Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖިއަންލުއީޖީ ބުފޮން

ބުފޮން އިޓަލީއަށް ކުޅެނީ އަސްޓޯރީގެ ހަނދާނުގައި!

20 މާރިޗު 2018 | އަންގާރަ 10:19

އަސްޓޯރީ އަކީ ބުފޮން އާއެކު އިޓަލީގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 މާރިޗު 2018 | އަންގާރަ 10:19
ބުފޮން އަސްޓޯރީއާއެކު

ބުފޮން އަސްޓޯރީއާއެކު

އިޓަލީގެ ގައުމީ ޓީމަށް އަނެއްކާ ވެސް ކުޅެން ނިންމީ ދާދިފަހުން މަރުވި ފިއޮރެންޓީނާގެ ކެޕްޓަން ޑަވިޑޭ އަސްޓޯރީގެ ހަނދާނުގައި ކަމަށް ޖިއަންލުއީޖީ ބުފޮން ބުނެފިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އުމުރުން 31 އަހަރުގެ އަސްޓޯރީއަކީ އިޓަލީގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުންދިޔަ ކުޅުންތެރިޔެކެވެ. އޭނާގެ މަރާއި ގުޅިގެން އިޓަލީގެ ފުޓްބޯޅައިގެ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވަނީ ހަމްދަރުދީގެ މެސެޖުތަކެއް ވެސް ފޮނުވާފައެވެ. އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެގެންހުރި ލުއީޖީ ޑި ބިއާޖިއޯގެ އިރުޝާދުގެ ދަށުން އެ ޓީމު އާޖެންޓީނާ އަދި އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗުތަކަށް ނެގި ސްކޮޑުން ބުފޮންއަށް ޖާގަދިން ނަމަވެސް އޭނާ އެ ދައުވަތު ގަބޫލުނުކުރާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

އެހެން ނަމަވެސް ބުފޮން ބުނެފައިވަނީ ގައުމީ ޓީމަށް އަނެއްކާ ވެސް ކުޅެން ނިންމީ އަސްޓޯރީގެ ހަނދާނުގައި ކަމަށާއި އެގޮތަށް އެކަން ނުކުރުމަކީ ގޯސްކަމެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ. އުމުރުން 40 އަހަރުގެ ކީޕަރު ބުނީ ދުވަހަކު ވެސް ގައުމީ ޓީމުން ރިޓަޔާކުރި ވާހަކަ ބުނެފައިނުވާނެ ކަމަށާއި އޭނާއަކީ ބަހުގެ އިތުބާރު ދަމަހައްޓާ މީހެއް ކަމަށެވެ. ހަމައެހެންމެ ވަގުތީ ކޯޗަކީ ވަރަށް ރަނގަޅު ކޯޗެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި މި ނިންމުން ނިންމީ ކޯޗާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ހަމައެހެންމެ ޒުވާން ކުޅުންތެރިންނަށް ހުރަސް އަޅަން ބޭނުންނުވާ ކަމަށާއި ޒުވާން ކުޅުންތެރިންނަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ބުފޮން ބުނެފައިވެއެވެ.

ބުފޮން ވަނީ ސްވިޑެން އަތްދަށުވެ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓަލީ ކޮލިފައިނުވުމާއެކު ގައުމީ ޓީމަށް ދެން ނުކުޅޭނެ ކަމަށް ބުނެފައެވެ. އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ ޕްލޭއޮފްގައި 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ސްވިޑެން އަތުން ބަލިވުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އޭގަފަހުން ދިން އިންޓަވިއުއެއްގައި ބުފޮން ބުނީ 80 އަހަރުވިޔަސް ގައުމީ ޓީމަށް ކުޅެން މީހަކު ގޮވާލައިފިނަމަ އެކަމަށް އިޖާބަދޭނެ ކަމަށެވެ.

އިޓަލީ ގައުމީ ޓީމަށް 20 އަހަރަށް ފަހު ކުޅުން ހުއްޓާލި ކަމަށް ބުނި މިހާރު އުމުރުން 39 އަހަރުގެ ބުފޮން ވަނީ އެޓީމަށް 175 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އިޓަލީ ޓީމާއެކު 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

ޔުވެންޓަސްއަށް އައުމަށް ޑޮނަރޫމާއަށް ބުފޮން ދައުވަތު ދީފި

02 ޖެނުއަރީ 2018
ޔުވެންޓަސްއަށް އައުމަށް ޑޮނަރޫމާއަށް ބުފޮން ދައުވަތު ދީފި
23 ޑިސެމްބަރު 2017

80 އަހަރު ވިޔަސް ޔުވެންޓަސްއާ އިޓަލީއަށް ކުޅޭނަން: ބުފޮން

23 ޑިސެމްބަރު 2017
80 އަހަރު ވިޔަސް ޔުވެންޓަސްއާ އިޓަލީއަށް ކުޅޭނަން: ބުފޮން
13 ޑިސެމްބަރު 2017

2020 ވަނަ އަހަރުގެ ޔޫރޯގައި ފެނިދާނެ: ބުފޮން

13 ޑިސެމްބަރު 2017
2020 ވަނަ އަހަރުގެ ޔޫރޯގައި ފެނިދާނެ: ބުފޮން
28 ނޮވެމްބަރު 2017

ގައުމީ ޓީމުން ނެގީ ބްރޭކެއް، 60 އަހަރުވިޔަސް ކުޅޭނަން: ބުފޮން

28 ނޮވެމްބަރު 2017
ގައުމީ ޓީމުން ނެގީ ބްރޭކެއް، 60 އަހަރުވިޔަސް ކުޅޭނަން: ބުފޮން
14 ނޮވެމްބަރު 2017

ފެންކަޅިވެހުރެ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފި

14 ނޮވެމްބަރު 2017
ފެންކަޅިވެހުރެ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފި
14 ނޮވެމްބަރު 2017

ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!

14 ނޮވެމްބަރު 2017
ބައި ގަރުނަށްފަހު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އިޓަލީއަށް ބޮޑު ލަދެއް!
07 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!

07 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!
30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް