Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިޚާބު 2024

މަޖިލިސް އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމުގެ ބިލް ތަސްދީގުކުރައްވައިފި ނަމަ ކުރަން ޖެހޭ ކަންކަން ކުރާނަން - އީސީ

އެއްވެސް ސިޔާސީ ޕާޓީއަކުން އަދި އިދާރާއަކުން ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން ތާއީދެއް ނުކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2024 | އަންގާރަ 10:26
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހުން ބޭއްވުމުގެ ބިލް ތަސްދީގުކުރުމާ އެކު، އެ ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބު 2024ގެ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ފުއާދު ވިދާޅުވީ އެ ބިލު މިހާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށާއި އަދި އެ ބިލު ތަސްދީގުނުކުރައްވާ ކަމަށެވެ. އެހެންކަމުން އެ ބިލް ތަސްދީގުކުރައްވަންދެން މިހާރު ހަމަޖެހިފައިވާ ގޮތަށް މާރޗް 17 އިގައި އިންތިޚާބު ބޭއްވުމަށް ތާވަލާއި އެއްގޮތަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް ބިލް ތަސްދީގުކުރައްވައިފި ނަމަ އިންތިޚާބުގެ ތާރީޚު ބަދަލުކޮށް އެންމެ ފުރަތަމަ ވެސް ޤައުމީ ލަފާދޭ ކޮމިޓީ އާއި މަޝްވަރާކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރޯދަ މަހު އިންތިޚާބު ނުބާއްވަން ހުށަހެޅި އިސްލާހާ ސަރުކާރު މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. ރަމަޟާން މަހުގެ އެއްވެސް ދުވަހެއްގައި އިންތިޚާބު ނުބޭއްވޭގޮތަށް، އިންތިޚާބާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް ނިންމާ ބިލް ފާސްކުރަން ވޯޓަށް އެހީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބިލް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 11 ބޭފުޅުން ވޯޓު ދެއްވިއެވެ. އޭގެތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. މަޖިލީހަށް ހާޒިރުވެ ތިބީ 50 މެމްބަރުންނެވެ. އެ ބިލް ބަލައިގަތީ 39 މެމްބަރުންގެ ވޯޓާ އެކުގައެވެ. ބިލް ފާސްވާން ބޭނުން ވަނީ 26 މެމްބަރުންގެ ވޯޓެވެ.

ބިލުގެ ކޮމިޓީ މަރުހަލާއާމެދު ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވަނީ ހުށަހެޅުމެއް ލިބިފައެވެ. އެއީ 5 މެމްބަރުންގެ ކޮމިޓީއަކުން ބިލް ދިރާސާކުރެއްވުމެވެ. ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި އެ އިސްލާހަށް ތާއީދުކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ. އެގޮތަށް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ ވޯޓާ އެކުގައެވެ. އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަަމަށް 12 މެމްބަރުން ވޯޓުދެއްވިއެވެ.

އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެގޮތުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާފައިވެއެވެެ. 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

އެ ބިލަށް ވާހަކަދެއްކި ގިނަ މެމްބަރުން ވަނީ ރޯދަ މަހު އިންތިޚާބު ބޭއްވުމަށް ތާއީދު ނުކުރާކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ވޯޓަރސް ޓަރންއައުޓް އިތުރަށް ދަށްވާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުތަކާބެހޭ ގާނޫނަށް އަދިވެސް ގެންނަން ޖެހޭ އިތުރު ބަދަލުތައް ހުރިކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިހާރު ގެންނަ އިސްލާހުގައި ބުނާގޮތުން އިންތިޚާބާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރޯދަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އެއީ ކޮމިޝަނުން އެންމެ ބޭނުންވާ ގޮތް ނޫންކަމަށާއި މިއީ މަޖުބޫރު ނިންމުމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މަޖިލިސް އިންތިޚާބަށް ލަފާދޭ ގައުމީ ކޮމިޓީގައި ހިމެނޭ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި އިދާރާއަކުން ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން ތާއީދެއް ނުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު