Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޖުރަވެރި ދިރުންތައް ނެތިދިއުން

ހިތްގައިމު އެތައް ދިރުމެއް އަހަރެމެންނަށް ދެން ނުފެނިދާނެކަމުގެ އިންޒާރު!

ދިރުންތަކުގެ ހިޔާވަހިކަން ނުވަތަ ވަޒަން ގެއްލުމުގެ މައްސަލަ، 75 ޕަސެންޓް ދިރޭތަކެއްޗަށް ވަނީ ކުރިމަތިވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2024 | ހޯމަ 05:34
ހިޖުރަވެރި ދިރުންތަކަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ވަނީ އަހަރެމެން އިންސާނުންގެ ފަރާތުން

ހިޖުރަވެރި ދިރުންތަކަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ވަނީ އަހަރެމެން އިންސާނުންގެ ފަރާތުން

ދައްކަން މި އުޅެނީ ހިޖުރަވެރި ދިރުންތަކުގެ ވާހަކައޭ ބުނެފިނަމަ ލިބޭ ސަމާލުކަމަށް ވުރެ އިތުރު ވާނީ "އަޑު ނުއިވޭ" ކަންފަތްތަކެވެ. އެހެން ނަމަވެސް، ދިވެހި ފަސްގަނޑުގައި ގުޑުގުޑާ ދޫނި ބައިގަނޑެއް ތިރިކޮށްލައިގެން ތިބޭ މަންޒަރު ފެނި، އެ ދިމާއަށް ދުއްވައި ނުގަންނަ މީހަކު މަދުވާނެއެވެ. ކަން ވާނީވެސް އެހެންނެވެ. އެއީ އިންސާނީ ޠަބިއްޔަތެވެ. ޒާތީ ފައިދާއެއް ނުވަތަ އުފަލެއް ނެތް ކަމަށް ހީވާ ކަމަކަށް ސަމާލުކަން އޮންނަނީ ނުދެވިފައެވެ. ނަމަވެސް އެއީ އަދި ރަނގަޅު ގޮތެއް ނޫން ކަން ޤަބޫލު ކުރަން ޖެހެއެވެ. ކުރިން މި ފާހަގަ ކުރި، ހިޖުރަވެރި ގުޑުގުޑާ ދޫނީގެ ވާހަކަ ދައްކަން ޖެހެނީވެސް އެ ފަދަ ކަމަކާ ދިމާވެގެންނެވެ. ސެހެރިގަނޑު ދިގުނުކޮށް، ސީދާ މަޢުލޫއަށް ދަމާ ހިނގާށެވެ.

ދުވަހަކީ މި ހިނގާ ފެބުރުއަރީ މަހުން 12 ވަނަ ދުވަހެވެ. ޤުދުރަތީ ދިރުންތަކާއި ތިމާވެއްޓަށް ލޯބިކުރާ އެތައް ބަޔަކަށް ސިހުން ގެނުވި ރިޕޯޓެއް އދއިން ޝާޢިއު ކުރިއެވެ. އެ ރިޕޯޓަކީ ހިޖުރަވެރި ދިރުންތަކާ ބެހޭ ގޮތުން އދއިން ތައްޔާރުކޮށް، ޢާންމުކުރި ފުރަތަމަ ރިޕޯޓެވެ. އދގެ ރިޕޯޓް ބުނާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިޖުރަވެރި ދިރުންތަކުގެ 5 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ދިރޭތަކެތި މިހާރު އޮތީ ނެތި ދިއުމުގެ ތުންފަތްމަތީގައެވެ. ހުރިހާ މައްސަލައަކީ މޫސުމީ ނޭދެވޭ ބަދަލުތަކާއި، އެ ދިރުންތަކުގެ ވެއްޓަށް ނަހަމަ ގޮތުގައި އިންސާނުން އަތްގަދަ ކުރުމެވެ.

ދުނިޔޭގެ ހުރަހަށާއި ދިގަށް ފެތުރިފައި ވާ ބިންތަކާއި، ސަހަރާތަކާއި ކަނޑުތަކުގައި ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ދިރޭތަކެއްޗެއް، އެއް ތަނުން އަނެއް ތަނަށް ހިޖުރަކުރެއެވެ. ދަރިފަސްކޮޅު ޢާލާ ކުރުމަށާއި ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް، ހިޖުރަވެރި ދިރުންތަކަށް ކުރިމަތިލާންޖެހޭ ނެދެވޭ ޕްރެޝަރު ބޮޑުވަމުން ގޮސް، ހީނަރުވަމުން ދަނީ އެ ދިރުންތަކުގެ ޢާބާދީ އެކަންޏެއް ނޫނެވެ. އެ ދިރުންތަކުގެ ކާބޯތަކެތީގެ ސަޕްލައަށް ބުރޫ އަރައެވެ. ނުވިތާކަށް، ޢާންމު ދިރިއުޅުމަށްވެސް ބުރޫ އަރާ ކަން، އދގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ހިޖުރަވެރި ދިރުންތަކަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ވަނީ އަހަރެމެން އިންސާނުންގެ ފަރާތުންނެވެ. ޝިކާރަ ކުރުމާއި، މަސްބޭނުމާއި، ޤުދުރަތީ ވެށީގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ޢަމަލުތަކުގެ ސަބަބުންނެވެ. ނަތީޖާއަކަށް ވީ، އދއިން އެކުލަވާލާފައިވާ ހިޖުރަވެރި ދިރުންތަކުގެ ލިސްޓުގެ 70 ޕަސެންޓް ދިރޭތަކެއްޗަށް، މި ކަންކަމުގެ ނޭދެވޭ އަސަރުތައް ފޯރުމެވެ.

ދިރުންތަކުގެ ހިޔާވަހިކަން ނުވަތަ ވަޒަން ގެއްލުމުގެ މައްސަލަ، 75 ޕަސެންޓް ދިރޭތަކެއްޗަށް ވަނީ ކުރިމަތިވެފައެވެ. އެކަހެރިކޮށް އޮތް ޤުދުރަތީ ވެށީގެ ނިޒާމުތައް ގުޅާލަން ޖެހުމުގެ ބޭނުން ވަނީ އިހުނަށް ވުރެ ބޮޑުވެފައެވެ.

ހިޖުރަވެރި ދިރުންތައް ޙިމާޔަތް ކުރުމަށް، 1979 ވަނަ އަހަރު އދއިން އެކުލަވާލި މުޢާހަދާގައި، ތަފާތު 1189 ބާވަތެއްގެ ދިރުންތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން 44 ޕަސެންޓް ދިރޭ ތަކެއްޗަކީ، ޢާބާދީ ހީނަރުވުމުގެ މައްސަލަ ކުރިމަތިވެފައި ވާ ދިރުންތަކެކެވެ. އަދި 22 ޕަސެންޓް ދިރޭ ތަކެއްޗަކީ މި ދުނިޔެއިން މުޅިން ނެތި ގޮސް، ހުސްވެދާނެ ދިރުންތަކެއް ކަން އދގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އަހަރެމެންގެ ޢަމަލުތައް އިސްލާހު ނުކޮށް، ބޮޑު ވަރިހަމައިގައި ކަންކަން ދޫކުރަން ވެއްޖެނަމަ، އެ ހިތްގައިމު ގުޑުގުޑާ ދޫނިތައް ދެން ދުވަހަކުވެސް އަހަރެމެންގެ މި ޗާލު ދޮންވެލި ގޮންޑުދޮށްތަކާއި، ކުޅިތަކުން ނުފެނުމަކީ ހަމަ އެކަށީގެން ވާ ކަމެކެވެ. އަދިވެސް އެއް ފަހަރު ވިސްނާލާށެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު