Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ސިޓީ އަތުން ޕޮއިންޓެއް، ޕޮޗެޓީނޯ ހުރީ އުފާވެފައި

ޗެލްސީން ގަދަ އަޅާ މަސައްކަތް ކުރާ ގޮތް ވެސް އިނގޭ ކަމަށާއި، މެޗާމެދު އޭނާ ހުރީ އުފާވެފައި ކަމަށް ވެސް ޕޮޗެޓީނޯ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2024 | ހޯމަ 02:38
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން، ޗެލްސީ އަށް ޕޮއިންޓެއް ލިބުމުން އުފާވެފައި ހުރި ކަމަށް، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޗެލްސީ އެވެ. ނަމަވެސް ސިޓީން ވަނީ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، މެޗުގައި ޗެލްސީގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އަދި ކަންކަމަށް ޗެލްސީން ގަދަ އަޅާ މަސައްކަތް ކުރާ ގޮތް ވެސް އިނގޭ ކަމަށާއި، މެޗާމެދު އޭނާ ހުރީ އުފާވެފައި ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. ހަމަ އެހެންމެ، މި މަހުގެ 25 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ، ކަރަބޯ ކަޕްގެ ފައިނަލުން ވެސް މޮޅުވެވޭނެކަން ޤަބޫލު ކުރަން ޖެހޭ ކަމުގައި ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މީޣެ އިތުރުން އޭނާ ބުނީ، ލިވަޕޫލަކީ ދުނިޔޭގައި އޮތް، ދެ ވަނަ އަށް އެންމެ މޮޅު ޓީމު ކަމަށެވެ. އެ ޓީމާ ދެކޮޅަށް ކުޅޭއިރު ވެސް، ގިނަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭކަން ޕޮޗެޓީނޯ ފާހަގަ ކުރި އެވެ. ޚާއްސަކޮށް އުންމީދެއްގައި ތިބެ، ކަމެއް ޤަބޫލު ކުރުން އެއީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން ޗެލްސީން އެ މެޗަށް ނިކުންނައިރު، ސިޓީ މެޗުން ހިތްވަރު ލިބިފައި އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ސީޒަންގައި ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، ލީގުގައި މިވަގުތު އެ ޓީމު އޮތީ 10 ވަނައިގަ އެވެ. މިހާތަނަށް މި ސީޒަންގެ ލީގުގައި ޗެލްސީން 25 މެޗުން ކުޅެފައިވާއިރު، މޮޅުވެފައި ވަނީ 10 މެޗުންނެވެ. ފަސް މެޗު އެއްވަރުވެފައިވާއިރު، އަނެއް 10 މެޗުން ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު