Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާނުގެ ޖަވާބު- ރާއްޖޭގެ އިގްތިސާދު

ރިޔާސީ ބަޔާނުގައި ދަރަނީގެ ވާހަކަތައް ރައީސް ދެއްކެވީ ޒިންމާދާރުކަން ކުޑަގޮތެއްގައި ބައެއް ވާހަކަތައް އުނިކުރެއްވުމަށްފަހު

ކޮވިޑް-19 އަށް ފަހު ފާއިތުވެދިޔަ 3 އަހަރު ރާއްޖޭގެ އިގުތިސާދު ވަރަށް ބާރުމިނުގައި ކުރިއަރާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ފެބުރުއަރީ 2024 | ހޯމަ 08:09
ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން

ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ދަރަނި ނެގީ ދަރަނި ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކަމަށާއި، ރިޔާސީ ބަޔާނުގައި ދަރަނީގެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްކެވީ ބައެއް ވާހަކަތައް އުނިކުރެއްވުމަށްފަހު ޒިންމާދާރުކުޑަކޮށް ކަމަށް ރިޔާސީ ބަޔާނުގެ ޖަވާބުގައި އެމްޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާނުގެ ޖަވާބުގައި މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ގައުމުގެ ހާލަތު ބަޔާން ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން ވާންޖެހޭނީ ވަރަށް ފުރިހަމަ ގައުމަށް ކުރިމަތިވެފައިވާ ކަންކަމުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި މި މަޖިލީހަށް ސަރީޙަކޮށް އިއްވަވާ ބަޔާނަކަށް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާއެކު ބަޔާންކޮށްފައިނުވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ޙާލަތު އަދި ފާއިތުވީ އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައިވަނީ މުޅިންވެސް ދޮގު މައުލޫމާތާއި އަދި ކަންކަން މަޖިލީހަށާއި ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީވެސް ރައްޔިތުންނަށް މަކަރާޖަހާވަރަށް އޮޅުވާލައިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ދައުރަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް މި ގަރުނުގައިވެސް ނުދެކޭފަދަ ބޮޑު ސިއްހީ އަދި އިގްތިސާދީ ކާރިސާއަކާ ކުރިމަތިލާންޖެހުނު ދައުރެއްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ކޮވިޑްގައި ކުރިމަތިވި އަޑިގަނޑުން އަރައިގަތީ ހިކްމަތްތެރިކަމާއެކު ކަންކަން ނިންމައ،ި އެކަށީގެންވާ ފިޔަވަޅު އަޅައި ގައުމު ގެންދަންވީ މިސްރާބު ސާފުކޮށް އެނގިތިބެ ކަންކަން ކުރުމުން ކަމަށެވެ.

މެންބަރު ވިދާޅުވީ ކޮވިޑް-19 އަށް ފަހު ފާއިތުވެދިޔަ 3 އަހަރު ރާއްޖޭގެ އިގުތިސާދު ވަރަށް ބާރުމިނުގައި ކުރިއަރާފައިވާ ކަމަށެވެ. އަދި 2021 އަދި 2022 ގައި ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާދިޔަ 10 އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

މެންބަރު ވިދާޅުވީ ސިއްހީ ޚިދުމަތުގެ ކެޕޭސިޓީ އެތައް ގުނައެއް ބޮޑުކޮށް އެހެން ގައުމުތަކަށް ރާއްޖެ މިސާލު ދެއްކި ކަމަށާއި، ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓްދީ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓި ކަމަށެވެ. އެ ދަތި ދުވަސްތަކުގައިވެސް އިގްތިސާދީ ހަރަކާތްތައް މުޅިން ހުއްޓުމަކަށް ނުގެނައުމަށް ސަރުކާރުގެ މަޝްރޫއޫތައް ވެސް ހުއްޓުމެއްނެތި ހިންގިކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަން އަނބުރާ ކޮޅަށްޖަހައ،ި ގައުމުގެ އިގްތިސާދު އިހު ހުރި މިނަށް އަވަސް މުއްދަތެއްގެ ތެރޭގައި ގެންދެވުނު ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކާޑަކަށް ބޭހަކަށް، ތެލަކަށް ނުޖެހ،ި ރާއްޖެ ކުރިއަށް ގެންދެވުނު ކަމަށެވެ. ނަމަވެސް ކޮވިޑްގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވައި ގައުމަށް މި ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ތިލަކޮށްލެއްވީ ސިޔާސީ ބޯޅަ ޖެއްސެވުމުގެ ނިޔަތުގައި ކަމަށް މެންބަރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދަތިހާލުގައި ވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެންމެ ގިނަވެގެން 7 ދުވަސްތެރޭގައި ދިން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ އެކަންވެސް ކުރެވުނީ ރޭވުންތެރިކަމާއެކު ފިޔަވަޅު އެޅުމުން ކަމަށެވެ. ވިޔަފާރިތައް ބަނގުރޫޓް ނުވެ، ކެފޭތަކާއި ފިހާރަތައް ބަންދުނުކޮށް މިއަދު ވިޔަފާރީގެ އާންމު ހާލަތަށް މި އާދެވުނީ އެ ފިޔަވަޅުތައް އެދުވަހު އެޅުމުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ ކޮވިޑް-19އާއެކު ދިމާވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ދަރަނި ނެގީ ރާއްޖެ ސަލާމަތްކޮށް، އިގްތިސާދު އަނބުރާ އިއާދަކުރުމަށް ކަމަށެވެ. އިގްތިސާދަށް ކުރިމަތިވި ބޮޑު ގޮންޖެހުމުގެ އަސަރު ރައްޔިތުންނަށް އިހްސާސްވާ މިންވަރު ކުޑަކުރުމަށް ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކޮށް ބުރުލެއް އެރުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާއަކީ ރާއްޖޭގެ އިގްތިސާދު އަނބުރާ ކޮވިޑް-19ގެ ކުރީގެ މިންވަރަށް މިއަދު އިއާދަވެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިހުނަށްވުރެ މަތިކުރެވެވިފައިވާ ކަމަށާއި، ރާއްޖޭގެ ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާއިން މައްޗަށް ގޮސްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ކޮވިޑް-19އާ އެކު ބޯޑަރު ބަންދުވެ، ދައުލަތުގެ އާމްދަނީ އެއްކޮށް ހުއްޓުމަކަށް އައި ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް 14 ބިލިއަން ރުފިޔާއަށް އެރި ކަމަށެވެ.

މެންބަރު ވިދާޅުވީ ދަރަނި ނަގައިގެން ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލާނެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ދަރަނި ނެގީ އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ.

2025 އަދި 2026 ވަނަ އަހަރު ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަނބުރާ ދައްކަން ރާވާފައިވާ ގޮތުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގައި 31 ޖުލައި 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ކުރީ ސަރުކާރުން ހުށަހަޅާ އެ ސްޓްރެޓެޖީ ޕަބްލިޝްކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ މެދުރާސްތާގައި ދަރަނި އަދާކުރާނެ ގޮތުގެ ތަފްސީލް 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް ދަރަނި އަދާކުރާނެ ގޮތުގެ އެއްވެސް ސީރިއަސް ޕެލޭނެއް މި ސަރުކާރުގައި އޮތްކަންވެސް ފާހަގަ ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ނިންމަވާލެއްވީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް މެންބަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު