Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު ފިމްލު "ހަސީނާ"

"ހަސީނާ" ރިލީޒްކުރާނެ ތާރީހު އަނެއްކާ ވެސް ފަސްކޮށްފި

ފިލްމު ރިލީޒް ކުރާނެ ތާރީހެއް ނޭނގޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 އޯގަސްޓު 2017 | ބުދަ 06:09
ފިލްމު ހަސީނާގެ ޕޯސްޓަރެއްގައި ޝްރަދާ ކަޕޫރު

ފިލްމު ހަސީނާގެ ޕޯސްޓަރެއްގައި ޝްރަދާ ކަޕޫރު

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ހަސީނާ" ރިލީޒްކުރާނެ ތާރީހު އަނެއްކާ ވެސް ފަސްކޮށްފިއެވެ.

މިފިލްމު ކުރިން މި އޮގަސްޓަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް ފިލްމު ރިލީޒްކުރުން މިވަނީ އަނެއްކާ ވެސް ލަސްކޮށްފައި ވަނީ ކުރިއަށް އޮތް ދެ ހަފްތާ ބަންދުގައި ވެސް ބޮލީވުޑު މަޝްހޫރު ދެ ތަރިންގެ ބޮޑު ދެ ފިލްމު ބެލުންތެރިންނާ ހަމައަށް ރިލީޒް ކުރުމަށް ނިންމާފައި ވާތީ ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު އަޕޫރްވަލާކިޔާ ބުނެފައި ވަނީ ކުރިއަށް އޮތް ހަފްތާ ބަންދު ދުވަސްތަކުގައި ޝާހްރުކް ޚާނާއި އަކްޝޭ ކުމާރުގެ ފިލްމު ރިލީޒްކުރާތީ އެފިލްމުތަކުގެ ސަބަބުން "ހަސީނާ"ގެ ވިޔަފާރި އަށް އެއްވެސް ނޭދެވޭ އަސަރެއްވާން ބޭނުން ނުވާ ކަމަށެވެ. އަދި މިފިލްމު ދެން ރިލީޒް ކުރާނެ ވަކި ތާރިޙެއް ވެސް އަންގާފައެއް ނުވެއެވެ. މިއީ މި ފިލްމު ރިލީޒްކުރުން ލަސްކުރި ހަތަރު ވަނަ ފަހަރެވެ.

ޒުވާން ބަތަލާ ޝްރަދާ ކަޕޫރު ވަނީ "ހަސީނާ" ގެ ޓްރެއިލާއާ އެކު ބެލުންތެރިން ހައިރާންކޮށްލާފަ އެވެ.

އިންޑިއާގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ދާއޫދުއިބްރާހީމްގެ ކޮއްކޮ، އަދި ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މިފިލްމުގެ ޓްރެއިލާއިން ޝްރަދާ ވަނީ ބެލުންތެރިން ހައިރާންކޮށްލާފައެވެ.

ޖުލައި 18 ވަނަ ދުވަހު ނެރުނު ޓްރެއިލާއަށް މިހާތަނަށް 7 މިލިއަން މީހުން ބަލާފައިވާއިރު ޝްރަދާގެ އެކްޓިންވަނީ ތަފާތު ލެވެލްއެއްގައި ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މި ފިލްމަކީ ޝްރަދާ މީހެއްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފުރަތަމަ ފިލްމު ކަމަށްވެފައި މިފިލްމުގައި ދެން ފެނިގެންދާނީ ޝްރަދާގެ އެއްބަނޑު އެއްބަފާ ބޭބެ ސިދާންތް ކަޕޫރެވެ. އަދި މިއީ ޝްރަދާ ނުބައިބައި ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުއެވެ. ނަމަވެސް ބައްޕަ ސަކްތީ ކަޕޫރަކީ ގިނަ ފިލްމްތަކެއްގައި ނުބައިބައި ރޯލު ކުޅެފައިވާ މަޝްހޫރު ފަންނާނެކެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

17 ޖުލައި 2017
ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ
25 މެއި 2017

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
26 އެޕްރީލު 2017

"ބާހްބަލީ 2" އަށް އަނެއްކާ ވެސް ރެކޯޑެއް

26 އެޕްރީލު 2017
"ބާހްބަލީ 2" އަށް އަނެއްކާ ވެސް ރެކޯޑެއް
24 އެޕްރީލު 2017

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

24 އެޕްރީލު 2017
"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު