Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްޠީން - އިސްރާއީލް ހަނގުރާމަ

އުސްތާޒު މާލިކުގެ "އަލުވި ނަގޫރޯޅި": ޣައްޒާގެ ޅަ ސިކުނޑިތައް ގަތުލުއާންމާ ދުރަށް!

"އަލުވި ނަގޫރޯޅި" ވިއްކުމުގެ މަސައްކަތް ކުރަނީ، މާލިކް ދިރިއުޅޭ ޓެންޓު ކައިރީގައި އޭނާ ހުޅުވި ކަޑައެއްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2024 | އާދީއްތަ 12:10
މާލިކް އަބޫ ލަޠީފާ - ގެދޮރު ގެއްލިފައިވާ ޓީޗަރެއް

މާލިކް އަބޫ ލަޠީފާ - ގެދޮރު ގެއްލިފައިވާ ޓީޗަރެއް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުގެ ގޮތުގައި އޮތް އެމެރިކާއާއި، އެމެރިކާގެ އެކުވެރި ޤައުމުތަކުން ޖަހާދީފައިވާ އައްޑަނަތަކުގެ ނިވަލުގައި އޮވެގެން ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް 4 މަސް ފާއިތުވެގެން ދިޔައިރުވެސް، އެކަން ނުހުއްޓުވުނު ތަނުގައި މަޑުޖައްސާލަން ވެސް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ކުރެވުނު ކަމެއް ނެތެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ ރަށްވެހިން ތާއަބަދު ދިރިއުޅެމުން ދަނީ ބޮމާއި ބަޑީގެ ހަމަލާތަކުގެ ތެރޭގައެވެ. އެންމެންހެން ރެފިއުޖީންގެ ގޮތުގައި މިހާރު ދިރިއުޅެމުންދާ ރަފަޙް ސަރަހައްދަށްވެސް އިޒްރޭލުން މިހާރު ދަނީ ސިލްސިލާ ގޮތެއްގައި ހަމަލާތައް ދެމުންނެވެ.

ރަފަޙްގައި އޮތީ ދިރިއުޅުމެކޭ ބުނެވޭނެ ހަމަ އެއް ގޮތެއްވެސް ނެތެވެ. އެއީ ދުނިޔޭގައި މިވަގުތު އެންމެ ބޮޑަށް ތޮއްޖެހިފައިވާ ތަނޭވެސް ބުނެވިދާނެއެވެ. ކަރަންޓެއް އަދި ފެނެއް ވެސް ނެތެވެ. އެވަރުން ނުވެގެން ޢުދުވާނީ ހަމަލާތައްވެސް ދެނީއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އެންމެ ބޮޑު ތަކުލީފަކާއި ވޭނެއް ތަޙައްމަލުކުރަމުން ދަނީ ޣައްޒާގެ ކުޑަކުދިންނެވެ. ޖިސްމާނީ އަނިޔާގެ އިތުރަށް ނަފްސާނީގޮތުން އެކުދިންނަށް ކުރާ އަސަރުތައް އަހަރެމެންނަށް އިޙްސާސްކުރަން ވެސް ނޭނގޭނެއެވެ. އެ ހާސްކަމާއި، މާޔޫސްކަމުން އަރައިގަތުމަށް އެކުދިންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ވެސް ނެތެވެ.

ކޮންމެފަދަ ހާލެއްގައި ދިރިއުޅެން ޖެހުނުނަމަވެސް، ބައެއް މީހުންނަކީ ގަދަ ހިތްވަރާއެކު އަނެކާގެ ހަޔާތަށް ވެސް އުޖާލާކަން ގެނެސްދިނުމަށް މަސައްކަތްކުރާ މީހުންނެވެ. އެފަދަ އެކަކީ ގެދޮރު ގެއްލިފައިވާ ޓީޗަރު، މާލިކު އަބޫ ލަޠީފާއެވެ. ރަފަޙްގައި އޭނާ ހިޔާވަހިކަން ހޯދަމުންދާ ޓެންޓަށް އައުމަށް ކުޑަކުދިންނަށް އޭނާ ދަޢުވަތު ދެއެވެ. އަލުވި ކޮށައި، ތެއްލުމުގެ މަސައްކަތުގައި މާލިކަށް އަތްގާތްކޮށްދިނުމުގެ މަސައްކަތުގައި ކުދިން ހޭދަކުރަނީ އުފާވެރި ވަގުތުކޮޅެކެވެ. ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއިން ކުޑަ ހިނދުކޮޅަކަށް ވިއަސް ދުރުވެވެއެވެ.

ޣައްޒާގެ ޚާން ޔޫނިސްގައި ދިރިއުޅެމުން ދިޔަ މާލިކުގެ ގެދޮރު ގެއްލި، ޓެންޓުގައި ދިރިއުޅެން މަޖުބޫރުވެފައި ވާއިރު، އޭނާ ދަނީ ތެއްލި އަލުވި ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. "ޓޯނޭޑޯ ޕޮޓޭޓޯޒް" (ނުވަތަ "އަލުވި ނަގޫރޯޅި") ވިއްކުމުގެ މަސައްކަތް ކުރަނީ، މާލިކް ހިޔާވަހިކަން ހޯދަމުންދާ ޓެންޓާ ޖެހިގެން ކަހަލަ ގޮތަކަށް އޭނާ ހުޅުވި ކުޑަކުޑަ ކަޑައެއްގައެވެ.

ތެއްލި އަލުވި ވިއްކުމުގެ ވިޔަފާރީގައި މާލިކަށް އެންމެ ބޮޑު އެހީއެއް ލިބެނީ އޭނާގެ ފިރިހެން ދަރިފުޅުގެ ފަރާތުންނެވެ. ވިޔަފާރީގެ މަގުސަދަކީ ފަހަރެއްގައިވެސް މާލީގޮތުން ބޮޑު މަންފާއެއް ހޯދުމެއް ނޫނެވެ.

މާލިކް އެ ކުރަމުންދާ މަސައްކަތަކީ، ޣައްޒާގެ އަދުގެ ހާލަތަށް ބަލާއިރު ކުރަން މާ ފަސޭހަ މަސައްކަތެއް ވެސް ނޫނެވެ. ކެތްތެރިކަމާއި ހިތްވަރުގެ މާތް ސިފަތައް ނެތް މީހަކަށް ނުކުރެވޭވަރުގެ މަސައްކަތެކެވެ.

މާލިކްގެ ކަސްޓަމަރުން، އޭނާގެ ޚިދުމަތް ބަލައިގަންނަނީ އުފަލާއެކުގައެވެ. ލިބޭ މިންވަރަށް ޝުކުރުކުރުމުގައި ޣައްޒާގެ ރަށްވެހިން އެ ދަނީ މުޅި ދުނިޔެއަށްވެސް މިސާލު ދައްކަމުންނެވެ.

ނިރުބަވެރި އިޒްރޭލުގެ ގަތުލުއާންމުގައި މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު 29000އާ ގާތްކުރާއިރު، ޣައްޒާގެ ރަށްވެހިންގެ ކިބައިން ފެންނަ އާދަޔާ ޚިލާފު ހިތްވަރާއި ސާބިތުކަމަކީ ތަޢުރީފު ޙައްޤު ކަމެކެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުން މަޙުރޫމުކޮށްފައިވާ ހާލުގައިވެސް ޣައްޒާގައި ފަސްޖެހި ބިއްޖެހިފައި އިން މީހަކު ނެތެވެ. ވަކިން ޚާއްޞަކޮށް، ޣައްޒާގެ ޓީޗަރުންގެ ފަރާތުން ފެންނަ ސާބިތުކަމަކީ ޣައްޒާގެ ކުރިމަގު އާރާސްތުކުރުމަށް ލިބޭ އިތުރު ހިތްވަރަކަށް އޮންނަނީ ވެފައެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2023

ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ގަނެވިއްކޭ ފައިސާ ފޮއްޗެއް ޣައްޒާގެ ފަޤީރުންނަށް!

10 ސެޕްޓެމްބަރު 2023
ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ގަނެވިއްކޭ ފައިސާ ފޮއްޗެއް ޣައްޒާގެ ފަޤީރުންނަށް!
27 ޖުލައި 2023

ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!

27 ޖުލައި 2023
ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!
22 ޖުލައި 2023

ގަދަ ހޫނުގެ ކޮޅިގަނޑުގައި އިދުރީސްގެ އަލުވި ދަނޑަށް ނައްސި ރިކޯޑެއް

22 ޖުލައި 2023
ގަދަ ހޫނުގެ ކޮޅިގަނޑުގައި އިދުރީސްގެ އަލުވި ދަނޑަށް ނައްސި ރިކޯޑެއް
25 އެޕްރީލު 2023

ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް

25 އެޕްރީލު 2023
ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް
21 ފެބުރުއަރީ 2023

ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!

21 ފެބުރުއަރީ 2023
ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު