Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

މެންޗެސްޓަރ ޔުނައިޓެޑަށް މުހިއްމު މޮޅެއް، ގަދަ ހަތަރެއްގެ އުއްމީދު އެބައޮތް!

ޔުނައިޓެޑާ ގަދަ ހަތަރަކާ ދެމެދު 5 ޕޮއިންޓް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 19 ފެބުރުއަރީ 2024 | ހޯމަ 04:32
ހޮއިލުންޑް ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހުމަށްފަހު އެހެން ކުޅުންތެރިންނާއެކު

ހޮއިލުންޑް ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހުމަށްފަހު އެހެން ކުޅުންތެރިންނާއެކު

އިނގިރޭސި ޕްރިމިއަރ ލީގުގައި މުހިއްމު މޮޅެއް ހޯދާ, މެންޗެސްޓަރ ޔުނައިޓެޑުން ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފި އެވެ.

ލީގުގައި ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދީ ލޫޓަން ޓައުން ދަނޑުގައި, 2-1 ން ކުރި ހޯދައިގެންނެވެ. މެޗުގައި ވިދާލީ ރަސްމުސް ހޮއިލުންޑް އެވެ. މެޗުގެ ފުރަތަމަ މިނިޓްގައި ލަނޑު ޖަހާ އޭނާ ޔުނައިޓެޑަށް ކުރި ހޯދައިދިނެވެ. އަދި 7 ވަނަ މިނިޓްގައި ދެވަނަ ލަނޑެއް ޖަހާ މޮޅެއްގެ އުއްމީދު ބޮޑު ކޮށްދިނެވެ. މެންޗެސްޓަރ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ޕްރިމިއަރ ލީގުގެ ހަ މެޗުގައިވެސް ލަނޑު ޖަހާ ރަސްމުސް ހޮއިލުންޑް ހުރީ ތަފާތު ފޯމެއްގައެވެ. މެޗުގައި ލޫޓަން ޓައުންއަށް ލަނޑު ޖަހައިދިނީ ކާލްޓަން މޮރިސް އެވެ.

މެޗުން މޮޅުވިޔަސް ގަދަ ހަތަރަކާ ޔުނައިޓެޑާ ދެމެދު އަދިވެސް ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ހަތަރު ވަނަގައި އެސްޓަން ވިލާ އޮތީ 25 މެޗުން 49 ޕޮއިންޓާ އެކުއެވެ. ޔުނައުޓެޑް އޮތީ 25 މެޗުން 44 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ 47 ޕޮއިންޓާއެކު ޓޮޓްނަމް އެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު