަވެސް، އޭނާގެ ނިންމުން ބަދަލު ނުކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2018

ބުފޮން އިޓަލީއަށް ކުޅެނީ އަސްޓޯރީގެ ހަނދާނުގައި!

20 މާރިޗު 2018
ބުފޮން އިޓަލީއަށް ކުޅެނީ އަސްޓޯރީގެ ހަނދާނުގައި!
27 ސެޕްޓެމްބަރު 2017

ފާޑުކިޔާ މީހުންނަށް ރޮނާލްޑޯގެ ހޫނު ރައްދެއް

27 ސެޕްޓެމްބަރު 2017
ފާޑުކިޔާ މީހުންނަށް ރޮނާލްޑޯގެ ހޫނު ރައްދެއް
07 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!

07 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!
21 އޯގަސްޓު 2017

ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި

21 އޯގަސްޓު 2017
ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި
03 ޖޫން 2017

ރާޅާ އަޅާ މީހުންގެ ހެދުން އީޖާދު ކުރި ޖެކް އޯނީލް މަރުވެއްޖެ

03 ޖޫން 2017
ރާޅާ އަޅާ މީހުންގެ ހެދުން އީޖާދު ކުރި ޖެކް އޯނީލް މަރުވެއްޖެ
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
02 އެޕްރީލު 2017

އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ

02 އެޕްރީލު 2017
އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް