Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާނުގެ ޖަވާބު

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

19 ފެބުރުއަރީ 2024 | ހޯމަ 06:48

ބާނާ މަހަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން މިއަދު މަސްވެރިންނަށް ވަނީ ގެއްލިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ފެބުރުއަރީ 2024 | ހޯމަ 06:48
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ޑޮލަރުން މަސްވެރިންނަށް ފައިސާދެއްވަން ކަމަށާއި ނަމަވެސް ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަަނީކަމަށް އެމްޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވަމުން އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިއްމު އެއްދާއިރާ އަކީ މަސްވެރިކަން ކަމަށާއި، މަސްވެރިކަމާ ގުޅޭ ހަރުދަނާ އެއްވެސް ސިޔާސަތެއް ރިޔާސީ ބަޔާނަކު ނެތް ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، 2022 ވަނަ އަހަރަކީ ފާއިތުވީ 17 އަހަރު ތެރޭ އެންމެ ގިނައިން މިފްކޯއިން މަސް ގަތް، އަދި ތާރީޚުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރުކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، 2022 ވަނަ އަހަރު އެކަނިވެސް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ،

މެމްބަރު ވިދާޅުވީ، 48 ގަޑިއިރު ތެރޭގައި ޑޮލަރުން މަސްވެރިންނަށް ފައިސާދެއްވާނެކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު، އެންމެ ކުޑަމިނުން ރުފިޔާއިންވެސް މަސްވެރިންގެ ފައިސާކޮޅު ނުދެވޭ ކަމަށާއި، ބާނާ މަހަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން މިއަދު މަސްވެރިންނަށް ގެއްލިފައިވާ ކަމަށެވެ.

މަޖިލީހުގައި 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސާލިޙު ވަނީ މަސްވެރިން ބާނާ މަހުގައި ހޫނު ކަމެއް ހުންނާނީ ކިރާ މަހުގައި ފިނި ކަމެއް ހުރެގެން ކަމަށް ވިދާޅުވެފައެވެ.

އެކަމަށް އަލިއަޅުވާލައްވާ މެމްބަރު ވިދާޅުވީ، މަސްވެރިން ބާނާ މަސް ގަނެ ޕްރޮސެސްކޮށް، މަސްވެރިންނަށް މަހުގެ އަގު ހޯދައިދިނުމަށް އެމްޑީޕީ ސަރުކާރުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ މަޝްރޫޢުތައް މިހާރު ހުއްޓާލާފައިވާކަމަށެވެ.

އޭގެ އިތުރުން، މަހުގެ އަގު ސަސްޓެއިން ކުރަން އެންމެ މުހިއްމު ކަމަކީ ކުޅަދާނަ ފޮރިން ޕޮލިސީއެއް އޮތުންކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރާ ދިވެހި މަހުން ނަގާ ޓެކްސް ކުޑަކުރުމަށް ކުރިއަށް ދިޔަ މަޝްވަރާ ބާރަށް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ.

 އެހެން ނަމަވެސް ކޮންމެ ދުވަހަކަމެ ފެންނަނީ ފޮރިން ޕޮލިސީ ފެއިލް ވަމުން އަންނަ މަންޒަރުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ފައިސާ ނުދޭ މައްސަލައާ ގުޅިގެން ގއ. ކޫއްޑޫގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2018

މަސްވެރިންނަށް މަކަރާއިި ހީލަތް ހެދުން ހުއްޓާލާ: އެމްޑީޕީ

18 އެޕްރީލު 2018
މަސްވެރިންނަށް މަކަރާއިި ހީލަތް ހެދުން ހުއްޓާލާ: އެމްޑީޕީ
25 ޖެނުއަރީ 2018

މުސާރައިގެ އެއްބައި ނަގާ މީހަކު މިލިއަން ޑޮލަރުން ހޭދަކުރާ ގޮތް ނުބެލޭ ނަމަ އިންސާފެއް ނެތް: ލޯޔަރު ވައްޑެ

25 ޖެނުއަރީ 2018
މުސާރައިގެ އެއްބައި ނަގާ މީހަކު މިލިއަން ޑޮލަރުން ހޭދަކުރާ ގޮތް ނުބެލޭ ނަމަ އިންސާފެއް ނެތް: ލޯޔަރު ވައްޑެ
17 ޑިސެމްބަރު 2017

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު

17 ޑިސެމްބަރު 2017
މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު
11 ޑިސެމްބަރު 2017

ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށް ވައުދުވެފައިވާ ކަންކަން ކޮށްދޭން ޖެހޭ: ރައީސް މައުމޫން

11 ޑިސެމްބަރު 2017
ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށް ވައުދުވެފައިވާ ކަންކަން ކޮށްދޭން ޖެހޭ: ރައީސް މައުމޫން
24 ނޮވެމްބަރު 2017

ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު

24 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު
13 ނޮވެމްބަރު 2017

ސިންގަޕޫރުގެ ހައިކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އޭޑީކޭ ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާ ކޮށްފި

13 ނޮވެމްބަރު 2017
ސިންގަޕޫރުގެ ހައިކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އޭޑީކޭ ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާ ކޮށްފި
09 ސެޕްޓެމްބަރު 2017

ވައުދުވީ ފަސް އަހަރު ތެރޭ ތެޔޮ ނަގާކަށް ނޫން، ތެލުގެ ވައުދު ފުއްދިއްޖެ: ޝައިނީ

09 ސެޕްޓެމްބަރު 2017
ވައުދުވީ ފަސް އަހަރު ތެރޭ ތެޔޮ ނަގާކަށް ނޫން، ތެލުގެ ވައުދު ފުއްދިއްޖެ: ޝައިނީ
30 އެޕްރީލު 2017

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް